24 ނޮވެމްބަރ 2016
އޮސްޓްރޭލިއާ ސަރުކާރުން ރާއްޖެ އަށް މި އަހަރު ދިން ސްކޮލަޝިޕަށް ހޮވުނު 16 ދަރިވަރުންނަށް އެކަމުގެ ލިޔުން ހަވާލުކޮށްފި އެވެ.
އޮސްޓްރޭލިއާ ސަރުކާރުން ރާއްޖެ އަށް މި އަހަރު ދިން ސްކޮލަޝިޕަށް ހޮވުނު 16 ދަރިވަރުންނަށް އެކަމުގެ ލިޔުން ހަވާލުކޮށްފި އެވެ.
މި އަހަރުގެ ސްކޮލަޝިޕަށް ހޮވުނު ދަރިވަރުންނަށް އެކަމުގެ ލިޔުން ހަވާލުކުރުމަށް ހޮޓެލް ޖެންގައި ރޭ ބޭއްވި ރަސްމިއްޔާތުގައި، އެ ލިޔުން ދަރިވަރުންނާ ހަވާލު ކޮށްދެއްވީ އޮސްޓްރޭލިއާ އިން ރާއްޖެ ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ބްރައިސް ހުޗެސަން އާއި ރާއްޖޭގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމެވެ.
އޮސްޓްރޭލިއާ ސަރުކާރުން މި އަހަރު ރާއްޖެ އަށް ދިން ސްކޮލަޝިޕްތަކުގެ ތެރެއިން އެ ފުރުސަތަށް ހޮވުނު ދަރިވަރަކަށް ލިޔުން ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބްރައިސް ވިދާޅުވީ މިފަދަ ސްކޮލަޝިޕްތައް ދިނުުމުގެ މަގުސަދަކީ މުސްގަތުބަލުގެ ލީޑަރުން ތަމްރީނު ކުރުން ކަމަށެވެ. އެގޮތުން މިހާރު ވެސް އޮސްޓްރޭލިއާގައި 200 އަށް ވުރެ ގިނަ ދިވެހި ދަރިވަރުން ތައުލީމް ހާސިލް ކުރަމުން އަންނަކަން އޭނާ ފާހަގަ ކުރެއްވި އެވެ.
އޮސްޓްރޭލިއާ އިން ސްކޮލަޝިޕް ދިނުމުގައި އިސްކަންދެނީ މައިގަނޑު ހަތަރު ދާއިރާއަކަށް ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ އިގުތިސާދާއި ތިމާވެއްޓާއި ތައުލީމް އަދި ގުޑް ގަވަނެންސްގެ ދާއިރާ އެވެ. މިއީ މާސްޓާސް ފެންވަރަށް ކިޔެވުމަށް ދިން ސްކޮލަޝިޕްތަކެކެވެ.
އޮސްޓްރޭލިއާ ސަރުކާރުން މިއަހަރު ރާއްޖެއަށް ދިން ސްކޮލަޝިޕްތަކުގެ ތެރެއިން އެ ފުރުސަތަށް ހޮވުނު ދަރިވަރަކަށް ލިޔުން ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވީ ރާއްޖެ އާއި އޮސްޓްރޭލިއާ ސަރުކާރާ ގުޅުން ވަރަށް ރަނގަޅު ކަމަށެވެ. އެ ގައުމުން އަބަދު ވެސް ރާއްޖެ އަށް އެހީތެރިކަން ދެމުން އަންނަ ކަމަށާއި ހާއްސަކޮށް ތައުލީމީ ދާއިރާ ހަރުދަނާ ކުރަން އެހީތެރިކަން ފޯރުކޮށްދެމުން އަންނަކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
މިނިސްޓަރު ވަނީ އޮސްޓްރޭލިއާ ސަރުކާރުގެ ސްކޮލަޝިޕްގެ ދަށުން ތައުލީމް ހާސިލްކުރި މީހުންނަކީ ސަރުކާރާއި އަމިއްލަ ކުންފުނިތަކުގެ އިސް މަގާމުތަކުގައި މިހާރު ތިބި މީހުންކަން ވެސް ފާހަގަ ކުރައްވައިފަ އެވެ.
އޮސްޓްރޭލިއާ އިން މިދިޔަ އަހަރު ދީފައިވަނީ 10 ސްކޮލަޝިޕެވެ. މި އަހަރު އެ އަދަދު 16 އަށް އިތުރު ކޮށްފައިވާ އިރު އެ ފުރުސަތަށް 100 އަށް ވުރެ ގިނަ ދަރިވަރުން ކުރިމަތިލި ކަމަށް އޮސްޓްރޭލިއާ އެމްބަސީން ބުންޏެވެ.
އޮސްޓްރޭލިއާގެ ސްކޮލަޝިޕަށް ހުޅުވާލައިފި
މެލޭޝިޔާ އިން ރާއްޖެ އަށް 500 ސްކޮލަޝިޕް ދީފި
އޮސްޓްރޭލިއާ ސަރުކާރުން ރާއްޖެއަށް ދޭ ސްކޮލަޝިޕް އިތުރުކުރަނީ
ނޯޓިލަސް ފައުންޑޭޝަނުން 4 ސްކޮލަޝިޕްގެ ފުރުސަތު
ޗިވަނިންގެ ދަރިވަރުންނާ ސަފީރު ބައްދަލު ކުރައްވައިފި
ސައުދީން ދިވެހިންނަށް 350 ސްކޮލަޝިޕް
އިންޑިއާއިން ދޭ ސްކޮލަޝިޕްތަކަކަށް ހުޅުވާލައިފި
ކްލީކް ކޮލެޖުގެ ސްކޯލާޝިޕަށް ކުރިމަތިލާން ހުޅުވާލައިފި
އެވިޑް ކޮލެޖުގެ ސްކޮލާޝިޕް 22 ދަރިވަރަކަށް ދީފި
ޒަކާތު ފަންޑު ސްކޮލަޝިޕް 31 މީހަކަށް ދީފި