06 މާޗް 2018
ލަންޑަން (މާޗް 6) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ފަހު ވަގުތު ނިމެންޔާ މަޓިޗް ވައްދާލި ގޯލާ އެކު 3-2 އިން ކްރިސްޓަލް ޕެލަސް ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑް އަލުން ލީގުގެ ދެ ވަނަ އަށް ޖެހިލައިފި އެވެ.
ލަންޑަން (މާޗް 6) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ފަހު ވަގުތު ނިމެންޔާ މަޓިޗް ވައްދާލި ގޯލާ އެކު 3-2 އިން ކްރިސްޓަލް ޕެލަސް ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑް އަލުން ލީގުގެ ދެ ވަނަ އަށް ޖެހިލައިފި އެވެ.
މި މޮޅާ އެކު ޔުނައިޓެޑް ދެ ވަނަ އަށް އެރީ 29 މެޗުން 62 ޕޮއިންޓް ހަމަކޮށްގެންނެވެ. ޔުނައިޓެޑް ރޭ މޮޅުވުމާ އެކު އެއް ވަނައިގައި އޮތް މެންޗެސްޓާ ސިޓީގެ ލީޑުވަނީ 16 ޕޮއިންޓަށް ކުޑަވެފަ އެވެ. ސިޓީ އެއް ވަނައިގައި އޮތީ 29 މެޗުން 78 ޕޮއިންޓް ހޯދައިގެންނެވެ.
ރޭގެ މެޗު ފަށައިގެން 11 ވަނަ މިނިޓްގައި ޕެލަސް އަށް ލީޑުނަގައިދިނީ އަންޑްރޮސް ޓައުންސެންޑް އެވެ. ދެ ވަނަ ހާފްގެ ތިން ވަނަ މިނިޓްގައި ޕެލަސްގެ ލީޑުފުޅާ ކޮށްދިނީ ޕެޓްރިކް ވެން އާން ހޯލްޓް އެވެ.
ޔުނައިޓެޑްގެ ފުރަތަމަ ލަނޑު މެޗުގެ 55 ވަނަ މިނިޓްގައި ކާމިޔާބުކުރީ ކްރިސް ސްމޯލިން އެވެ. އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ މެޗުގެ 76 ވަނަ މިނިޓްގައި ރޮމެލޫ ލުކާކޫ އެވެ. ޔުނައިޓެޑް މޮޅުކޮށްދިން ލަނޑު އިތުރު ވަގުތުގެ ފުރަތަމަ މިނިޓް ތެރޭގައި މަޓިޗް ކާމިޔާބުކުރީ އޭރިއާ ބޭރުން ފޮނުވާލި ބޯޅަ އަކުންނެވެ.
މިއީ 2013 ވަނަ އަހަރުގެ ޑިސެމްބަރު މަހު ހަލް ސިޓީ އަތުން ރަށުން ބޭރުގައި ފަހަތުން އަރައި މޮޅުވި ފަހުން ޔުނައިޓެޑް ލީގުގައި ދެ ގޯލުގެ ތަފާތެއް އޮއްވައި ފަހަތުން އަރައި މޮޅުވި ފުރަތަމަ މެޗެވެ.
މޮރީނިއޯ ބުނީ ފަހު ވަގުތު މެޗު ކާމިޔާބު ކުރެވުނީ ނަސީބު ވެސް އެހީވުމުން ކަމަށެވެ.
"މި ކަހަލަ ގޮތަކަށް ފަހު ވަގުތު މެޗަކުން މޮޅުވެވޭނީ ނަސީބު ވެސް ކޮންމެވެސް ވަރަކަށް އެހީވެގެން. ޔުނައިޓެޑްގެ ފަހަތުން ވަރަށް ގިނަ ގޯސްތަކެއް ފެނިގެންދިޔަ. އެކަަމަކު މެޗުން މޮޅުވީ ދެ ވަނަ ހާފުގައި އަހަރެމެންގެ ފަރާތުން ފެނުނު ކޮލިޓީ ފުޓްބޯޅައެއްގެ ސަބަބުން،" މޮރީނިއޯ ބުންޏެވެ.
ލީގުގައި ޔުނައިޓެޑް ދެން އެންމެ އަވަހަށް ކުޅޭ މެޗުގައި އަންނަ ހޮނިހިރު ދުވަހު އަމިއްލަ ދަނޑުގައި ނުކުންނާނީ ލީގުގެ ތިން ވަނައިގައި އޮތް ލިވަޕޫލާ ދެކޮޅަށެވެ.
ޕްރިމިއާ ލީގުގައި ޔުނައިޓެޑްގެ އެންމެ ލަދުވެތި ސީޒަން
ޔުނައިޓެޑް އަނެއްކާ ވެސް ފަހަތަށް ފުރޮޅާލައިފި
ޔުނައިޓެޑް މޮޅުވިއަސް ކަސެމީރޯ ތިން މެޗަށް ސަސްޕެންޑް
ޕެލަސް އިން ފަހު ވަގުތު ޔުނައިޓެޑް ހުއްޓުވައިފި
ޔުނައިޓެޑާއި ލެސްޓާ އަށް މޮޅެއް ނުވެވުނު
ޕެލަސް އަތުން ބަލިވެ ލިވަޕޫލް އުނދަގޫ ހާލަތަކަށް
އަމޯރިމްގެ ފުރަތަމަ ބަލި، ސިޓީއަށް ހަމަނޭވާއެއް
ޔުނައިޓެޑްގައި އަމޯރިމްވެސް ބުނީ ވަގުތު ބޭނުންވާ ކަމަށް
ވެން ނިސްޓެލްރޫއީ އަށް ފެނާންޑޭސްގެ ތައުރީފު
އަމޯރިމަށް ވިސާ ނުލިބޭ، މަސައްކަތް ފެށުން ލަސްވެދާނެ