20 މާޗް 2018
ނިއު ރޭޑިއަންޓް ބަލިނުވާތާ ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށާއި އެ ޓީމު ބަލިކުރުމަކީ މި ހާލަތުގައި ކޮންމެ ޓީމަކަށް ވެސް އޮތް ޗެލެންޖެއް ކަމަށް އެސްޓީއޯ މާލޭ ލީގުގައި މިއަދު ހަވީރު އެ ޓީމާ ދެކޮޅަށް ނުކުންނަ އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނެފި އެވެ.
ނިއު ރޭޑިއަންޓް ބަލިނުވާތާ ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށާއި އެ ޓީމު ބަލިކުރުމަކީ މި ހާލަތުގައި ކޮންމެ ޓީމަކަށް ވެސް އޮތް ޗެލެންޖެއް ކަމަށް އެސްޓީއޯ މާލޭ ލީގުގައި މިއަދު ހަވީރު އެ ޓީމާ ދެކޮޅަށް ނުކުންނަ އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނެފި އެވެ.
މިދިޔަ އަހަރު ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ބުރުގައި މާޒިޔާ އަތުން ބަލިވި ފަހުން ނިއު ވަނީ މިހާތަނަށް ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށްފަ އެވެ.
"އަޅުގަނޑު ހަނދާންވާ ގޮތުން ވެއްޖިއްޔާ މިދިޔަ ދިވެހި (ޕްރިމިއާ) ލީގުން ފެށިގެން އެ މީހުން ބައްޔެއް ނުވޭ. އެ މީހުންގެ ވަރުގަދަކަން އެ އޮތީ އެ ހިސާބުން ފެންނަން. އެހެން ނަމަވެސް ބަލިނުކުރެވޭވަރުގެ ޓީމެއް ނޫން އެއީކީއެއް. ވަރަށް ތަފާތު މޮޅު ފުންނާބު އުސް ކުޅުންތެރިންތަކެއް ތިބީ،" މިއަދުގެ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން މޯހަން ބުންޏެވެ.
އީގަލްސް ޓީމާ މެދު އުއްމީދު އެބައޮތް ކަމަށާއި މިއީ އެ ޓީމަށް ރަނގަޅު މެޗަކަށް ހެދުމަށް މަސައްކަތް ކުރާނެ ކަމަށް މޯހަން ބުންޏެވެ.
"އީގަލްސްގައި މި އޮތީ ވަރަށް ރަނގަޅު ޒުވާން ކުޅުންތެރިންނާ އެކު އޮތް މިކްސް އެއް އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެން މަސައްކަތް ކޮށް ގޭމްޕްލޭން ވޯކް ކޮށްފިއްޔާ މޮޅުވެވޭނެ. އަސްލު އެބަ ޖެހޭ މި ޗެލެންޖް ނަގަން. ނިއު ރޭޑިއަންޓް ބަލިކުރަން މަސައްކަތް ކުރުން އެ ހިތްވަރު ނެރުން. ބަލިނުވެ އޮތް ޓީމެއް އަތުން މޮޅުވުމަކީ އެހެން ޓީމެއް އަތުން މޮޅުވެގެން އެ ލިބޭ ހިތްހަމަ ޖެހުމަށް ވުރެ ހިތްހަމަޖެހުން އިތުރުވާނެ ކަމެއް،" މޯހަން ބުންޏެވެ.
އީގަލްސްގައި ތިބި ޒުވާން ކުޅުންތެރިންނަކީ މޮޅު ކުޅުންތެރިންތަކެއްގެ ގޮތުގައި ގިނަ ބަޔަކަށް ފެނިގެންދާނީ އެއް ފެންވަރެއްގައި ގިނަ މެޗުތަކެއްގައި ކުޅެގެން ކަމަށް މޯހަން ބުންޏެވެ.
