20 މާޗް 2018
ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތަށް ހައްޔަރުކޮށް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހްމަދު ޝަރީއަތްތައް ނިމެންދެން ބަންދުގައި ބައިތިއްބަން ކްރިމިނަލް ކޯޓުން މިއަދު މުއްދަތު ދީފި އެވެ.
ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތަށް ހައްޔަރުކޮށް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހްމަދު ޝަރީއަތްތައް ނިމެންދެން ބަންދުގައި ބައިތިއްބަން ކްރިމިނަލް ކޯޓުން މިއަދު މުއްދަތު ދީފި އެވެ.
ރިޝްވަތު ހިފުމާއި ގާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލަން މަސައްކަތްކުރި ކަމުގެ ތުހުމަތަށް ހައްޔަރުކޮށްފައިވާ މި ބޭފުޅުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފައި ވާއިރު ކުއްލި ނުރައްކަލުގެ ހާލަތު މުއްދަތު ބުރާސްފަތި ދުވަހު ހަމަވާނެ އެވެ. އެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ އެހެން ބޭފުޅުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފައި ވާއިރު މިއަދު ގިނަ އަދަދެއްގެ ބޭފުޅުންގެ ބަންދުގެ މުއްދަތަށް ހާޒިރުކުރި އެވެ.
ފަނޑިޔާރު އަލީ ހަމީދުގެ އިތުރުން ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި ކުރީގެ ރައީސް މައުމޫނާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި މައުމޫންގެ ދަރިކަލުން، ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން އަދި ކުރީގެ ޕޮލިސް ކޮމިޝަނަރު އަހްމަދު އަރީފުގެ ވެސް ބަންދު އިތުރު ކުރުމަށް ވެސް މިއަދު ތާވަލްކުރި އެވެ. ނަމަވެސް ފަހުން ވަނީ އެ އަޑުއެހުންތައް ކެންސަލްކޮށްފަ އެވެ.
ސިޔާސީ ބައެއް ބޭފުޅުން ހިމެނޭ ގޮތުން، ނުވަ މީހަކު ޖަލުން މިނިވަންކުރުމަށް ސުޕްރީމް ކޯޓުން މިދިޔަ މަހުގެ 1 ވަނަ ދުވަހު ކުރި އަމުރަށް ފަހު، އެ އަމުރު ތަންފީޒު ނުކޮށް ހިންގި ކުއްލި ނުރައްކަލުގެ ހާލަތުގެ 45 ދުވަސް ބުރާސްފަތި ދުވަހު ހަމަވާނެ އެވެ. ސަރުކާރުން ބުނެފައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު ދެން އިތުރުކުރުމުގެ ވިސްނުމެއް ނެތް ކަމަށެވެ. ފަނޑިޔާރުންނާއި ސިޔާސީ އިސް ބޭފުޅުން ހައްޔަރުކޮށްފައި ވަނީ ސުޕްރީމް ކޯޓުން އަމުރު ނެރުނީ ރިޝްވަތުގެ ގޮތުގައި ފައިސާ ހުށަހަޅައިގެން ކަމަށް ތުހުމަތުކޮށްފަ އެވެ.
ހަ ބޭފުޅެއްގެ ޝަރީއަތުގެ މަރުހަލާ ކުރިއަށްދާނީ އެއްކޮށް
ދެ ފަނޑިޔާރުންނާއި މައުމޫން ބަންދުގެ މުއްދަތަށް ކޯޓަށް
"އަލީ ހަމީދުގެ ދަބަހަކުން 3.4 މިލިއަން ފެނިފައިވޭ"
ވެރިކަން ވައްޓާލަން އުޅުނީ ނައިބަކަށް އަދީބު ލުމުން
އަބްދުﷲ ސައީދާއި 2 މެމްބަރަކަށް ކުރި ދައުވާ ނަގައިފި
މައުމޫންގެ ބަންދާ މެދު މިރޭ ގޮތެއް ނުނިންމި
ފައިސާ ބެހި ކަމަށް ދިން ބަޔާން އަނބުރާ ގެންގޮސްފި
ޓެރަރިސްޓުން؟ ހަގީގަތުގައި ވެސް ޓެރަރިސްޓުންތަ؟
ފަނޑިޔާރުންނާއި މައުމޫނަށް ޓެރަރިޒަމްގެ ދައުވާ
"ބަޣާވާތާ" ގުޅޭ ބައެއް މައްސަލަތައް ޕީޖީއަށް ފޮނުވަނީ