Roadha Mihaaru
ކައުންސިލްގެ ރައީސުން ހޮވުމުގެ ބާރު ރައްޔިތުންނަށް ދެނީ

ކައުންސިލްގެ ރައީސުން ހޮވުމުގެ ފުރުސަތު ރައްޔިތުންނަށް ލިބޭ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ހުށަހަޅައިފި

18 ޖުލައި 2016

ލޯކަލް ކައުންސިލާއި ސިޓީ ކައުންސިލްތަކުގެ ރައީސާއި ނައިބު ރައީސް ހޮވުމުގެ ފުރުސަތު ރައްޔިތުންނަށް ލިބޭ ގޮތަށް ގާނޫނު އަސާސީ އަށް މިއަދު އިސްލާހު ހުށަހަޅައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ލޯކަލް ކައުންސިލާއި ސިޓީ ކައުންސިލްތަކުގެ ރައީސާއި ނައިބު ރައީސް ހޮވުމުގެ ފުރުސަތު ރައްޔިތުންނަށް ލިބޭ ގޮތަށް ގާނޫނު އަސާސީ އަށް މިއަދު އިސްލާހު ހުށަހަޅައިފި އެވެ.

ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ހުށަހެޅުއްވި އިސްލާހު ހުށަހެޅުއްވި ސަބަބެއްގެ ގޮތުގައި އޭނާ ވިދާޅުވީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ނިޒާމަކީ ރައްޔިތުންގެ ބައިވެރިވުން ވީހާ ވެސް ބޮޑަށް އޮންނަ ނިޒާމަކަށް ހެދުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށެވެ.

ކައުންސިލްތަކުގެ ރައީސް އާއި ނައިބު ރައީސަކީ އެ ކައުންސިލެއްގައި ހިމެނޭ މެމްބަރުންގެ ސިއްރު ވޯޓަކުން އިންތިހާބުކުރާ ބައެއްގެ ގޮތުގައި އޮތުމަކީ ރައްޔިތުންގެ ޑިމޮކްރަސީގެ އުސޫލަށް ބަލާއިރު، އެންމެ ޑިމޮކްރަޓިކް ގޮތް ކަމުގައި ނުދެކޭ ކަމަށް ވެސް އާމިރު ވިދާޅުވި އެވެ.

ނަމަވެސް ރައްޔިތުންގެ ވޯޓަކުން ކައުންސިލްތަކުގެ ރައީސް އާއި ނައިބު ރައީސުން އިންތިހާބު ކުރުމަކީ އެންމެ ފުރިހަމަ ކައުންސިލެއް ގާއިމު ކުރެވޭނެ ގޮތް ކަމަށް ވެސް އާމިރު ފާހަގަކުރެއްވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް ޖަލްސާއެއްގައި. ގާނޫނު އަސާސީއަށް ހުށަހެޅި ދެ އިސްލާހުގެ ފުރަތަމަ ކިޔުން މިއަދު ވަނީ އިއްވާފައި. - ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް ޖަލްސާއެއްގައި. ގާނޫނު އަސާސީއަށް ހުށަހެޅި ދެ އިސްލާހުގެ ފުރަތަމަ ކިޔުން މިއަދު ވަނީ އިއްވާފައި. - ފޮޓޯ: މަޖިލިސް

ގާނޫނު އަސާސީގެ 231 ވަނަ މާއްދާގެ (ހ) އަށް ހުށަހެޅި އިސްލާހުގައި ވަނީ ކައުންސިލްތަކުގައި ހިމެނޭ މެމްބަރުން ޑިމޮކްރަސީގެ އުސޫލުގެ މަތިން އިންތިހާބު ކުރާނެ ގޮތް ގާނޫނުގައި ކަނޑައެޅިފައި އޮންނާނެ ކަމަށެވެ.

ގާނޫނު އަސާސީގައި މިހާރު އޮތް ގޮތުން ކައުންސިލްތަކުގައި ހިމެނޭނީ ހަމައެކަނި އެ ކައުންސިލަށް ނިސްބަތްވާ ސަރަހައްދުގެ ރައްޔިތުން ސިއްރު ވޯޓަކުން އިންތިހާބުކުރާ މެމްބަރުންނެވެ.

ލޯކަލް ކައުންސިލާއި ސިޓީ ކައުންސިލްތަކުގެ ރައީސް އާއި ނައިބު ރައީސް ހޮވުމުގެ ފުރުސަތު ރައްޔިތުންނަށް ލިބޭ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން މިއަދު ވަނީ އިއްވައިފަ އެވެ. ގާނޫނުއަސާސީއަށް ބަދަލު ގެނެވޭނީ މަޖިލީހުގެ ހަތަރު ބައިކުޅަ ތިން ބައި ވޯޓު ލިބިގެންނެވެ. އެއީ 54 މެމްބަރުންގެ ވޯޓެވެ.

ލޯކަލް ކައުންސިލްތަކުގެ އުމުރު ތިން އަހަރުގެ ބަދަލުގައި ފަސް އަހަރަށް ބަދަލު ކުރަން ގާނޫނު އަސާސީއަށް ގެނައި އިސްލާހުގެ ފުރަތަމަ ކިޔުން ވެސް މިއަދު ވަނީ އިއްވައިފަ އެވެ.