07 މާޗް 2018
ނޫސް މަޖައްލާތަކުގެ އެޑިޓަރުންގެ އަތުގައި ޑިގްރީއެއް އޮތުން މަޖުބޫރުކޮށް، ހޯމް މިނިސްޓްރީން އަލަށް ނެރުނު ގަވައިދު އިސްލާހު ކޮށްދިނުމަށް އެދި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ހޯމް މިނިސްޓްރީގެ އިސް ވެރިންނާ މިއަދު ބައްދަލުކޮށްފި އެވެ.
ނޫސް މަޖައްލާތަކުގެ އެޑިޓަރުންގެ އަތުގައި ޑިގްރީއެއް އޮތުން މަޖުބޫރުކޮށް، ހޯމް މިނިސްޓްރީން އަލަށް ނެރުނު ގަވައިދު އިސްލާހު ކޮށްދިނުމަށް އެދި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ހޯމް މިނިސްޓްރީގެ އިސް ވެރިންނާ މިއަދު ބައްދަލުކޮށްފި އެވެ.
ހޯމް މިނިސްޓްރީން މިދިޔަ ޖެނުއަރީ މަހު 30 ވަނަ ދުވަހު ގެޒެޓް ކޮށްފައިވާ، "ނޫސް މަޖައްލާ އާއި މި ފަދަ ތަކެތި ރަޖިސްޓްރީ ކުރުމުގެ ގަވާއިދު"ގައިވާ ގޮތުން ނޫސްތަކުގެ އެޑިޓަރުކަން ކުރެވޭނީ ނޫސްވެރިކަމުން ނުވަތަ ގުޅުން ހުރި ދާއިރާއަކުން ޑިގްރީ ހާސިލްކޮށް، ނޫސްވެރިކަމުގެ ދާއިރާ އިން ފަސް އަހަރުގެ ތަޖުރިބާ ލިބިފައިވާ މީހަކަށެވެ. އެ ޝަރުތުތައް ހަމަނުވާ އެޑިޓަރުން ތިބި ނަމަ، މިދިޔަ ފެބްރުއަރީން ފެށިގެން މަސް ދުވަހުގެ ތެރޭގައި އެޑިޓަރުން ބަދަލު ކުރުމަށް އަންގާފައި ވެ އެވެ.
ހޯމް މިނިސްޓްރީގެ އެ ނިންމުމާ ގުޅިގެން، އެމްއެމްސީގެ މެމްބަރުން ހޯމް މިނިސްޓަރުގެ ނައިބު މުހައްމަދު ތޮލާލާ އެކު އެ މިނިސްޓްރީގައި ބޭއްވި ބައްދަލުވުމަށް ފަހު، އެ ކައުންސިލުން ބުނީ މީޑިއާ އަށް ފަސޭހަ ވާނެ ގޮތަށް އެ މާއްދާ އިސްލާހު ކުރުމަށް ހުށަހަޅާފައިވާ ކަމަށެވެ.
Editorunge sharuthu baathil kuran MMC in masaikai kuranee
The most trusted news source in the Maldives
Mihaaru
އެޑިޓަރުންގެ ޝަރުތާމެދު އެމްއެމްސީން ކަންބޮޑުވުން ފާޅުކުރުން..
"އެކަމަށްޓަކައި ކައުންސިލުގެ މެންބަރުން ވަނީ، ތަފާތު ފިކުރާއި ޚިޔާލު މިނިސްޓްރީއާ ހިއްސާކޮށްފައި. މެންބަރުން ވިސްނުންފުޅު ގެންގުޅުއްވާފައި ވަނީ، އެޑިޓަރުންނާ ގުޅޭ މާއްދާ، މީޑިއާތަކަށް ފަހިވާނެހެން އިސްލާހު ކުރުމަށް،" އެމްއެމްސީން ބުންޏެވެ.
މީޑިއާ ކައުންސިލްގެ މެމްބަރުންގެ ކަންބޮޑުވުންތައް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ހިއްސާ ކުރުމަށް ފަހު، ޖަވާބެއް ދޭނެ ކަމަށް ހޯމް މިނިސްޓްރީން ބުނެފައިވާ ކަމަށްވެސް އެ ކައުންސިލުން ބުންޏެވެ.
