28 ފެބުރުއަރީ 2018
ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ސްކޮލަޝިޕަށް ހޮވުނު 24 ދަރިވަރުންނަށް އެކަމުގެ ލިޔުން މިއަދު ހަވާލުކޮށްފި އެވެ.
ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ސްކޮލަޝިޕަށް ހޮވުނު 24 ދަރިވަރުންނަށް އެކަމުގެ ލިޔުން މިއަދު ހަވާލުކޮށްފި އެވެ.
އެ ޔުނިވާސިޓީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޕޯސްޓް ގްރެޖުއޭޓް ސްކޮލަޝިޕަށް ހޮވުނު ދަރިވަރުންނަށް ވަނީ ލިޔުން ދީފަ އެވެ. އެއީ މުޅިން ހިލޭ ކިޔެވޭ ހަތަރު ސްކޮލަޝިޕާއި ޓިއުޝަންފީ ސްޕޮންސާ ކޮށްފައިވާ 20 ސްކޮލަޝިޕެވެ.
އެ ޔުނިވާސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލާ އާއިޝަތު ޝާހީން ވިދާޅުވީ މި ފަހަރު ހުޅުވާލި ސްކޮލަޝިޕަށް ވެސް 200 އަށް ވުރެ ގިނަ ދަރިވަރުން ކުރިމަތިލި ކަމަށެވެ. އެ ސްކޮލަޝިޕް ލިބޭ ދަރިވަރުން ހޮވަނީ އެކަމަށް ހާއްސަ ކޮމެޓީން ދަރިވަރުންނަށް މާކްސް ދިނުމުން، އެންމެ މަތީން މާކްސް ލިބޭ ދަރިވަރުންނަށެވެ.
ގައުމީ ޔުނިވާސިޓީގެ ސްކޮލަޝިޕް ލިބުނު ދަރިވަރުންނަށް އެކަމުގެ ލިޔުން ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ބައވެރިވި ބައެއް ދަރިވަރުން.-- ފޮޓޯ: އެމްއެންޔޫ
އޭނާ ވިދާޅުވީ އެ ޔުނިވަސިޓީގެ ދަރިވަރުންނަކީ މުޖުތަމައުގައި ތަފާތު ދައްކާ ބަޔަކަށް ވާންޖެހޭ ކަމަށެވެ. އެ ގޮތުން ގައުމީ ފެންވަރުގަ އާއި ޔުނިވާސިޓީ އަށް ވެސް، މިއަދު ސްކޮލަޝިޕް ލިބުނު ދަރިވަރުންގެ ފަރާތުން ފައިދާ ހުރި ހިދުމަތްތަކެއް ލިބޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވި އެވެ.
މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ވާހަކަދައްކަވަމުން އެ ޔުނިވާސިޓީގެ ކައުންސިލް މެމްބަރު އަދި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ މެޑިކަލް އޮފިޝަލް ޑރ. ފާތިމަތު ނަޒްލާ ވަނީ ތައުލީމް ހާސިލްކުރަން އެ ދަރިވަރުންނަށް ލިބިފައިވާ ފުރުސަތުގެ ބޭނުން ރަނގަޅު ގޮތުގައި ހިފުމަށް އިލްތިމާސް ކުރައްވައިފަ އެވެ.
އެމްއެންޔޫގެ ސްކޮލަޝިޕް ލިބުނު ދަރިވަރަކަށް، އެ ޔުނިވާސިޓީގެ ކައުންސިލް މެމްބަރު ޑރ. ނަޒްލާ (ކ) ލިޔުން ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: އެމްއެންޔޫ
ނަޒްލާ ވިިދާޅުވީ ތައުލީމް ހާސިލް ކުރާ އިރު އިތުރު ހަރަކާތްތަކުގައި ބައިވެރިވުމަކީ މުހިއްމު ކަމެއް ކަމަށެވެ. އެކަމުގެ ފައިދާ ފަހުން ކުރާނެ ކަން އޭނާ ފާހަގަކުރެއްވި އެވެ.
ޔުނިވާސިޓީން ސްކޮލަޝިޕް ދެމުން އަންނަތާ ގިނަ އަހަރުތަކެެއް ވެއްޖެ އެވެ.
އެމްއެންޔޫގެ ސްކޮލަޝިޕް 21 ދަރިވަރަކަށް ދީފި
ގައުމީ ޔުނިވަސިޓީގެ ސްކޮލަޝިޕް 24 ދަރިވަރަކަށް ދީފި
އެމްއެންޔޫގެ ސްކޮލަޝިޕް 16 ލެކްޗަރާއަކަށް ދީފި
ނޯޓިލަސް ފައުންޑޭޝަނުން 4 ސްކޮލަޝިޕްގެ ފުރުސަތު
ޗިވަނިންގެ ދަރިވަރުންނާ ސަފީރު ބައްދަލު ކުރައްވައިފި
ސައުދީން ދިވެހިންނަށް 350 ސްކޮލަޝިޕް
އެމްއެންޔޫ އިންޓޭކަށް ބަދަލު ގެންނަ ވިސްނުން އެބަހުރި
ޕްރައިމަރީ ޓީޗަރުންނަށް 15 ސްކޮލާޝިޕެއް ތައާރަފުކޮށްފި
އެމްއެންޔޫގެ "ވާޗުއަލް އޯޕަންޑޭ" މާދަމާ ރޭ ބާއްވަނީ
އެމްއެންޔޫގެ ކޯސްތަކަށް ހުޅުވާލައިފި