07 މާޗް 2018
ހައްޔަރުކުރި ސިފައިންގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ)ގެ ދެ މީހުން ވަޒީފާއިން ވަކިކޮށްފި އެވެ.
ހައްޔަރުކުރި ސިފައިންގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ)ގެ ދެ މީހުން ވަޒީފާއިން ވަކިކޮށްފި އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރުގެ ކުރީގެ ބޮޑީގާޑު އަހުމަދު ޝާނީޒާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބޮޑީގާޑް ސިމާދު އަހުމަދު، މިދިޔަ މަހު 23ގަ އި ހައްޔަރުކުރީ ސިފައިންގެ ތެރޭގައި ފިތުނަ ފަސާދަ އުފައްދައި، އެނގެން ނުޖެހޭ މައުލޫމާތު ބަޔަކަށް ފޯރުކޮށްދިންކަމުގެ ތުހުމަތުގަ އެވެ. އަދި އެ މީހުން ވަޒީފާއިން ވަކި ކުރީ، އަމިއްލައަށް ކެނޑެން އެންގުމަށް ފަހު އެކަން ނުކުރުމުން ކަމަށް ވެސް އެނގިފައި ވެ އެވެ.
އިދިކޮޅު ސިޔާސީ އިސް ބޭފުޅުންތަކެއް ހިމެނޭ ގޮތަށް ނުވަ ގައިދީއަކު ދޫކޮށްލަން މިދިޔަ މަހުގެ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ސިޔާސީ މަސްރަހުގައި ހިނގި ހަމަނުޖެހުންތަކުގެ ތެރޭގައި މި ދެ މީހުން ހައްޔަރުކުރުމަށް ފަހު އެންމެ ފުރަތަމަ ގެންދިޔައީ ގިރިފުއްޓަށެވެ. ނަމަވެސް އިސްތިއުފާ ދޭން އަންގައި، އެކަން ނުކުރުމުން، ދެން ބަންދުކުރީ ހުޅުލޭގައި ހުންނަ ސިފައިންގެ މަރުކަޒުގައި ކަމަށް ވެސް އެނގިފައި ވެ އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ ބޮޑީގާޑުކަން ވެސް ކޮށް، ސިފައިންގޭގައި 19 އަހަރު ސިމާދު ހިދުމަތް ކުރި އިރު ޝާނީޒް ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އަނބިކަނބަލުން ލައިލާ އަލީގެ ބޮޑީގާޑުކަން ވެސް ކޮށްފަ އެވެ.
ސުޕްރީމް ކޯޓުގެ އަމުރަށް ފަހު ފުލުހުންގެ ތެރޭގައި ހަމަނުޖެހުން ހިންގި ކަމުގެ ތުހުމުގައި ބައެއް ފުލުހުން ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި ފުލުހުންގެ ސްޕެޝަލިސްޓް އޮޕަރޭޝަންސް (އެސްއޯ)ގެ ކުރީގެ ކޮމާންޑަރު އަބްދުﷲ އިބްރާހިމް(ޑީޑީ) އާއި ސްޕެޝަލް ވެޕަންސް އެންޑް ޓެކްޓިކްސް (ސްވޮޓް) ގެ ކުރީގެ ކޮމާންޑަރު ހުސައިން ސައިފް އާއި އިތުރު ފަސް ފުލުހަކު ހިމެނެ އެވެ.
ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހަށް އިތުރު ކުރަނީ
ހުކުރުދުވަހުގެ ހަރަކާތާ ދެކޮޅަށް އިންޒާރު ދީފި
ސިފައިންނާ ބެހޭ ގޮތުން ދޮގު ވާހަކަ ނުދައްކަން އެދެފި
ސުޕްރީމް ކޯޓަށް ވަން މީހުންނަށް ހުކުމެއް ނެތް
"ރާއްޖެ މަސްތުވާތަކެތިން ސަލާމަތްކުރަން އިސްކަންދޭނަން"
ފުލުހުން/ސިފައިންގެ އިންޝުއަރެންސަށް އުނިކަމެއް ނާންނާނެ
ސިފައިން، ފުލުހުންނަށް ޕްރައިވެޓް އިންޝުއަރެންސްސްކީމެއް
ނަތީޖާ ދަށް ދަރިވަރުން ޕޮލިހާއި ސިފައިންގެއަށް ވައްދަނީ
ފުލުހުން/ސިފައިންނަށް ކުރިއެކޭ އެއްގޮތަށް އާސަންދަލިބޭނެ
ކުއްޖަކަށް ހުންގާނު ދީގެން ދުއްވީ ސިފައިންގެ މީީހެއް