Roadha Mihaaru
ރާއްޖެ ޓީވީގެ ފައިރޫޒާއި އަޒްމޫން ފުލުހަށް ހާޒިރުކުރަނީ

ރާއްޖެ ޓީވީގެ ފައިރޫޒާއި އަޒްމޫން ފުލުހަށް ހާޒިރުކުރަނީ

06 މާޗް 2017

ރާއްޖެ ޓީވީގެ ދެ ނޫސްވެރިން ކަމަށްވާ އަހުމަދު ފައިރޫޒާއި އަޒްމޫން އަހުމަދު ފުލުސް އޮފީހަށް މާދަމާ ހާޒިރުވާން އަންގައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރާއްޖެ ޓީވީގެ ދެ ނޫސްވެރިން ކަމަށްވާ އަހުމަދު ފައިރޫޒާއި އަޒްމޫން އަހުމަދު ފުލުސް އޮފީހަށް މާދަމާ ހާޒިރުވާން އަންގައިފި އެވެ.

މި ދެ ނޫސްވެރިން ފުލުހަށް ހާޒިރުވާން އެންގީ ބަލަމުންދާ މައްސަލައަކާ ގުޅިގެން ސުވާލުކޮށް، ބަޔާން ނެގުމަށް ކަމަށް ފުލުހުން ބުންޏެވެ. އެކަމަކު އެއީ ކޮން މައްސަލައެއް ކަން ހާމައެއް ނުކުރެ އެވެ.

ފައިރޫޒާއި އަޒްމޫން ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައިވަނީ މާދަމާ ހެނދުނު 11:00 އަށެވެ.

ފައިރޫޒާއި އަޒްމޫން ފުލުހަށް ހާޒިރުވާން އެންގިއިރު، ރާއްޖެ ޓީވީގެ އެކި ނޫސްވެރިންނަށް ދައުވާކޮށް، ވަނީ ކުށް ސާބިތުވެފަ އެވެ. އެގޮތުން ނޫސްވެރިޔާ މުހައްމަދު ވިސާމާއި ލީވާން ނަސީރު އަދި އާދަމް ޒަރީރުގެ މައްޗަށް ވަނީ ފުލުހުންގެ ދައުރު އަދާކުރަން ހުރަސް އެޅިކަން ސާބިތުވެ، ޖޫރިމަނާގެ ހުކުމެއް އައިސްފަ އެވެ.

ފުލުހުންނަށް ހުރަސް އެޅި ކަމަށް ބުނެ ވިސާމަށް އިތުރު ދައުވާއެއް ކުރާއިރު، އެ މައްސަލައިގެ ހުކުމް އަންނަ ބުރާސްފަތިދުވަހު އިއްވާނެ އެވެ. މީގެ އިތުރުން ރާއްޖެ ޓީވީގެ ސީއީއޯ ހުސައިން ފިޔާޒުގެ މައްޗަށް ވެސް ދައުލަތުން ވަނީ ފުލުހެއްގެ ގައިގައި ޖެހި ކަމަށް ބުނެ ދައުވާކޮށްފަ އެވެ.