08 މާޗް 2018
ހިއްކައިގެން ތަރައްގީކޮށްފައިވާ މާލޭ އިންޑަސްޓްރިއަލް ވިލެޖްގައި މުދާ ރައްކާކުރާނެ ގުދަންތަކާއި ގަރާޖާއި ވޯކްޝޮޕް އަދި ޕާކިން ބިލްޑިންގެއް ހަދައި ބަލަހައްޓަން ހައުސިން މިނިސްޓްރީން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އާ މިއަދު ހަވާލުކޮށްފި އެވެ.
ހިއްކައިގެން ތަރައްގީކޮށްފައިވާ މާލޭ އިންޑަސްޓްރިއަލް ވިލެޖްގައި މުދާ ރައްކާކުރާނެ ގުދަންތަކާއި ގަރާޖާއި ވޯކްޝޮޕް އަދި ޕާކިން ބިލްޑިންގެއް ހަދައި ބަލަހައްޓަން ހައުސިން މިނިސްޓްރީން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އާ މިއަދު ހަވާލުކޮށްފި އެވެ.
ދެ އަހަރުގެ ތެރޭގައި އެ މަސައްކަތް ނިންމަން އެމްޕީއެލްއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒެވެ. އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އަބްދުއްރައްޒާގު ހަލީމެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު މިނިސްޓަރު ވިދާޅުވީ އެތަނުގައި ގުދަންތަކާއި ގަރާޖާއި ވޯކްޝޮޕްގެ ގޮތުގައި ފަސް ބިލްޑިންގެއް ހަދާއިރު ކާރާއި ލޮރީ އަދި ސައިކަލް ޕާކުކުރަން ދިހަ ބުރީގެ ބިލްޑިންގެއް ހަދާނެ ކަމަށެވެ.
"މާލޭގެ އެކި ސަރަހައްދުގެ ކުދިކުދި ގޯޅިތަކުގައި ވަރަށް ގިނަ ގުދަންތަކާއި ވޯކްޝޮޕް އަދި ގަރާޖު ހަދާފައި އެބަހުރި. އަދި އޭގެ ސަބަބުން ވަރަށް ގިނަ ދަތިތައް އާއްމު ރައްޔިތުންނަށް އެބަ ދިމާވޭ،" މުއިއްޒު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ގުދަންތަކާއި ވޯކްޝޮޕް ފަދަ ތަންތަނަކީ މީހުން ތޮއްޖެހިފައިވާ ސަރަހައްދުތަކުގައި ހުންނަން ނުޖެހޭ ތަންތަން ކަމަށެވެ. އަދި އެ މައްސަލައަކީ މީގެ އެތައް އަހަރެއް ކުރިން ވެސް ހައްލުނުކުރެވި އޮތް މައްސަލައެއް ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.
"އެ މައްސަލަ ހައްލުކުރަން އަޅުގަނޑުމެން ހަ ހެކްޓަރުގެ ބިން ހިއްކައި މަގުތައް ހަދައި ލައިޓް ހަރުކޮށް ނިންމާފައި. އެތަނުގެ އެންމެ މުހިންމު މަޝްރޫއުގެ މަސައްކަތް މިއަދު އެމްޕީއެލްއާ ހަވާލު މިކުރެވުނީ،" މިނިސްޓަރު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ އެތަނުގައި ހަދާ ބިލްޑިންގުތައް ނިމުމުން މާލެ ތެރޭގައި ހުރި ވަރަށް ގިނަ ގުދަންތަކާއި ވޯކްޝޮޕް ގަރާޖު ފަދަ ތަންތަން އިންޑަސްޓްރިއަލް ވިލެޖަށް ބަދަލުކުރެވޭނެ ކަމަށެވެ. އަދި އެމްޕީއެލް އިން މަސައްކަތްކުރާނީ ދެ އަހަރަށް ވުރެކުރިން ވެސް އެތަނުގެ މަސައްކަތް ނިންމައި ޖާގަތައް ކުއްޔަށް