Roadha Mihaaru
ވަގު ކަލޭގެ މޫނު ފޮރުވީ ކޮތަޅަކުން، ސަލާމަތެއްނުވި

ވަގު ކަލޭގެ މޫނު ފޮރުވީ ކޮތަޅަކުން، ސަލާމަތެއްނުވި

18 މާޗް 2018

އިންޑިއާގެ ޓެމިލްނާޑޫގެ ކަންޔާކުމާރީގައި މޯބައިލް ފޯނު ވިއްކާ ފިހާރަޔަކުން ފޯނެއް ވަގަށް ނެގި މީހަކު ސިފަ އޮޅުވާލަން ބޮލަށް ކޮތަޅެއް މަހައިގެން އުޅުމުން އެކަން ބޮޑު ޖޯކަކަށް ވެއްޖެ އެވެ. މި މީހާ ބޮލަށް މަހައިގެން އުޅުނީ ހުރަހެއް ނެތި ފެންނަ ސާފު ރަބަރު ކޮތަޅެއް ކަމަށް ވާތީ އެއީ ކާކުކަން ރީއްޗަށް އެނގެ އެވެ.

މި ވަގު ކަލޭގެ ފެންނަ ވީޑިއޯ ފުޓޭޖެއް ޓީވީ ސްޓޭޝަނަކުން ވަނީ އާންމުކޮށްފަ އެވެ. އެ މީހާ ފިހާރަޔަށް ވަންނަނީ ވެސް މޫނު "ނިވާކޮށްގެން" ވަރަށް ތައްޔާރުވެގެންނެވެ. ފިހާރަޔަށް ވަނުމަށް ފަހު މީހަކު ބަލަން ހުރިތޯ ހޯދަ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ވައްކަން ކުރި މީހާގެ ވާތުގައި ޓެޓޫއެއް ޖަހާފައި އިނުމުން އެކަން ވެސް ވީ ވަގު ކަލޭގެ އަތުލައިގަތުމަށް ބޮޑު އެހީއަކަށެވެ. އެހެންވެ ފުލުހުންނަށް މި މީހާގެ މޫނާއި އަތުގެ ފާހަގަ ވެސް އޮތީ ފެންނާށެވެ.

މި މީހާ ވަގަށް ނެގީ އެއް ލައްކަ ރުޕީސްގެ ފޯނެކެވެ. އެކަން އެނގުނީ ފޯނު ވަގަށް ނެގިތާ އެއް ދުވަސް ފަހުންނެވެ. ފިހާރައިގެ ވެރިމީހާ ސީސީޓީވީ ފުޓޭޖް ބެލުމުން ފެނުނު މަންޒަރުން އައީ ހިންޏެވެ. އެއީ ފިހާރައިގެ ވެރިމީހާއަށް ވެސް އެނގޭ މީހެކެވެ. އެހެންވެ ފުލުހުންނަށް އެކަން ރިޕޯޓްކުރުމާ އެކު ވަރަށް ފަސޭހައިން އަތުލައިގަނެވިއްޖެ އެވެ.