ރާއްޖެ އައިސް އުޅޭ އިންޓަ ޕާލަމެންޓްރީ ޔޫނިއަން (އައިޕީޔޫ)ގެ ވަފުދާ ބައްދަލުކުރައްވައި، އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ޖަލުން "ދޫކޮށްލި" ކަމަށް ޕީޕީއެމް މެމްބަރު އަހުމަދު ނިހާން ވިދާޅުވުމުން އެމްޑީޕީން ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
19 މާޗް 2018
ރާއްޖެ އައިސް އުޅޭ އިންޓަ ޕާލަމެންޓްރީ ޔޫނިއަން (އައިޕީޔޫ)ގެ ވަފުދާ ބައްދަލުކުރައްވައި، އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ޖަލުން "ދޫކޮށްލި" ކަމަށް ޕީޕީއެމް މެމްބަރު އަހުމަދު ނިހާން ވިދާޅުވުމުން އެމްޑީޕީން ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
އިދިކޮޅު ހަރަކާތްތަކުގައި އެންމެ އިސް ދައުރެއް އަދާކުރައްވާ އިބޫ ހައްޔަރުކުރީ މިދިޔަ ހުކުރު ދުވަހު ބޭއްވި މުޒާހަރާގެ ބައިވެރިންނާ އެކު ޖުމްހޫރީ މައިދާނަށް ވަންނަވަން މަސައްކަތް ކުރެއްވުމުންނެވެ. އޭނާ ހައްޔަރު ކުރީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުންނެވެ.
އިބޫ އަދިވެސް ހުންނެވީ ހައްޔަރުކޮށްފަ އެވެ.
ނަމަވެސް އައިޕީޔޫގެ ވަފުދުން ޕީޕީއެމްގެ މެމްބަރުންނާ އެކު ބޭއްވި ބައްދަލުވުމުގައި އެ ޕާޓީގެ ޕީޖީ ގްރޫޕްގެ ލީޑަރު ނިހާން ވިދާޅުވި ކަމަށް ވަނީ، އެމްޑީޕީ މެމްބަރުން ވިދާޅުވި ގޮތުގައި، އިބޫ ދޫކޮށްލާފައިވާ ކަމަށެވެ.
އެމްޑީޕީގެ މެމްބަރުންނާ އެކު ވަކިން ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މާފަންނު އުތުރު ދާއިރާގެ އިމްތިޔާޒު ފަހުމީ (އިންތި) "މިހާރު" އަށް ވިދާޅުވި ގޮތުގައި އިބޫ ދޫކޮށްލާފައިވާ ކަމަށް ވިދާޅުވެ އައިޕީޔޫގެ މެމްބަރުންނަށް ދެއްވީ ދޮގު މައުލޫމެއްކަން އެނގިވަޑައިގަތުމުން އެ ބޭފުޅުން ހައިރާންވެވަޑައިގެންނެވި އެވެ.
"އަޅުގަނޑުމެންގެ ކުރިން ޕީޕީއެމް މެމްބަރުންނާ އެބޭފުޅުން ބައްދަލުކުރެއްވި. ޕީޕީއެމުން ބުނީ އިބޫ ދޫކޮށްލާފައި ހުރި ކަމަށް. އެކަމަކު، އަޅުގަނޑުމެން އައިޕީޔޫ މެމްބަރުންނަށް ވަނީ ރަނގަޅު މައުލޫމާތު ދީ، އިބޫ ހައްޔަރުކޮށްފައި ހުރި ކަމަށް ބުނެފައި،" އިންތި ވިދާޅުވި އެވެ.
މި މައްސަލާގައި ނިހާން ވަނީ އޭނާ ދެއްކެވި ވާހަކަތައް ދިފާއުކުރައްވައިފަ އެވެ. އެގޮތުން އޭނާ "މިހާރު" އަށް ވިދާޅުވީ އިބޫ ދޫކޮށްލިއެކޭ ވިދާޅުވެފައި ނުވާނެ ކަމަށާއި ދެންނެވީ "ދޫކޮށްލާނެ" ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި އިބޫއަކީ "ވައިލެންޓް" ބޭފުޅެއް ނޫނެވެ. އެހެންކަމުން އިބޫ ވެސް ދޫކޮށްލާނެ ކަމަށް އެ މެމްބަރުންނަށް ދެންނެވި ކަމަށް އޭނާ ވިދާޅުވި އެވެ.
