ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްޔެ ހުވާކުރެއްވި ރަސްމިއްޔާތަށް ވަޑައިނުގެންނެވީ ބަލިވެ އުޅުއްވާތީ ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ރޭ ވިދާޅުވެއްޖެ އެވެ.
18 ނޮވެމްބަރ 2018
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްޔެ ހުވާކުރެއްވި ރަސްމިއްޔާތަށް ވަޑައިނުގެންނެވީ ބަލިވެ އުޅުއްވާތީ ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ރޭ ވިދާޅުވެއްޖެ އެވެ.
ގަލޮޅު ދަނޑުގައި، އެތައް ހާސް ބަޔަކު އެއްވި ރަސްމިއްޔާތަކީ އަސްލު ރައްޔިތުންގެ މަޖިލިހުގެ ރަސްމީ ޖަލްސާއެކެވެ. މި އަހަރުގެ ތިން ވަނަ ދައުރުގެ 10 ވަނަ ޖަލްސާގައި 60 އަށް ވުރެ ގިނަ މެމްބަރުން ބައިވެރިވެވަޑައިގެންނެވި އެވެ. އޭގެ ތެރޭގައި ޕީޕީއެމްގެ ބައެއް މެމްބަރުން ވެސް ތިއްބެވި އެވެ.
އެކަމަކު ޕީޕިީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ނެތުމުން ވަރަށް ގިނަ ބަޔަކު ސުވާލު އުފެއްދި އެވެ.
"މިހާރު" އާ ވާހަކަ ދައްކަވަމުން ނިހާން ވިދާޅުވީ ޖަލްސާއަށް ވަޑައިނުގެންނެވުނީ ބަލިވެއުޅުއްވާތީ ކަމަށެވެ. އެކަމަކު އިތުރު ތަފުސީލެއް ނުދެއްވައި ވިދާޅުވި ގޮތުގައި އޭނާ ނޫނަސް އެ ޖަލްސާއަށް ވަޑައިނުގަންނަވާ އެހެން މެމްބަރުން ވެސް ތިއްބެވި އެވެ.
ކެމްޕޭން ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަށް އެންމެ ބޮޑަށް ފާޑުވިދާޅުވި ނިހާން، އިއްޔެގެ ރަސްމިއްޔާތުން ނުފެނުނު ނަމަވެސް ގިނަ ބަޔަކަށް ހައިރާން ކަން ލިބުނީ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ މަސީހް ވަޑައިގަތުމުންނެވެ. މަޖިލިހުގެ ރައީސްކަމުން މަސީހު ބޭރުކުރަން މިހާރު ސަރުކާރުގެ މެމްބަރުން އެކަމަކު އޭރުގެ އިދިކޮޅު ފަރާތްތަކުން، އިތުބާރު ނެތްކަމުގެ މައްސަލަ ތިން ބުރަކަށް ވެއްދި އެވެ. އެންމެ ފަހުން އިސްތިއުފާ ދެއްވީ، ވޯޓަށް އެހުމުގެ ޖަލްސާގެ ކުރިންނެވެ.
އިއްޔެގެ ރަސްމިއްޔާތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތިން ވަނަ ނައިބު ރައީސް އަބްދުﷲ ޖިހާދާއި ކުރީގެ ވަޒީރު، އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމާއި ހޯމް މިނިސްޓަރު އަޒްލީން އަހުމަދާއި ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމް ވެސް ބައިވެރިވެވަޑައިގަތެވެ.
ވަޒީރުންނަށް ރުހުން ދިނުމަށް ކޮމިޓީއަށް ފޮނުވަނީ
އިދިކޮޅަށް 45 މެމްބަރުން، ސަރުކާރަށް 40 މެމްބަރުން
އިބޫ ހުވާ ކުރައްވާނެ ދުވަހެއް ކަނޑައަޅަން ކޮމިޓީއަށް
އިބޫ ހުވާ ކުރާނެ ދުވަހަކާ މެދު ހޫނު ބަހުސްތަކެއް!
މަޖިލީހުގެ ޖަލްސާތައް މި މަހުގެ 25 ގައި ފަށަނީ
47 ޖަލްސާގެ ރިކޯޑެއް، މަޖިލިސް ޗުއްޓީއަށް!
މަޖިލިހުގެ ދައުރުތައް ކުރިން އޮތް ގޮތަށް ބާއްވަނީ
މެމްބަރުންގެ މުސާރަ އިން ކެނޑުން، ހެޔޮ ބަދަލެއް!
ކޮމިޓީތަކުގައި މެމްބަރުން ތިއްބަވާ އަދަދަށް ބަދަލުތަކެއް
މަޖިލީހުގެ ކޮމިޓީތަކުގެ ކޮންޓްރޯލް ލިބެނީ އެމްޑީޕީ އަށް