އެމްއެމްސީގެ މެމްބަރަކު ކުރިން ވިދާޅުވި ގޮތުގައި އެ ބޭފުޅުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ، "ނޫސް މަޖައްލާ އާއި މި ފަދަ ތަކެތި ރަޖިސްޓްރީ ކުރުމުގެ ގަވާއިދު"އަށް ބޮޑު ބަދަލެއް ގެނައި އިރު ރާއްޖޭގައި ނޫސްވެރިކަމާ ގުޅުން ހުރި ދާއިރާތަކުން ޑިގްރީ ނަގާފައިވާ މީހުންގެ އަދަދު މަދުވުމާއި އެ ފަދަ މީހުންގެ ތަޖުރިބާ ނެތުމެވެ. އެހެންވެ، ޑިގްރީއެއް ނެތް ކަމަށް ބުނެ، މިހާރު ތިބި އެޑިޓަރުން ޝަރުތު ހަމަނުވާ ކަމަށް ކަނޑައެޅުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށް އެ މެމްބަރު ވިދާޅުވި އެވެ.
ނޫސްވެރިންގެ މައިގަނޑު ކަންބޮޑުވުމަކީ އެޑިޓަރަކީ ޑިގްރީއަކާއެކު އެހާ ގިނަ ދުވަހުގެ ތަޖުރިބާ ހުރި މީހަކަށް ވުމެވެ. އެޑިޓަރުކަމުގެ ޝަރުތުތަކުގެ ތެރޭގައި ނޫސްވެރިކަމުގެ ޑިގްރީއެއް އޮތުން ނުވަތަ ފަސް އަހަރުގެ ތަޖުރިބާ ހުރުމަކީ މައްސަލައެއް ކަމަށް ނޫސްވެރިން ނުދެކެ އެވެ.
ރާއްޖޭގެ ބޮޑެތި ނޫސްތަކުގެ އެޑިޓަރުންގެ އަތުގައި ޑިގްރީއެއް ނެތް ނަމަވެސް، އެއީ މަދުވެގެން 20 އަހަރު ދުވަހުގެ ތަޖުރިބާ ހުރި ބޭފުޅުންނެވެ. އަދި އޭގެ ތެރޭގައި ގިނައީ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދާއިރާ އިން ގައުމީ އިނާމު ހޯއްދަވާފައި ބޭފުޅުންނެވެ.
ރާއްޖޭގެ ތަޖުރިބާކާރު ނޫސްވެރިން ސިފަކުރައްވާ ގޮތުގައި ހޯމް މިނިސްޓްރީގެ އެ ގަވައިދަކީ މީޑިއާއަށް ކުރި އުނދަގުލެއް ނުވަތަ ޖެއްސުމެކެވެ.
އެމްއެމްސީގެ މެމްބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި
ނޫސްވެރިކަމުގެ ލައިފްޓައިމް އެޗީވްމެންޓް އެވޯޑް ސޯދިގަށް
އާޒިފް ނަން ނެގުމުން ހަމްދޫން އެމްއެމްސީއަށް ހޮވިއްޖެ
މީޑިއާ ކޮމިޝަންގެ ބިލް އަނބުރާ ގެންދަން ގޮވާލައިފި
ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭނަން:އޭޖީ
މީޑިއާތައް ބޭނުންވާ ނަމަ އެމްއެމްސީ/ބްރޯޑްކޮމް އުވާލަނީ
އެމްއެމްސީ އާއި ބްރޯޑްކޮމް އެއްކޮށްލާ ބިލް މަޖިލީހަށް
ނޫސްވެރިކަމުގެ އިނާމުގެ މާކްސްތައް އާންމުކޮށްފި
"ނޫސްވެރިންނަށް ދުލާއި ގަލަމުގެ މިނިވަންކަން ދޭނަން"
ޝަނާ: ލިޔަން ޖެހިލުމެއް ނުވާނެ، ނަތީޖާ ނެރޭނެ