01 އޯގަސްޓް 2016
ކައުންސިލްތަކުގެ ރައީސާއި ނައިބު ރައީސުން ހޮވުމުގެ ފުރުސަތު ރައްޔިތުންނަށް ލިބޭ ގޮތަށް ގާނޫނުއަސާސީ އަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހަށް މިއަދު ބަލައިގެންފި އެވެ.
ކައުންސިލްތަކުގެ ރައީސާއި ނައިބު ރައީސުން ހޮވުމުގެ ފުރުސަތު ރައްޔިތުންނަށް ލިބޭ ގޮތަށް ގާނޫނުއަސާސީ އަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހަށް މިއަދު ބަލައިގެންފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލު ބަލައިގަތީ 42 މެމްބަރުންގެ ވޯޓުންނެވެ. މި އިސްލާހު ބަލައިގަތުމަށް ނުފެންނަ ކަމަށް 22 މެމްބަރުން ވޯޓު ދެއްވި އިރު، ވަކި ގޮތަކަށް ވޯޓު ނުދެއްވާ ދެ މެމްބަރުން ތިއްބެވި އެވެ. މި އިސްލާހަށް ބަހުސް ކުރެއްވީ އެންމެ ހަ މެމްބަރުންނެވެ.
ގާނޫނުއަސާސީގެ 231 ވަނަ މާއްދާގެ (ހ) އަދި (ށ) އަށް ހުށަހެޅި އިސްލާހުގައި ބުނެފައި ވަނީ ކައުންސިލްތަކުގައި ހިމެނޭ މެމްބަރުން ޑިމޮކްރަސީގެ އުސޫލުގެ މަތިން އިންތިހާބު ކުރާނެ ގޮތް ގާނޫނުގައި ކަނޑައެޅިފައި އޮންނަންވާނެ ކަމަށެވެ.
ގާނޫނު އަސާސީގައި މިހާރު އޮތް ގޮތުން ކައުންސިލްތަކުގައި ހިމެނޭނީ ހަމައެކަނި އެ ކައުންސިލަށް ނިސްބަތްވާ ސަރަހައްދުގެ ރައްޔިތުން ސިއްރު ވޯޓަކުން އިންތިހާބު ކުރާ މެމްބަރުންނެވެ.
ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު އިސްލާހު ހުށަހެޅުއްވި ސަބަބެއްގެ ގޮތުގައި އޭނާ ވިދާޅުވީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ނިޒާމަކީ ރައްޔިތުންގެ ބައިވެރިވުން ވީހާ ވެސް ބޮޑަށް އޮންނަ ނިޒާމަކަށް ހެދުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށެވެ.
ކައުންސިލްތަކުގެ ރައީސާއި ނައިބު ރައީސަކީ އެ ކައުންސިލެއްގައި ހިމެނޭ މެމްބަރުންގެ ސިއްރު ވޯޓަކުން އިންތިހާބުކުރާ ބައެއްގެ ގޮތުގައި އޮތުމަކީ ރައްޔިތުންގެ ޑިމޮކްރަސީގެ އުސޫލަށް ބަލާއިރު، އެންމެ ޑިމޮކްރަޓިކް ގޮތް ކަމުގައި ނުދެކޭ ކަމަށް ވެސް އާމިރު ވިދާޅުވި އެވެ. ނަމަވެސް ރައްޔިތުންގެ ވޯޓަކުން ކައުންސިލްތަކުގެ ރައީސާއި ނައިބު ރައީސުން އިންތިހާބު ކުރުމަކީ އެންމެ ފުރިހަމަ ކައުންސިލެއް ގާއިމު ކުރެވޭނެ ގޮތް ކަމަށް ވެސް އާމިރު ފާހަގަކުރެއްވި އެވެ.
ލޯކަލް ކައުންސިލާއި ސިޓީ ކައުންސިލްތަކުގެ ރައީސާއި ނައިބު ރައީސް ހޮވުމުގެ ފުރުސަތު ރައްޔިތުންނަށް ލިބޭ ގޮތަށް ގާނޫނުއަސާސީ އަށް އިސްލާހު ގެންނަ އިރު، ގާނޫނުއަސާސީ އަށް ބަދަލު ގެނެވޭނީ މަޖިލީހުގެ ހަތަރު ބައިކުޅަ ތިން ބައި ވޯޓު ލިބިގެންނެވެ. އެއީ 54 މެމްބަރުންގެ ވޯޓެވެ.
މީގެ އިތުރުން ލޯކަލް ކައުންސިލްތަކުގެ އުމުރު ތިން އަހަރުގެ ބަދަލުގައި ފަސް އަހަރަށް ބަދަލު ކުރަން ގާނޫނުއަސާސީ އަށް ގެނައި އިސްލާހުގެ ބަހުސް ވެސް ވަނީ މިއަދު ފަށައިފަ އެވެ.
ކައުންސިލްތަކުގެ އުމުރު ބަދަލުކުރަން ކޮމެޓީން ފާސްކޮށްފި
މިއީ ސިޔާސީ ހަޔާތް ދުއްވާލަން ކުރާ ކަމެއް: ސަލީމް
ދުވަސްވީ މީހުންނަށް ކައުންސިލަށް ވާދަނުކުރެވޭގޮތް ހަދަނީ
ކައުންސިލް މެމްބަރުންގެ އަދަދު މަދު ކުރަން ފާސްކޮށްފި
ކައުންސިލް މެމްބަރުންގެ އަދަދު މަދުކުރަން ހުށަހަޅައިފި
ކައުންސިލްތަކުގެ އުމުރު ބަދަލުކުރަން ފާހެއް ނުވި
އިންތިހާބީ މަގާމުތަކަށް އެއް ޝަރުތުތަކެއް ކަނޑައަޅަނީ
ކައުންސިލްގެ ރައީސުން ހޮވުމުގެ ބާރު ރައްޔިތުންނަށް ދެނީ
ކައުންސިލްތަކުގެ އުމުރު ފަސް އަހަރަށް ބަދަލުކުރަނީ
ކައުންސިލްތަކުގެ ބާރު ތަންފީޒުކުރަން އިސްލާހުތަކެއް