12 މާޗް 2018
ސްރީ ލަންކާގެ ކޮޓެލަވަލާ ޑިފެންސް ޔުނިވާސިޓީ (ކޭޑީޔޫ) ގައި އެމްއެމްބީއެސް އަށް ކިޔެވުމުގެ ފުރުސަތު ކޮންމެ އަހަރަކު 20 ދަރިވަރަކަށް ދިނުމަށް އެ ޔުނިވަސިޓީ އާއި އެޑިއުކޭޝަން މިނިސްޓްރީއާ ދެމެދު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ސްރީ ލަންކާގެ ކޮޓެލަވަލާ ޑިފެންސް ޔުނިވާސިޓީ (ކޭޑީޔޫ) ގައި އެމްއެމްބީއެސް އަށް ކިޔެވުމުގެ ފުރުސަތު ކޮންމެ އަހަރަކު 20 ދަރިވަރަކަށް ދިނުމަށް އެ ޔުނިވަސިޓީ އާއި އެޑިއުކޭޝަން މިނިސްޓްރީއާ ދެމެދު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އައިޝަތު ޝިހާމެވެ. ކޭޑީޔޫގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލާ ޖޭޖޭ ރަނަސިންހެ އެވެ.
ކޭޑީޔޫ އިން ދިން ފުރުސަތާ ބެހޭ ގޮތުން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މިއީ މެޑިސިން ކިޔަވަން ބޭނުންވާ ދަރިވަރުންނަށް ޖާގަ ހޯދަން ދަތިވެފައި ވަނިކޮށް ކޭޑީޔޫ އިން ދިން ފުރުސަތެއް ކަމަށެވެ.
"އެނގިވަޑައިގަންނަވާނެ މެޑިސިންއަކީ ޖާގަ ހޯދަން ވަރަށް ދަތި ދާއިރާއެއް. އެކަމާ ގުޅިގެން ސްރީ ލަންކާ ސަރުކާރުގެ ފަރާތުން އަޅުގަނޑުމެންނަށް 20 ސީޓް ހަމަޖައްސައިދިނީ،" މިނިސްޓަރު އައިޝަތު ޝިހާމް ވިދާޅުވި އެވެ.
ކޭޑީޔޫގައި މިހާރު ވެސް ދިވެހި 34 ދަރިވަރަކު އަންނަނީ އެކި ދާއިރާތަކުން ތައުލީމް ހާސިލް ކުރަމުންނެވެ.
ކޭޑީޔޫގެ ވައިސް ޗާންސެލާ ޖޭޖޭ ރަނަސިންހަ ވިދާޅުވީ ސްރީ ލަންކާގައި ތައުލީމް ހާސިލުކުރާ ދިވެހި ދަރިވަރުންން ތައުލީމަށް އިސްކަން ދޭ ކަމަށެވެ. ދިވެހި ދަރިވަރުންނަށް މަރުހަބާ ކިޔާ ކަމަށާއި ސްރީ ލަންކާ އާއި ރާއްްޖެއަކީ ގާތް އެކުވެރިން ކަމަށް އޭނާ ވިދާޅުވި އެވެ.
އެޑިއުކޭޝަންގެ ތަފާސް ހިސާބުތަކަށް ބަލާއިރު އެމްއެމްބީއެސް ހެދުމަށް ރާއްޖެއިން ބޭރުގައި 333 ދަރިވަރުން މިހާރުވެސް އަންނަނީ ތައުލީމް ހާސިލް ކުރަމުންނެވެ. އަދި ޕޯސްޓް ގުރެޖްއޭޓް މެޑިސިން ހަދާ 58 ދަރިވަރަކު ރާއްޖޭން ބޭރުގައި އަންނަނީ ކިޔަވަމުންނެވެ.
ޕްރީ މެޑިސިން ކޯސްތައް ގަބޫލުކުރުން ހުއްޓާލައިފި
މެލޭޝިޔާ އިން ރާއްޖެ އަށް 500 ސްކޮލަޝިޕް ދީފި
އެމްއީސީސީގެ އެންމެ މޮޅު ދަރިވަރަކަށް ފައުޒާ
ރާއްޖޭގައި އެމްބީބީއެސް އަށް ކިޔަވައިދޭން ފަށަނީ
މަތީ ތައުލީމުގެ ފުރަތަމަ މާސްޓަ ޕްލޭން ލޯންޗުކޮށްފި
މަތީ ތައުލީމުގެ ލޯނު 400 އަށް ވުރެ ގިނަ ކުދިންނަށް
ދަސްވާރު ޕްރޮގްރާމަށް ލަންކާ އިން ތައުރީފުކޮށްފި
އޮސްޓްރޭލިއާގެ ސްކޮލަޝިޕް މި އަހަރު 16 ދަރިވަރަކަށް
މަތީ ތައުލީމުގެ ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި
ޒާހިރު: މިޒަމާނުގެ ތައުލީމުގެ އެންމެ ވަރުގަދަ ތަނބު