ދޭން ފެށޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"މި ބިލްޑިންގުތައް ހަދާއިރު އަޅުގަނޑުމެން ބަލާފައި ވާނީ ވީހާ ވެސް ގްރީން [ފެހި] ކޮންސެޕްޓެއް ގެނެވޭތޯ. ހަމަ އިމާރާތްތަކެއް ހަދާފައި ދޫކޮށްލަނީއެއް ނޫން. ތަނުގެ އެމްބިއަންސާ ގުޅޭ ގޮތަށް ވީހާ ވެސް ބަލާލަން ރީތި ގޮތަކަށް ހެދިފައި ހުންނާނީ،" މުއިއްޒު ވިދާޅުވި އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ ސީއީއޯ ހަލީމް ވިދާޅުވީ ބޮޑު ބައެއްގައި ދަގަނޑު ބޭނުންކޮށްގެންދާ ބިލްޑިންގުތަކުގެ ތެރެއިން ޕާކިން އަށް ހާއްސަކޮށްގެން 18 ބުރީގެ ބިލްޑިންގެއް ހަދާއިރު ގުދަން އަދި ވޯކްޝޮޕްތަކަށް ދިހަ ބުރީގެ ފަސް ބިލްޑިންގު ހަދަން ނިންމާފައިވާ ކަމަށެވެ. އަދި އެ ބިލްޑިންގުތަކުގެ އެންމެ ތިރި ފްލޯ ހާއްސަކުރެވޭނީ ވޯކްޝޮޕް ފަދަ ތަންތަނަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ޑީޓެއިލް ޑްރޯވިން ނިމުނުހާ އަވަހަށް، ގާތްގަނޑަކަށް ދެ މަސްދުވަހުގެ ތެރޭގައި އަމަލީ މަސައްކަތް ފަށައިގަނެވޭނެ،" ހަލީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެތަނުގައި ހަދާ ބިލްޑިންގުތަކުގައި މުދާ ރައްކާކުރާކުރަން 480،000 އަކަފޫޓުގެ ޖާގަ ދޫކުރެވޭނެ ކަމަށެވެ. އޭގެ އިތުރުން ވޯކްޝޮޕް އަދި އެހެނިހެން މުދާ ބޭނުންތަކަށް 650،000 އަކަފޫޓުގެ ޖާގަ ދޫކުރެވޭނެ ކަމަށް ވެސް ހަލީމް ވިދާޅުވި އެވެ. އެތަނުގައި ހަދާ ޕާކިން ބިލްޑިންގުގައި 300 ލޮރީ އާއި 200 ކާރު އަދި 500 ސައިކަލް ޕާކުރެވޭނެ ޖާގަ ހުންނާނެ ކަމަށް ވެސް ސީއީއޯ ވިދާޅުވި އެވެ.
"މިތަންތަން ހަދާ ނިމުމުން، އަޅުގަނޑުމެން އެބަވިސްނަން އެމްޕީއެލް އިން ކޮންޓެއިނަރުތައް އެތަނަށް ގެންގޮސް ހުސްކޮށްދެވޭނެ ގޮތެއް ހެދޭތޯ. މިތަންނަށް ކުއްޔަށް ދޭން އަޅުގަނޑުމެން ދެ މަސްދުވަހުގެ ތެރޭގައި އިއުލާންކުރާނަން،" އޭނާ ވިދާޅުވި އެވެ.
ތާރު އަޅައިގެން ހަދާ މަގުގައި 450 ގަސް އިންދަނީ
އަނދުން ހުސައިންގެ ނުރުހުން އެމްޑީޕީގެ ސަރުކާރަށް!
ބިން ކަނޑައި، ގޯތި ރަޖިސްޓްރީ ހަވާލު ކުރަން ފަށައިފި
މި ދެނީ މާލޭ މީހުން ނޭވާލާނެ ޖާގަ: އަސްލަމް
ބްރިޖްގެ މައިގަނޑު ސްޓްރަކްޗާގެ މަސައްކަތް ފަށައިފި
ހުޅުމާލޭގައި ނުހެދި ހުރި ބިންތައް ނަގަން ޖެހޭ: ނަޝީދު
މާލޭ މީހުންނަށް ގޯތިދޭން ބިމެއް ހިއްކަނީ
ހިޔާ މަޝްރޫއު:އެއް ކޮޓަރީގެ ފްލެޓް ކެޓަގަރީ އުވާލައިފި
ވެށިފަހި ލިއުން ހުށަހަޅަން އަނެއްކާވެސް މުއްދަތެއް
ނާޅާކަމަށް އަސްލަމް ވިދާޅުވި ފްލެޓުގެ މަސައްކަތް އެބަދޭ