ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ކައުންސިލުން ފާސްކޮށްފައިވާ ގަރާރާ އެއްގޮތަށް ރާއްޖެ އަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމުގެ ކުރިން، މަޝްވަރާތައް ފަށަން ދޫދިނުމަށް، އިދިކޮޅު ޕާޓީތަކުން ސަރުކާރުގައި އެދިއްޖެ އެވެ.
ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ކައުންސިލުން ފާސްކޮށްފައިވާ ގަރާރާ އެއްގޮތަށް ރާއްޖެ އަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމުގެ ކުރިން، މަޝްވަރާތައް ފަށަން ދޫދިނުމަށް، އިދިކޮޅު ޕާޓީތަކުން ސަރުކާރުގައި އެދިއްޖެ އެވެ.
މިގޮތަށް އެދުނީ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގެ އިތުރުން އަދާލަތު ޕާޓީ ހިމެނޭ ގޮތަށް އުފައްދާފައިވާ ކޯލިޝަނުން ރައީސް އަބްދުﷲ ޔާމީނަށް އިއްޔެ ފޮނުވި ސިޓީއެއްގަ އެވެ. އެ ސިޓީގައި ބުނެފައި ވަނީ، މަޝްވަރާތައް ފަށަން އިދިކޮޅުން ކުރިން ވެސް ހުށަހެޅި ކަންކަމަށް ސަރުކާރުން އިޖާބަދޭން ޖެހޭ ކަމަށެވެ.
އެއީ، ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމާއި މިދިޔަ މަހު އެކެއްގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ އެއްގޮތަށް ސިޔާސީ ލީޑަރުން ދޫކޮށްލުމުގެ އިތުރުން އދ.ގެ ބައިވެރިވުމާ އެކު މަޝްވަރާތައް ކުރިއަށް ގެންދަން ސަރުކާރުން އެއްބަސްވުމެވެ.
އެ ސިޓީގައި ބުނެފައި ވަނީ، ރާއްޖޭގެ ހާލަތާ ގުޅޭގޮތުން އީޔޫން ފާސްކުރި ގަރާރުގައި، އދ.ގެ ބައިވެރިވުމާ އެކު ހުރިހާ ޕާޓީތަކުގެ މެދުގައި މަޝްވަރާ ކުރުމަށާއި އެކަމުގައި ބައިވެރި ނުވެއްޖެ ނަމަ ވަކިވަކި ފަރާތްތަކަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށެވެ. އެހެންކަމުން މި ހާލަތަކީ ކަންބޮޑުވާ ހާލަތެއް ކަމަށް އެ ސިޓީގައިވެ އެވެ.
"ސަރުކާރުން ގޮތްދޫނުކުރުމުގެ ސަބަބުން މިކަން [މަޝްވަރާ] އިތުރަށް ދިގުލައި، ލަސްވެ، ސާފުނުވެ ދިއުމަކީ ދިވެހިރާއްޖެ އަށް އިގްތިސާދީ ފިޔަވަޅު އެޅުމަށް މަޖުބޫރު ވެދާނެ ހާލަތެކެވެ. އެއީ އަޅުގަނޑުމެން ކަންބޮޑުވާ ކަމެކެވެ،" އިދިކޮޅުގެ ސިޓީގައިވެ އެވެ.
"މިކަމުގެ ސަބަބުން ދިވެހިރާއްޖެ އަށް ލިބޭ އިންވެސްޓްމަންޓްތަކަށާއި ވަކިން ހާއްސަކޮށް ފަތުރުވެރިކަމަށް ހީނަރުކަން އަންނާނެ އެވެ. އަދި މުޅި އިގްތިސާދަށް ގެއްލުންވެ، ދިވެހިރައްޔިތުންނަށް އެކަމުގެ ނޭދެވޭ އަސަރުކުރާނެ އެވެ."
އިދިކޮޅުން އެދިފައި ވަނީ، އދ.އާ އެކު މަޝްވަރާ ކުރިއަށް ގެންދަން ރައީސް ޔާމީން ވީހާވެސް އަވަހަށް ތާއީދުކުރައްވައި އެކަން އާއްމުކުރެއްވުމަށެވެ.
މަޝްވަރާތަކުގައި އދ.ގެ ބައިވެރިވުމަކީ ވަރަށް އަސާސީ ސިފައެއްކަމަށާއި އެކަމަކު މިކަމުގައި ވެސް ސަރުކާރުން މިހާތަނަށް ހާމަކޮށްފައިވާ ވާހަކަތައް ފުށުއަރާ ކަމަށް އެ ސިޓީގައިވެ އެވެ. ސަބަބަކީ، އދ.ގެ ބައިވެރިކުރަން ސަރުކާރުގެ ބައެއް ބޭފުޅުން ތާއީދުކުރައްވައި ވާހަކަ ދެއްކެވިއިރު، އެކަމަށް ދެކޮޅުހަދައި ވެސް ބައެއް ބޭފުޅުން ވާހަކަ ދައްކާފައިވާތީ ކަމަށް އިދިކޮޅުގެ ސިޓީގައިވެ އެވެ.
