ރާއްޖެ ޓީވީގެ ތިން ނޫސްވެރިޔަކު ހައްޔަރުކޮށްފައިވަނީ އެ ޗެނެލް ބަންދުކުރުމުގެ ނިޔަތުގައި ކަމަށް އެ ސްޓޭޝަނުން މިއަދު ބުނެފި އެވެ.
17 މާޗް 2018
ރާއްޖެ ޓީވީގެ ތިން ނޫސްވެރިޔަކު ހައްޔަރުކޮށްފައިވަނީ އެ ޗެނެލް ބަންދުކުރުމުގެ ނިޔަތުގައި ކަމަށް އެ ސްޓޭޝަނުން މިއަދު ބުނެފި އެވެ.
ފުލުހުންގެ ޔުނީފޯމުގައި ތިބި ބަޔަކު ސަރުކާރަށް އިންޒާރު ދޭ ވީޑިއޯއެއް އުފެއްދިކަމުގެ ތުހުމަތުގައި ރާއްޖެޓީވީގެ ނޫސްވެރިޔާ މުހައްމަދު ވިސާމާއި ހެޑް އޮފް ޕްރޮގްރާމްސް، އާމިރު ސަލީމް ވަނީ ރޭ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފަ އެވެ. އަދި ރޭ މުޒާހަރާ ކަވަރުކުރަން އުޅުނު ނޫސްވެރިޔާ މުހައްމަދު ފަޒީން ހައްޔަރުކުރީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި ކަމުގެ ތުހުމަތުގަ އެވެ.
ރާއްޖެ ޓީވީން ނެރުނު ބަޔާނެއްގައި ބުނީ އެ ތިން ނޫސްވެރިންގެ މައްޗަށް ވެސް ކޮށްފައިވަނީ އެއްވެސް އަސްލެއްނެތް ދޮގު ތުހުމަތުތަކެއް ކަމަށެވެ. އަދި އެނޫސްވެރިން ވަގުތުން ދޫކޮށްލަން ވެސް ގޮވާލި އެވެ.
ބަޔާނުގައި ބުނި ގޮތުގައި ނޫސްވެރިން ހައްޔަރުކުރުމާއި އެއީ ޓެރަރިޒަމަށް ހިތްވަރުދޭ ސްޓޭޝަނެއް ކަމަށް ޕީޕީއެމުން ބުނަމުން ދަނީ ރާއްޖެ ޓީވީގެ އަގުވައްޓާލައި އެ ސްޓޭޝަން ބަންދުކުރާށެވެ.
ފުލުހުންނާ ގުޅޭ ވީޑިއޯ ހެދިކަމުގެ ތުހުމަތުގައި ވިސާމާއި އާމިރު ހައްޔަރުކުރީ ޕީޕީއެމުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކަމަށް ތުހުމަތުކޮށްފައި ވަނިކޮށް ކަމަށް ވެސް ރާއްޖެ ޓީވީގެ ބަޔާނުގައި ބުނެފައިވެ އެވެ. އެ ހުރިހާ ތުހުމަތުތަކަކަށް ރާއްޖެ ޓީވީން އިންކާރުކުރެ އެވެ.
މި "ސްޓޭޝަނަކީ ގާނޫނާއި ގަވައިދާ ހިލާފު އަމަލެއް ހިންގާނެ ސުޓޭޝަނެއް ނޫން. ޓެރަރިޒަމްގެ އަމަލަކަށް އެއްވެސް ވަރެއްގެ ހިތްވަރެއް ދޭނެ ސްޓޭޝަނެއް ނޫން،" ބަޔާނުގައި ބުނެފައިވެ އެވެ.
ބަޔާނުގައި ބުނީ މީގެ ކުރިން ވެސް ރާއްޖެ ޓީވީގެ ނޫސްވެރިން ހައްޔަރުކޮށް، އެ ސްޓޭޝަން ޖޫރިމަނާ ކޮށްފައިވާއިރު މިފަހަރު ވެސް ނޫސްވެރިން ހައްޔަރުކުރީ އެ ސްޓޭޝަނަށް ބިރުދައްކާށެވެ.
ރާއްޖެ ޓީވީ ބަންދުކުރަން ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ރޭ ގޮވާލެއްވި އެވެ. އެ ސްޓޭޝަނުން އެކަން ކުށްވެރިކުރި އެވެ.
"ނޫސްވެރިކަމުގެ މިނިވަންކަން ގާނޫނު އަސާސީން ވެސް ކަށަވަރުކޮށްދީފައިވާއިރު، މިފަދަ އިންޒާރުތައްދީ ބިރުދެއްކުން ހުއްޓާލުމަށް ގޮވާލަން،"، ރާއްޖެ ޓީވީގެ ބަޔާނުގައިވެ އެވެ.
މީޑިއާތަކަށް ފިޔަވަޅު އަޅަން ގޮވާލައިފި
ނޫސްވެރިއަކަށް ފުރައްސާރަކުރި މައްސަލައެއް ބަލަނީ
ނޫސްވެރިންނަށް އަނިޔާ ދިނުމަކީ ނިޔަތެއް ނޫން: ފުލުހުން
ނޫސްވެރިން "ހޭއަރުވާލާނަމޭ" ބުނި މައްސަލަ ބަލަންޖެހޭ
ނޫސްވެރިންނަށް އަނިޔާވި މައްސަލަ ބަލަން ގޮވާލައިފި
ޝަހީބުގެ މައްސަލާގައި ފުލުހުން ބަހެއް ނުބުނި
ފުރައްސާރަކޮށް ބެނާ ދެމިޔަސް ކަންބޮޑެއް ނުވޭ: ފިޔާޒް
ވިސާމާއި އާމިރުގެ ބަންދަށް 10 ދުވަސް ޖަހައިފި
ފުލުހުން ހައްޔަރުކުރީ އަނިޔާކޮށްފައި: މުރުޝިދު
އަހަރެން ހޭނެތުނީ ފުލުހުންގެ އަނިޔާތަކުން: ހުސައިން