Roadha Mihaaru
އައިޓީބީގައި ރާއްޖެ އަށް ދެ އެވޯޑް

އައިޓީބީގައި ރާއްޖެ އަށް ދެ އެވޯޑް

09 މާޗް 2018

ޖަރުމަނުގެ ބާލިންގައި މިހާރު ކުރިއަށްދާ ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ބޮޑު އެއް ފެއާ ކަމަށްވާ އައިޓީބީ ފެއާގައި ރާއްޖެއަށް ދެ އެވޯޑެއް ލިބިއްޖެ އެވެ.

ޖަރުމަނުގެ ބާލިންގައި މިހާރު ކުރިއަށްދާ ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ބޮޑު އެއް ފެއާ ކަމަށްވާ އައިޓީބީ ފެއާގައި ރާއްޖެއަށް ދެ އެވޯޑެއް ލިބިއްޖެ އެވެ.

އައިޓީބީގައި ރާއްޖެ އަށް ލިބުނީ ޑީއެސްއައި އިން ދިން ދެ އެވޯޑެވެ. އެ އެވޯޑްތައް ލިބުނީ، އެންމެ ގިނަ މީހުން ދަތުރުކުރަން ބޭނުންވާ އޭޝިއާ ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމެނިފައި ވާތީ އާއި، އެންމެ ގިނަ މީހުން ޒިޔާރަތް ކުރަން ބޭނުންވާ "ބީޗް" ކެޓަގަރީގައި ހިމެނުމުންނެވެ.

އެ ދެ އެވޯޑް ހަވާލުކުރީ، ރާއްޖޭގެ ފަރާތުން އައިޓީބީގައި ތައްޔާރުކޮށްފައިވާ ސްޓޭންޑްގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެވޯޑުތަކާ ރާއްޖޭގެ ފަރާތުން ހަވާލުވީ، މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ އެކްޓިން މެނޭޖިން ޑިރެކްޓަރު ހާރިސް މުހައްމަދު އެވެ.

އެމްއެމްޕީއާރުސީން ބުނީ ބާލިން ކޮންވެންސަން ސެންޓަރުގައި ކުރިއަށްދާ އައިޓީބީ ފެއާގައި މި އަހަރު ރާއްޖޭގެ 100 ކުންފުންޏަކުން 280 އަށްވުރެ ގިނަ މީހުން ބައިވެރިވާ ކަމަށެވެ. އަދި މިއީ އެހެން އަރަރުތަކާ އަޅާ ބަލާއިރު ރެކޯޑް އަދަދެއް ކަމަށެވެ.

މީގެ ކުރިން ވެސް ރާއްޖެ އަށް ވަނީ ފަތުރުވެރި ކަމުގެ ދާއިރާ އިން ޝަރަފުވެރި އެތައް އެވޯޑެއް ލިބިފަ އެވެ. އަދި ރާއްޖޭގެ ވަކިވަކި ރިސޯޓްތަކާއި ހޮޓާތަކުން ވެސް އަންނަނީ ބައިނަލްއަގުވާމީ އެވޯޑްތައް ހޯދަމުންނެވެ.