"މި ކަހަލަ ޓީމަކާ ދެކޮޅަށް ޕާފޯމް ކުރުން. ނޫނީ ކޮންސިސްޓެންޓްކޮށް (ގަވާއިދުން) ކުޅުންތެރިން މޮޅަށް ކުޅުނީމަ އެ ކުޅުންތެރިން މޮޅެތި ކުޅުންތެރިންތެރޭގައި މި ގުނެނީ. އެހެން ނޫނިއްޔާ މެޗެއް ދެ މެޗެއް މޮޅަށް ކުޅެލާއިރަށް މޮޅެތި ކުޅުންތެރިންނެކޭ ނުކިޔޭނެ. އެހެންވީމަ އެކަން ސާބިތުކޮށްދޭން ވެސް އެ ކުޅުންތެރިން ބުރަ މަސައްކަތް ކުރަން ޖެހޭ،" މޯހަން ބުންޏެވެ.
އޭނާ ބުނީ ވަކި ކުޅުންތެރިޔަކަށް ހާއްސަ ސަމާލުކަމެއްދީގެން ނިއުއާ ދެކޮޅަށް ނުކުމެފިނަމަ ގެއްލުމެއް ލިބުމުގެ ފުރުސަތު އޮތް ކަމަށެވެ.
"ވަކި ކުޅުންތެރިޔަކަށް ސަމާލުކަން ދީގެން ހިފެހެއްޓޭ ވަރުގެ ޓީމެއް ނޫން ކަންނޭނގެ ނިއު ރޭޑިއަންޓް ޓީމަކީ. އެގޮތަށް ބަލަންޔާ އަޝްފާގު، އުމެއިރު، ހަމްޕު، ސެންޓޭ. މީގެ އިން ކޮންމެ ކުޅުންތެރިއަކީ ވެސް އެހެން ބަލައިފިއްޔާމު ކުޅުންތެރިޔަކު ގައިގައި ދެ ކުޅުންތެރިން އަޅުވަންޖެހޭ ވަރުގެ ކުޅުންތެރިން. އެ ގޮތަށް ވިސްނައިފިއްޔާ މާ އުނދަގޫ ކަމަކަށް ވެގެންދާނީ. އަޅުގަނޑުމެން މުޅި ޓީމު ހިފަހައްޓަން ވިސްނާނީ،" މޯހަން ބުންޏެވެ.
"މި ހިސާބަށް ތިން މެޗު ކުޅެފައި އޮތްއިރު ޖުމްލަކޮށް ޓީމުގެ ހުރިހާ ކުޅުންތެރިން ރަނގަޅަށް ކުޅުނު ދުވަހެއް އަދި ނާދޭ. އެހެންވީމަ އެކަން އިމްޕްރޫވް ކޮށްލެވިއްޖިއްޔާމު ހަމަގައިމުވެސް ރަނގަޅު ފައިޓެއްދެވޭނެ."
މޯހަން ވަނީ ނިއުއާ ދެކޮޅަށް މިދިޔަ ސީޒަނުގައި ދ. ކުޑަހުވަދޫ ގޮވައިގެން ނުކުމެފަ އެވެ. އޭގެ ކުރިން އޭނާ ވަނީ މަހިބަދޫ ސްޕޯޓްސް ކްލަބާއި ކްލަބް ވެލެންސިއާ ގޮވައިގެން ވެސް ނިއުއާ ދެކޮޅަށް ނުކުމެފަ އެވެ. އެކަމަކު މޯހަން އަކީ ނިއުގެ މީހެކެވެ. އޭނާ ވަނީ ނިއު އަށް ކޯޗުކޮށްދީ ކާމިޔާބީތައް ވެސް ހޯދައިދީފަ އެވެ. އަދި އޭނާގެ ބައްޕަ ކުއީން އަހުމަދު ވަހީދަކީ ކްލަބުގެ މަސްއޫލުވެރިޔެކެވެ. ބޭބެ އަލީ އާޒިމަކީ އެ ކްލަބުގެ އެންމެ ކާމިޔާބު އެއް ޗެއާމަނެވެ. އެހެން ނަމަވެސް މި ވަގުތު އޭނާގެ ފޯކަސް ހުރީ ހަމައެކަނި އީގަލްސް އަށެވެ.
