24 އޯގަސްޓް 2016
ޑިގްރީ ފެންވަރަށް 3000 ޓީޗަރުން ތަމްރީނުކުރަން، ގައުމީ ޔުނިވަސިޓީއާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ކުރިއަށް ގެންދާ ހާއްސަ ޕްރޮގްރާމް މިއަދު ފަށައިފި އެވެ.
ޑިގްރީ ފެންވަރަށް 3000 ޓީޗަރުން ތަމްރީނުކުރަން، ގައުމީ ޔުނިވަސިޓީއާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ކުރިއަށް ގެންދާ ހާއްސަ ޕްރޮގްރާމް މިއަދު ފަށައިފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވީ މިދިޔަ އަހަރު ނިމުނު އިރު ޑިޕްލޮމާ ފެންވަރަށް ޓީޗަރުންގެ ފެންވަރު މަތިކުރަން ހިންގި ޕްރޮގްރާމް ކާމިޔާބުކަމާ އެކު ނިންމާލުމުން، ޑިގްރީ ފެންވަރަށް ޓީޗަރުން ގެންދަން ރައީސް އަބްދުﷲ ޔާމީން ނިންމެވީ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ޑިގްރީ ޕްރޮގްރާމަށް ޓީޗަރުން ހޮވާއިރު ޓީޗަރުން މަދު ސްކޫލުތަކާއި ހާއްސަ މާއްދާތައް ކިޔަވައިދެމުން އަންނަ ޓީޗަރުންނަށް އިސްކަން ދޭނެ ކަމަށެވެ.
ރާއްޖޭގައި އިނގިރޭސި ކިޔަވައިދެމުން އަންނަ ދިވެހި ޓީޗަރުންގެ ތެރެއިން ޑިގްރީ ފެންވަރު ހުރި ޓީޗަރުން ހިއްސާކުރަނީ އެންމެ 20 ޕަސެންޓް ކަމަށާއި ހިސާބު ކިޔަވައިދޭ ޓީޗަރުންގެ ތެރެއިން ޑިގްރީ ހާސިލްކޮށްފައިވަނީ 25 ޕަސެންޓް ދިވެހި ޓީޗަރުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އައިޝަތު ޝިހާމް ވިދާޅުވީ ސައިންސާއި ބިޒްނަސް ކިޔަވައި ދޭ ޓީޗަރުންގެ ތެރެއިން ޑިގްރީ ހާސިލްކޮށްފައިވާ މީހުންގެ ނިސްބަތް 30 ޕަސެންޓަށް ވުރެ ދަށް ކަމަށެވެ.
"އެއީ ކުދިންގެ ނަތީޖާ ރަނގަޅުކުރަން ބަލާއިރު އަޅުގަނޑުމެން ބަދަލުކުރަން ޖެހިފައި އޮތް ކަމެއް ކަން ފާހަގަކޮށް ވަރަށް ޓާގެޓެޑް މަސައްކަތެއް ގޮތަށް އިރާދަކުރެއްވިއްޔާ މިހާރު އެކަންތައް ބަދަލުކުރެވެމުން މިދަނީ،" މިނިސްޓަރު ވިދާޅުވި އެވެ.
ގައުމީ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. އަލީ ފަވާާޒު ޝަރީފު ވިދާޅުވީ ރާއްޖޭގެ 16 ސަރަހައްދެއްގައި އެކި ފެންވަރަށް 730 ޓީޗަރުން މިހާރު ވެސް ތަމްރީނުކުރަމުން އަންނަ ކަމަށެވެ.
އާ ޕްރޮގްރާމްގައި ޓީޗަރުން ތަމްރީނުކުރާނީ ތިން އަހަރަށް ބަހާލައިގެންނެވެ. މި ޕްރޮގްރާމްގައި ބައިވެރިވާ ޓީޗަރުންގެ މުސާރައިން، ކޯސް ފީއަށް، މަހަކު 450ރ ކަނޑާނެ އެވެ. ކިޔެވުން ކުރިއަށް ގެންދަނީ ވަޒީފާގައި އުޅެމުންނެވެ.
ޓީޗަރުކަން ކިޔަވާނެ މީހުނެއް ނުވޭ، ކީއްވެ؟
ޓާމްޗުއްޓީތަކުގައި ޓީޗަރުން ނުނެރެން އަންގައިފި
ކްލާސްތަކަށް ވަކިން ވައިބާގްރޫޕްތައް ނުހަދަން އަންގައިފި
ޓީޗަރުންގެ މުސާރަ ބޮޑު ވިޔަސް ބަދަލެއް ނުފެނޭ!
4 އަހަރުގެ ޑިގްރީއެއް ނެތް ނަމަ ޓީޗަރަކަށް ނުވެވޭނެ
ޣާޒީސްކޫލުގެ އިހުތިޖާޖު: މުވައްޒަފުންގެ މައްސަލަ ބަލަނީ
ޓީޗަރުންގެ ވަޒީފާއަށް ޑިމާންޑު ބޮޑުވެއްޖެ: އެޑިއުކޭޝަން
ތައުލީމީ ދާއިރާއަށް އަލުން ވަނުމަށް ޝައުގުވެރިވެއްޖެ
މުސާރައިގެ މައްސަލަ: މިއީ މޫނުމަތީގައި ޖެހި ތަފާލެއް!
ޓީޗަރުން ތަމްރީނުކުރުމުގެ ސްކޮލަޝިޕަށް ތަރުހީބެއް ނުލިބޭ