"މަޝްވަރާގައި އދ. ބައިވެރިކުރުމާ މެދު ސަރުކާރުގެ ވިސްނުން ދެބައި ވެފައިވާ ކަމާއި އަދި މައްސަލަ ޑެޑްލޮކް އަކަށް ގޮސްފައިވާ ކަން އަޅުގަނޑުމެންނަށާއި އަދި އެހެން ފަރާތްތަކަށް ވެސް ސާފުވެ އެވެ. މަޝްވަރާތަކާ ގުޅޭގޮތުން އދ.ގެ ދައުރާ މެދު ސަރުކާރުން ގެންގުޅުއްވާ ވިސްނުން ސާފުނުވުމަކީ ބަލައިގަންނަން ދަތި ކަމެކެވެ." އިދިކޮޅުން ބުނެފައިވެ އެވެ.
ސިޓީ ބުނިގޮތުގައި، މަޝްވަރާގެ ފުރުސަތު ހުއްޓުމަކަށް އައިސްފައި މިވަނީ ސަރުކާރުގެ ތެރޭގައި އުފެދިފައިވާ ދެބަސްވުންތަކާ ހެދި އެވެ. އެކަމުގެ ގެއްލުން ލިބެނީ ރައްޔިތުންނަށް ކަމަށް ވެސް ބުނެފައިވެ އެވެ.
އދ.ގެ ބައިވެރިވުމާ އެކު ކުރިއަށް ގެންދާ މަޝްވަރާ އަށް ފުރިހަމަ އަށް ތައްޔާރުވުމަށް، އިދިކޮޅު ޕާޓީތަކުގެ ލީގަލް އެޑްވައިޒަރެއްގެ ގޮތުގައި ބެން އެމާސަން އައްޔަންކޮށްފައިވާ ކަން ފާހަގަކޮށް ސިޓީގައި ތަކުރާރުކޮށް އެދިފައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލައި މިދިޔަ މަހު އެކެއްގައި ސުޕްރީމް ކޯޓުން ނެރުނު ހުކުމް ފުރިހަމަ އަށް ތަންފީޒުކޮށްދިނުމަށެވެ.
މަޝްވަރާތައް ނުފެށި ވަނީ ސަރުކާރާ ހެދި ކަމަށް އިދިކޮޅުން ބުނިއިރު، ސަރުކާރުން ބުނެފައި ވަނީ ހުރިހާ ވެސް މައްސަލަ އަކީ އިދިކޮޅުން ޝަރުތުތައް ކުރިމަތިކުރުވުން ކަމަށެވެ. ބޮޑެތި ކުށްތަކެއްގައި ތިބި ސިޔާސީ ލީޑަރުންތަކެއް ދޫކޮށްލުމަކީ ސަރުކާރުން ކުރާނެ ކަމެއް ނޫން ކަމަށް ތަކުރާރުކޮށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.
މަޝްވަރާގައި އދ ބައިވެރިކުރަން ދެކޮޅެއް ނޫން: ޝައިނީ
އަޅުގަނޑުމެން ވެރިކަމުގެ ލައްޒަތުގައި ނޫޅޭނަން: ނަޝީދު
މާލެއަށް ދެ ދާއިރާ އިތުރު ކުރަން ނިންމައިފި
ސިޔާސީ މީހުންނަށް އުނދަގޫވާ ކަންކަން ކުރެވުނު: ރައީސް
ދުންޔާގެ ތައުރީފް ނަޝީދަށް: ގުޅިގެން ކާމިޔާބު ލިބޭނެ
ކޯލިޝަން ދަމަހައްޓަން އެމްޑީޕީގެ އެހީ ބޭނުން: އިބޫ
"އުފެދޭނީ ރައްޔިތުންގެ ބޭނުންތައް ފުއްދާ ސަރުކާރެއް"
ރައީސް ކަން ކުރައްވަނީ އަޅުގަނޑުމެންގެ ފަހަތުން: އިބޫ
ރައްޔިތުން އެދެނީ ބަދަލެއް، ބަދަލަށް ތައްޔާރުވޭ: އިބޫ
މިނިވަންކަމަށް ބުރޫ އަރާ ކަމަކަށް ޖާގަ ނުދޭނަން: އިބޫ