"މިހާރު ދެން ވަރަށް ފަރިތަވެފައި ދެއްތޯ މިހިރީ ދެކޮޅަށް ކުޅެން. އެހެން ނަމަވެސް ނިއު ރޭޑިއަންޓް އަޅުގަނޑުގެ ހިތުގައި އޮންނާނެ. ހަމަ ސަޕޯޓްކުރާ ޓީމު. އަޅުގަނޑު ކޯޗުކޮށްދޭ ޓީމެއް ނޫން ވެއްޖިއްޔާ ނިއު އަށް ކާމިޔާބު އެދެން. އެކަމު މި ވަގުތު އެދެނީ އީގަލްސް އަށް ކާމިޔާބު،" ނިއު އަށް 2012 ވަނަ އަހަރުގެ ލީގު ކާމިޔާބުކޮށްދިން ކޯޗު ބުންޏެވެ.
ނިއު ރޭޑިއަންޓްގެ އެސިސްޓަންޓް ކޯޗު އަޝްރަފު ލުތުފީ (ސަމްޕަތު) ބުނީ އީގަލްސް އަކީ ދަށް ޓީމެއްގެ ގޮތުގައި ނުދެކޭ ކަަމަށެވެ.
ނިއުގެ ކަންޑޭލާ (ވ): މިއަދުގެ މެޗަށް އޭނާ ވަނީ ސަސްޕެންޑްވެފައި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
"އާދައިގެ ޓީމަކަށް އަޅުގަނޑުމެން ނުބަލަން އީގަލްސް އެއް. ގާތްގަނޑަކަށް ހުރިހާ ޓީމެއް ވެސް ހަމަހަމަކޮށް މި ފެންނަނީ. ދެން ނިއު ރޭޑިއަންޓްގެ ސްކޮޑު ވަރަށް ބުރަކޮށް މަސައްކަތްކުރާ ތަފާތު ސްކޮޑެއް. ރާއްޖޭގައި މި ވަގުތު ތިބި އެންމެ ތަޖުރިބާކާރު ކުޅުންތެރިން ތިބީމަ އެ ތަފާތު. ނިއު ރޭޑިއަންޓުގައި އޮންނަނީ،" ސަމްޕަތު ބުންޏެވެ.
ނިއު މި މެޗަށް ނުކުންނައިރު އެ ޓީމުގެ ސްޕެއިން މިޑްފީލްޑަރު ކަންޑޭލާ ހުރީ ސަސްޕެންޝަނުގަ އެވެ. އޭނާ ނެތުމަކީ ޓީމަށް ލިބޭނެ ހުސްކަމެއް ނަމަވެސް އެ މަގާމު ފޫބެއްދޭނެ ކަމަށް ސަމްޕަތު ވަނީ ބުނެފަ އެވެ.
"ކަންޑޭލާ އަކީ ޓީމުގެ މެދުތެރެއިން ވަރަށް މުހިއްމު ރޯލެއް ކުޅޭ ކުޅުންތެރިޔެއް. ކަންޑޭލާ ނެތުން އެއީ އުނދަގުލެއް ނިއު ރޭޑިއަންޓަށް ލިބޭ. އެކަމަކު ނިއު ރޭޑިއަންޓުގެ ކޯޗު އޮސްކާ ޓީމު ބިނާކުރަމުން އަންނަނީ ކޮންމެ ކުޅުންތެރިޔަކު ވެސް ރިޕްލޭސް (ބަދަލު) ކުރެވޭ ގޮތަށް،" ސަމްޕަތު ބުންޏެވެ.
މި ސީޒަނުގައި މިހާތަނަށް ނިއުގެ ސްޕެއިނުގެ ފޯވާޑް ގުއިލެމް މާޓީ އަށް ޖުމްލަ ގޮތެއްގައި ރަނގަޅު ކުޅުމެއް ނުދެއްކެ އެވެ. އެކަމަށް ސަމްޕަތު ވެސް ވަނީ އެއްބަސްވެފަ އެވެ.