"އިބޫ ވެންނެވީ އެއްވުން މަނާ ޒޯނަކަށް. އިބޫ އަކީ ވައިލެންޓް ބޭފުޅެއް ވެސް ނޫން. އިބޫ ހަމަ ގެންގޮސްފައި ދޫކޮށްލާނެ ވާހަކަ ބުނީ. ދޫކޮށްލިއެކޭ ބުނެފައި ނުވާނެ،" ނިހާން ވިދާޅުވި އެވެ.
އިންތި ވިދާޅުވީ އައިޕީޔޫގެ ވަފުދާ އެކު އޮތް ބައްދަލުވުމުގައި އިދިކޮޅު ފަރާތްތަކުން ވަނީ ސިފައިން ނިކުމެ، މަޖިލިސް ހިސޯރުކޮށްފައި އޮތް ކަމުގެ މައުލޫމާތާއި މެމްބަރުންނަށް ހުރި ގޮންޖެހުންތައް އޮޅުން ފިލުވައިދީފައި ކަމަށެވެ. އޭގެ އިތުރުން ގާނޫނާއި ގަވައިދާ ހިލާފަށް ހައްޔަރުކޮށްފައިވާ މެމްބަރުންގެ މައުލޫމާތު ވެސް ދެއްވާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އިންތި ވިދާޅުވި ގޮތުގައި ގޮނޑި ގެއްލުނު ކަމަށް ބުނެ މަޖިލީހަށް 12 މެމްބަރަކު ނުވައްދާ މައްސަލާގައި އައިޕީޔޫގެ މެމްބަރުން ވެސް ތިއްބެވީ ކަންބޮޑުވެވަޑައިގެންފަ އެވެ.
އައިޕީޔޫގެ އެޗްއާރު ކޮމިޓީގެ މެމްބަރުން މިއަދު ޕީޕީއެމް މެމްބަރުންނާ ބައްދަލު ކުރައްވަނީ.
އެކަމަކު ނިހާން ވިދާޅުވީ މިދިޔަ އަހަރުގެ ޖުލައި 24 ގައި އިދިކޮޅު މެމްބަރުން މަޖިލީހަށް ވަންނަވަން މަސައްކަތް ކުރެއްވުމުން ހިނގި ހަމަނުޖެހުންތަކާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ހަގީގަތާ ހިލާފު މައުލޫމާތު އައިޕީޔޫގެ މެމްބަރުންނަށް ދެއްވި ކަމަށެވެ.
އައިޕީޔޫގެ އެޗްއާރު ކޮމިޓީގެ މެމްބަރުންނާ އެކު، އެމްޑީޕީގެ ތިން މެމްބަރަކު
އެގޮތުން އޭނާ ވިދާޅުވި ގޮތުގައި އެ ދުވަހު މެމްބަރުން މަޖިލީހަށް ވެންނެވުމުން، ސަލާމަތީ ބާރުތަކުން މެމްބަރުން "ނަގައި އުކައި"، "ބިން މައްޗަށް ވައްޓާލައި"، "މެމްބަރުން ޗިސްކޮށްލި" ކަމަށް، އިދިކޮޅު މެމްބަރުން ވިދާޅުވެފައިވެ އެވެ.
ހުވާކުރާ ތަނަށް ނުދިޔައީ ބަލިވެ އުޅޭތީ: ނިހާން
މިއީ ރާއްޖެ ކަފުން ކުރަން ތައްޔާރުކުރި ބަޖެޓެއް:ޝިޔާމް
ސަރުކާރު ހިންގަނީ މަޖިލިހުން ކަމަށް ބުނެ ފާޑުކިޔައިފި!
ބިންމިލްކުކުރެވޭ އުސޫލު އުވާނުލައި،ކޮމިޓީގައި ތާށިވެފައި
ޓެކްސް ފިޔަވައި އެހެން ކަންކަން ހުށަހެޅޭ ގޮތް ހަދައިފި
މަޖިލިސް ހޭލައިފި، ވަޒީރުންނަށް ސުވާލުތަކެއް!
ދެ ބިލަށް ވޯޓަށް ނޭހޭތީ ރައީސް ކަންބޮޑުވޭ: ހޫދު
ބިލްތަކުގައި ތައްގަނޑުޖެހުމުގެ ވިސްނުމެއް ނެތް: ރޮޒޭނާ
ދެ ކޮމިޝަނަށް ބާރު ދިނުމާ ބެހޭ ބިލް ކޮމިޓީއަށް
ދެ ކޮމިޝަނެއް އުފެއްދީ ސިޔާސީ ބޭނުމެއްގައި: ޕީޕީއެމް