Roadha Mihaaru
ފުލުހުން ހައްޔަރުކުރީ އަނިޔާކޮށްފައި: މުރުޝިދު

ފުލުހުން ހައްޔަރުކުރީ އަނިޔާކޮށްފައި: ނޫސްވެރިޔާ މުރުޝިދު

04 މާޗް 2018

މުޒާހަރާ ކަވަރުކުރަން އުޅެނިކޮށް ރޭ ހައްޔަރުކުރި ރާއްޖެ ޓީވީގެ ނޫސްވެރިޔާ މުރުޝިދު އަބްދުލްހަކީމަށް ފުލުހުން އަނިޔާކޮށްފައިވާ ކަމަށް އޭނާ މިއަދު ބުނެފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

މުޒާހަރާ ކަވަރުކުރަން އުޅެނިކޮށް ރޭ ހައްޔަރުކުރި ރާއްޖެ ޓީވީގެ ނޫސްވެރިޔާ މުރުޝިދު އަބްދުލްހަކީމަށް ފުލުހުން އަނިޔާކޮށްފައިވާ ކަމަށް އޭނާ މިއަދު ބުނެފި އެވެ.

މުރުޝިދު ހައްޔަރުކޮށްފައި ވަނީ ރޭ 12 ޖަހާކަންހާއިރު ޗައިނާ އެމްބަސީ ސަރަހައްދުގައި މުޒާހަރާ ކަވަރު ކުރަމުން ދަނިކޮށެވެ. ފުލުހުން މުރުޝިދު ހައްޔަރުކުރުމަށް، އޭނާ ބިންމައްޗަށް ވައްޓާލައި އަތް އަނބުރާލައި، ގަދަކަމުން ވަނީ ބިޑި އަޅުވައިފަ އެވެ. ބިޑި އެޅުވުމަށް ފަހު ދެ ފުލުހަކު ވެގެން މުރުޝިދު ގެންދިޔައީ ބިންމަތީގައި ދަމަމުންނެވެ.

މުރުޝިދު ހައްޔަރު ކުރުން---

މުރުޝިދު ބުނީ އޭނާ ހައްޔަރު ކުރިއިރު ފުލުހުން އަމަލު ކުރިގޮތުން އޭނާގެ ވައަތު އަތް މަށައިގެން ގޮސްފައިވާ ކަމަށެވެ. އަދި ކަނާތު އަތަށް ވަރަށް ބޮޑަށް ތަދުވެފައިވާ ކަމަށް މުރުޝިދު ބުންޏެވެ.

އޭނާ ވަނީ ރޭ އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ހޯދައިފަ އެވެ. ޑޮކްޓަރުން ބުނީ އޭނާ އަށް ސީރިއަސް އަނިޔާއެއް ލިބިފައިނުވާ ކަމަށެވެ. ނަމަވެސް ތަދުކެނޑުވުމަށް ބޭސްދިން ކަމަށް މުރުޝިދު ބުންޏެވެ.

މުރުޝިދު ބުނިގޮތުގައި އޭނާ ހައްޔަރުކުރީ މުޒާހަރާ ކަވަރު ކުރަން ތިބެވޭނެ ކަމަށް އެސްއޯ ފުލުހުން ބުނި ސަރަހައްދުގައި ހުއްޓާ ކަމަށެވެ. އިތުރު ފުލުހުންތަކެއް އެ ސަރަހައްދަށް ގޮސް އެތަން ދޫކޮށް ދިއުމަށް އެންގުމަށް ފަހު ހައްޔަރުކުރީ ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑު ބުނިން މިހުރީ އެސްއޯ ފުލުހުން ބުނި ހިސާބުގައޭ. ބުނީމަ ދެން އައި ފުލުހުން ބުނީ އެއީ އެސްއޯއެއް ނޫންހޭ މިއީ އެހެން ބައެކޭ. އެހެން ކިޔައިފައި ކުއްލިއަކަށް ދަމައިގަނެ ވައްޓާލީ،" މުރުޝިދު ބުންޏެވެ.

ފުލުހުން ބިޑި އަޅުވަން މަސައްކަތްކުރި ވަގުތު މުރުޝިދު ގަދަ ހަދާ މަންޒަރު ވީޑިއޯއިން ފެނެ އެވެ. މުރުޝިދު ބުނީ އޭނާ ހީކުރީ ފުލުހުން މައިކް އަތުލަން އުޅުނީ ކަމަށް ކަމަށެވެ. ބިޑި އަޅުވަން އުޅޭ ވާހަކަ ފުލުހުން ނުބުނާ ކަމަށް އޭނާ ބުންޏެވެ.

މުރުޝިދުއަށް އޭޑީކޭ ހޮސްޕިޓަލުން ފަރުވާދެނީ--

މުރުޝިދުއަށް އޭޑީކޭ ހޮސްޕިޓަލުން ފަރުވާދެނީ--

ބިޑި އަޅުވައި، މުރުޝިދު ހައްޔަރު ކުރުމަށްފަހު އޭނާ ގެންގޮސް ބެއިންދީ އާޓިފިޝަލް ބީޗް ސްޓޭޖްމަތީގަ އެވެ. އަދި މާ ގިނައިރެއް ނުވެ އޭނާ ދޫކޮށްލި އެވެ.

މުރުޝިދު ބުނީ އޭނާ ހައްޔަރުކުރީ ކީއްވެގެންތޯ ފުލުހުންނާ ސުވާލުކުރުމުން ފުލުހުން ދިން ޖަބާވަކީ "ހައްޔަރު ނުކުރަން ކަމަށާއި އެ ސަރަހައްދުން ދުރަށް ޖެއްސީ" ކަމަށެވެ.

ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާން ވިދާޅުވީ މުރުޝިދު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ. ފުލުހުން ކުރި ކަމަކީ މުރުޝިދު އެ ސަރަހައްދުން ދުރަށް ޖެއްސުން ކަމަށާއި އޭނާ އަށް ފުލުހުން އަނިޔާކުރި ކަމަށް ބުނާ މައްސަލަ ބަލަމުން އަންނަ ކަމަށް ވެސް ޝިފާން ވިދާޅުވި އެވެ.

މިދިޔަ މަހު 16 ވަނަ ދުވަހުގެ ރޭ އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދިޔަ މުޒާހަރާ ކަވަރުކުރަން އުޅުނު ރާއްޖެޓީވީގެ ނޫސްވެރިޔާ ހުސައިން ހަސަން ވެސް ހައްޔަރު ކުރި އެވެ. އަދި ހުސައިން ހޭނެތުމުން ވަނީ އޭނާ އަށް ފަރުވާ ދީފަ އެވެ.

Aharen heynethunee fuluhunge Aniyaathakun: Noosveriya Hussain

Aharen heynethunee fuluhunge Aniyaathakun: Noosveriya Hussain

The most trusted news source in the Maldives

Mihaaru

ހުސައިން ހައްޔަރުކޮށް ފުލުހުން އަނިޔާ ކުރި ކަމަށް އޭނާ ބުނުން--

ހުސައިން ބުނިގޮތުގައި ފުލުހުން އޭނާއަށް އަނިޔާކުރި އެވެ. އޭނާ ހޭނެތުނީ އެ އަނިޔާތަކުގެ ސަބަބުން ކަމަށް ހުސައިން ބުންޏެވެ.