"އެންމެ ބޭނުންވާ ޕާފޯމެންސެއް (ކުޅުމެއް) ނަމްބަރު 9 (ގުއިލެމް މާޓީ)ގެ ފަރާތުން ނުފެނޭ. ދެން އޭނގެ އެބަ އުޅޭ އިންޖަރީއެއްގެ ކަމެއް ވެސް. ފިޒިއޯ އަށް އެންމެ ރަނގަޅަށް އެނގޭނީ،" ސަމްޕަތު ބުންޏެވެ.
މިދިޔަ ސީޒަނުގައި ވެސް އީގަލްސް އިން ދެއްކި މޮޅު ކުޅުން މިހާރު ވެސް ތަކުރާރު ކުރަމުން އަންނަ ކަމަށާއި މުހައްމަދު އާރިފް (ބަކާ) އެ ޓީމާ ގުޅުމުން އެ ޓީމަށް އިތުރު ވަރުގަދަކަމެއް އައިސްފައިވާ ކަމަށެވެ.
"މިސާލަކަށް އެ ޓީމުގައި އެބަތިބި ބަކާ (މުހައްމަދު އާރިފް) ވެސް. ދެން މިދިޔަ އަހަރު ވަރަށް ރަނގަޅަށް ޓީމެއްގެ ގޮތުގައި ވޯކްކޮށްފައި އޮތް ޓީމެއް އީގަލްސް އަކީ. ދެން އޭތި މި ސީޒަނުގައި ވެސް ނިއު އިން އެބަ ދައްކާ. އެހެންވީމަ ނިއު ރޭޑިއަންޓް ވަރަށް ވިސްނައިގެން އީގަލްސްއާ ދެކޮޅަށް ނުކުންނާނީ،" ސަމްޕަތު ބުންޏެވެ.
މޮޅުވުމުގެ ސިލްސިލާ ދެމެހެއްޓޭތީ އެއީ ހިތްހަމަ ޖެހުމެއް ކަމަށާއި އެންމެ ފަހުން އައިޒޯލާ ދެކޮޅަށް އޭއެފްސީ ކަޕްގައި ހޯދުނު މޮޅާ އެކު މި މެޗާ މެދު ކުރެވޭ އިތުބާރު ވެސް ބޮޑު ކަމަށް ސަމްޕަތު ބުންޏެވެ.
"ދެން މެޗުތަކުން މޮޅުވަމުން އައުމަކީ ކޮންފިޑެންސަށް ރަނގަޅު ކަމެއް. އައިޒޯލް އަތުން މޮޅުވީ ވަރަށް ރީތި ފުޓްބޯޅައެއް ކުޅެފައި. އީގަލްސް މެޗުން މޮޅުވުމަށް ވެސް ލިބޭ ހިތްވަރެއް އެއީ،" އޭނާ ބުންޏެވެ.
ނިއު އާއި އީގަލްސް ކުޅޭ މެޗު ފަށާނީ މިއަދު ހަވީރު 4 ޖަހާއިރު އެވެ.
ސެންޓޭގެ ހެޓްރިކާ އެކު ނިއު ޗެމްޕިއަންކަމާ ގާތަށް
އީގަލްސް އަތުން ބަލިނުވެ ނިއު ސަލާމަތްވެއްޖެ
ގްރީން ބަލިކޮށް އީގަލްސް ދެ ވަނަ އަށް
ޔޫވީ އެއްވަރުވުމުން ގްރީނަށް ގަދަ ހަޔެއް ކަށަވަރުވެއްޖެ
ދަގަނޑޭގެ ދެ ގޯލުން ނިއު އިން ޓީސީ ބަލިކޮށްފި
ވިކްޓަރީ ބަލިކޮށް އީގަލްސް ތިން ވަނަ އަށް
މިރޭ ނިއު އަށް ލީގު ކަށަވަރުކުރެވިދާނެ
މައްސަލަ އަށް ހައްލެއް، މޯހަން އަށް ހިތްހަމަޖެހުން
އުނދަގޫ މޮޅަކުން ނިއު އަށް ބޮޑު ލީޑެއް
ނިއު އަށް ލީގުގެ ކުރީގައި ހަމަޖެހިލުމުގެ ފުރުސަތެއް