16 އޯގަސްޓް 2016
ރަށު ކައުންސިލާއި އަތޮޅު ކައުންސިލްތަކުގެ މެމްބަރުންގެ އަދަދު މަދުކުރަން ސަރުކާރުގެ ފަރާތުން ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނަށް މިއަދު އިސްލާހު ހުށަހަޅައިފި އެވެ.
ރަށު ކައުންސިލާއި އަތޮޅު ކައުންސިލްތަކުގެ މެމްބަރުންގެ އަދަދު މަދުކުރަން ސަރުކާރުގެ ފަރާތުން ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނަށް މިއަދު އިސްލާހު ހުށަހަޅައިފި އެވެ.
ވިލިނގިލީ ދާއިރާގެ ޕީޕީއެމް މެމްބަރު ސައުދު ހުސެއިން ހުށަހެޅުއްވީ 3000 މީހުންނަށް ވުރެ މަދު އާބާދީއެއް ހިމެނޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް ތިން ކައުންސިލަރުން އިންތިހާބުކުރަން ޖެހޭ ގޮތަށެވެ.
ހަމައެއާއެކު 3000 މީހުންނަށްވުރެ ބޮޑު އާބާދީއެއް އޮންނަ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް އިންތިހާބު ކުރާނީ ފަސް ކައުންސިލަރުންގެ ގޮތުގައި ކަމަށް ވެސް ގާނޫނަށް ވަނީ އިސްލާހު ހުށަހަޅައިފަ އެވެ.
މީގެ އިތުރުން އަތޮޅު ކައުންސިލްގެ މެމްބަރުން އިންތިހާބު ކުރާއިރު، ދެ އިންތިހާބީ ދާއިރާއަށްވުރެ ގިނަ އިންތިހާބީ ދާއިރާ ހިމެނޭ އިދާރީ ދާއިރާތަކުން އެ އިދާރީ ދާއިރާއެއްގެ އަތޮޅު ކައުންސިލަކަށް އިންތިހާބުކުރާނީ ކޮންމެ އިންތިހާބީ ދާއިރާއަކުން އެއް ކައުންސިލަރު ކަމަށް ވެސް އިސްލާހުގައިވެ އެވެ.
އޭގެ އިތުރުން ދެ އިންތިހާބީ ދާއިރާ ހިމެނޭ އިދާރީ ދާއިރާތަކުން އެ އިދާރީ ދާއިރާއެއްގެ އަތޮޅު ކައުންސިލަށް އިންތިހާބުކުރާނީ މުޅި އަތޮޅުން އިންތިހާބުކުރެވޭ ތިން ކައުންސިލަރުން ކަމަށް އިސްލާހުގައިވެ އެވެ.
ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނު މިހާރު ބުނާ ގޮތުން ބައެއް އާބާދީ ބޮޑެތި ބައެއް ރަށްރަށުގައި ފަހަކަށްވުރެ ގިނަ ކައުންސިލަރުން ތިއްބަވަ އެވެ. އަދި ބައެއް އަތޮޅު އަދި އަތޮޅު ކައުންސިލްތަކުގައި ފަހަކާއި ދިހައަކާ ދެމެދުގެ އަދަދަކަށް ކައުންސިލަރުން ތިއްބަވަ އެވެ.
ސައުދު ވަނީ ކައުންސިލް އިންތިހާބުގެ ގާނޫނުގެ ދެ މާއްދާއެއް އުވާލުމަށް ވެސް ހުށަހަޅުއްވައިފަ އެވެ. އެއީ 10،000 މީހުންނަށް ވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް ނުވަ މެމްބަރުން އިންތިހާބުކުރަން ޖެހޭ ގޮތަށް އޮތް އޮތުމާއި ފުވައްމުލަކުގެ ކޮންމެ އަވަށެއްގައި ހިމެނޭ ރަށު ކައުންސިލަށް ތިން މެމްބަރުން އިންތިހާބުކުރަން ޖެހޭ ގޮތަށް އޮތް އޮތުން އުނިކުރުމަށެވެ.
ކައުންސިލްތަކުގެ ދައުރު ފަސް އަހަރަށް ބަދަލުކޮށްފި
ކައުންސިލްތައް ފަސް އަހަރަށް ބަދަލުކުރަން ފާސްކޮށްފި
ބަޖެޓް ޕްލޭން ކުރަން ކައުންސިލްތަކަށް އެއް މަސް ދެނީ
ކައުންސިލްތައް 5 އަހަރަށް ބަދަލުކުރަން ފާސްކޮށްފި
މިއީ ސިޔާސީ ހަޔާތް ދުއްވާލަން ކުރާ ކަމެއް: ސަލީމް
ދުވަސްވީ މީހުންނަށް ކައުންސިލަށް ވާދަނުކުރެވޭގޮތް ހަދަނީ
ކައުންސިލް މެމްބަރުންގެ އަދަދު މަދު ކުރަން ފާސްކޮށްފި
ކައުންސިލްތަކުގެ އުމުރު ބަދަލުކުރަން ފާހެއް ނުވި
ކައުންސިލްތަކުގެ އުމުރު ބަދަލުކުރަން ކޮމެޓީން ފާސްކޮށްފި
ގާނޫނުއަސާސީއަށް ގެންނަ އިސްލާހު މަޖިލީހަށް ބަލައިގެންފި