14 ޖެނުއަރީ 2021
ޕްރައިމަރީ ޓީޗަރުން ތަމްރީނު ކުރަން އެޑިއުކޭޝަން މިނިސްޓްރީން ތައާރަފުކުރި 15 ސްކޮލާޝިޕަކަށް ކުރިމަތިލުމުގެ ފުރުސަތު އިއްޔެ ހުޅުވާލައިފި އެވެ.
ޕްރައިމަރީ ޓީޗަރުން ތަމްރީނު ކުރަން އެޑިއުކޭޝަން މިނިސްޓްރީން ތައާރަފުކުރި 15 ސްކޮލާޝިޕަކަށް ކުރިމަތިލުމުގެ ފުރުސަތު އިއްޔެ ހުޅުވާލައިފި އެވެ.
މި ކަމަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީޚަކީ އަންނަ މަހުގެ 18 ވަނަ ދުވަހުގެ މެންދުރު 2:00 އެވެ.
އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ބުނީ މިއީ ޕްރައިމަރީ ޓީޗަރުން މަދު ރަށްރަށަށް އަމާޒު ކޮށްގެން ކުރިއަށް ގެންދާ ސްކޮލާޝިޕް ސްކީމެއް ކަމަށެވެ.
"ބެޗެލާ އޮފް ޕްރައިމެރީ އެޑިއުކޭޝަން" ކޯހުން ސްކޮލާޝިޕްތަކެއް ތައާރަފްކުރީ ފެންވަރު ރަނގަޅު ޓީޗަރުން އުފައްދަން ކަމަށާއި މިއީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އާ ގުޅިގެން ކުރިއަށް ގެންދާ ކަމެއް ކަމަށް މިނިސްޓްރީން ބުންޏެވެ.
ހަފުތާއަކު 20 ގަޑިއިރަށް ވުރެ މަދުން މަސައްކަތް ކުރަން ޖެހޭ ވަޒީފާއެއްގައި އުޅުމަކީ ޝަރުތަކީ އެޑިއުކޭޝަން މިނިސްޓްރީގެ ޝަރުތެކެވެ.
މި ސްކޮލާޝިޕް ހާއްސަކޮށްފައިވާ 60 ރަށް މިނިސްޓްރީން ކުރި އިއުލާނުގައި ބަޔާންކޮށްފައި ވެ އެވެ.
ފަށާ ތަޢުލީމުގެ މުދައްރިސުން ތަމްރީން ކުރުމަށް އެޑިޔުކޭޝަން ޑިވެލޮޕްމެންޓް ފަންޑުން ޚަރަދުކުރާގޮތަށް 15 ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި. https://t.co/Ccb6OqxVAo pic.twitter.com/Y1gQ8wuhej
— Ministry of Education (@MoEdumv) January 13, 2021
އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ކުރި ޓުވީޓު
މި ސްކޮލާޝިޕަށް ހޮވާ ދަރިވަރުންނަށް ކޮންމެ މަހަކު އިނާޔަތެއްގެ ގޮތުގައި 5،000ރ. ދޭނެ އެވެ. ކިޔެވުމަށް ބޭނުންވާ ފޮތާއި އެހެނިހެން ތަކެތި ހޯދަން އިތުރު 5،000ރ. ސެމެސްޓާއަކު އެއް ފަހަރު ދޭނެ އެވެ. ދަރިވަރުންގެ އެކޮމޮޑޭޝަން އެމްއެންޔޫގެ ދަނާލުގައި ހަމަޖައްސައި ދޭނެ އެވެ.
މިއީ މިނިސްޓްރީގެ އެޑިއުކޭޝަން ޑިވެލޮޕްމެންޓް ފަންޑުން ސްޕޮންސާކޮށްގެން ކުރިއަށް ގެންދާ ސްކޮލާޝިޕެކެވެ. މި 15 ސްކޮލާޝިޕްގެ އިތުރުން އެމްއެންޔޫ އިން ވެސް މި ކޯހަށް 15 ސްކޮލާޝިޕް ތައާރަފުކޮށްފައި ވެ އެވެ.
ޓީޗިން ކިޔަވާ 135 ދަރިވަރުންނަށް ސްކޮލާޝިޕް ދީފި
މުސާރައިގެ މައްސަލަ: މިއީ މޫނުމަތީގައި ޖެހި ތަފާލެއް!
މުސާރަ ކުޑަވެފައި މަސައްކަތުގެ ވަގުތު ނޭނގެ: ޓީޗަރުން
ޓީޗަރުކަން ކިޔަވާނެ މީހުނެއް ނުވޭ، ކީއްވެ؟
ޑިގްރީއަށް ޓީޗަރުން ތަމްރީން ކުރުމުގައި އޮޅުންތަކެއް!
ތައުލީމާ ބެހޭ ބިލަށް އިދާރާތަކުގެ ހިޔާލު ހޯދަނީ
3000 ޓީޗަރުންގެ ހާއްސަ ޕްރޮގްރާމް ފަށައިފި
ރެކޯޑް އަދަދެއްގެ މީހުން މިއަހަރު ޓީޗިން ޑިގްރީ ހަދަނީ
250 ބައިވެރިންނާއެކު ޓީޗަރުންގެ ކޮންފަރެންސް ފަށައިފި
ޓީޗަރުންގެ ދުވަހަށް ފައިސާ ނުނަގަން އަންގައިފި