ބަންދުގައި 28 ދުވަހު ބަހައްޓާނެ ކަމަށް ފުލުހުން ބުނެފައިވާ ކަމުގެ މައުލޫމާތު، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް، ދެއްވާފައިވާ ކަމަށް އޭނާގެ އަނބިކަނބަލުން ނަޒްރާ ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.
25 ފެބުރުއަރީ 2018
ބަންދުގައި 28 ދުވަހު ބަހައްޓާނެ ކަމަށް ފުލުހުން ބުނެފައިވާ ކަމުގެ މައުލޫމާތު، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް، ދެއްވާފައިވާ ކަމަށް އޭނާގެ އަނބިކަނބަލުން ނަޒްރާ ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.
ޖަލަށް ހުކުމް ކޮށްފައިވާ ސިޔާސީ ބޭފުޅުން މިނިވަން ކުރުމަށް، ފެބުރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް ގޮވާލައި އިދިކޮޅު ޕާޓީތަކުން ކުރަމުން އަންނަ މުޒާހަރާތަކުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ބޭފުޅަކީ މަހުލޫފެވެ.
މިދިއަ ހުކުރު ވިލޭރޭ ހައްޔަރުކޮށްގެން ދޫނިދުއަށް ގެންދިޔަ ފަހުން މިހާތަނަށް އާއިލާއާ ވާހަކަދެއްކެވުނީ އެންމެ ފަހަރަކު އެވެ.
ނަޒްރާ ވިދާޅުވީ މިދިޔަ ހުކުރު ދުވަހު ފޯނުން ވާހަކަ ދައްކަވަމުން 28 ދުވަހު ބަންދުގައި ބަހައްޓާނެ ކަމަށް ފުލުހުން އޭނާ އަށް އެންގި ކަމަށް މަހުލޫފް ވިދާޅުވި ކަމަށެވެ. އޭގެ ފަހުން ފިރިކަލުންގެ ހަބަރެއް ނުވާ ކަމަށް ނަޒްރާ ވިދާޅުވި އެވެ.
މި ކަމުގައި ފުލުހުންގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.
ފުލުހުންގެ ބަންދުގައި 28 ދުވަސް ބަހައްޓާނެ ކަމަށް މަހުލޫފް އެ ވިދާޅުވީ، މިހާރު މުއްދަތު ދަންމާލާފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގެ 30 ދުވަހަށް ކަމަށް ވުން އެކަށީގެންވެ އެވެ. މަހްލޫފް ހައްޔަރުކުރީ ރައްޔިތުންގެ މަޖިލިހުން އެ މުއްދަތު އިތުރުކުރިތާ ދެ ދުވަސް ފަހުންނެވެ.
މިއީ ފެބުރުއަރީ 5 ގައި ރައީސް އަބްދުﷲ ޔާމީން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވި ފަހުން، މަހްލޫފް ހައްޔަރުކުރި ދެވަނަ ފަހަރެވެ. މީގެ ކުރިން ވެސް އޭނާ ހައްޔަރު ކުރީ އިދިކޮޅު ޕާޓީތަކުން ކުރަމުން އަންނަ މުޒާހަރާއެއްގެ ތެރެއިންނެވެ.
MP @AhmedMahloof akee Oppostiongai thibi MPs getherein RY emme jehilunvaa ekaku! Mahloofge hiyvarah saabas. Jalahlaigen Mahloof balinukureveyne. Aniyaaverikan huhtaalaafa siyaasee hayyareen dhookohlaa! https://t.co/EmSwJEpWSS
— Abdulla Riyaz MP (@riyazabdulla) February 24, 2018
ކިނިބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިދިކޮޅު މެމްބަރުންގެ ތެރެއިން ރައީސް ޔާމީން އެންމެ ޖެހިލުންވެވަޑައިގަންނަވާ އެއް މެމްބަރަކީ މަހުލޫފް ކަމަށެވެ. އޭނާގެ ހިތްވަރަށް ސާބަސް ދެއްވަމުން ރިޔާޒު ވިދާޅުވީ ޖަލަށް ލައިގެން މަހުލޫފް ބަލިނުކުރެވޭނެ ކަމަށެވެ.
ފުލުހުންގެ ދައުރު އަދާކުރަން ހުރަސް އެޅިކަމުގެ ދެ މައްސަލައެއް ސާބިތުވެ 10 މަހާއި 24 ދުވަސް ވަންދެން މަހްލޫފް ވަނީ ޖަލުގައި އުޅުއްވާފަ އެވެ. މިދިޔަ އަހަރުގެ ޖޫން 8 ގައި މިނިވަންވުމާ އެކު އިދިކޮޅު ހަރަކާތުގެ އިސް ސަފުގައި އަނެއްކާވެސް މަސައްކަތް ކުރައްވަން ފެއްޓެވި އެވެ.
މުޒާހަރާއިން ހައްޔަރުކުރި އަމީތާއި އަބުޅޯ ދޫކޮށްލައިފި
ގާނޫނާހިލާފު މުޒާހަރާތައް ލައިވްކުރާނަމަ ފިޔަވަޅު އަޅަނީ
ޕޮލިހަށް ގެންދިޔައީ ސަރުކާރަށް ހަޖަމް ނުވެގެން: ރިޔާޒް
މަހްލޫފަށް ކުރި ފުރަތަމަ ދައުވާގެ އަޑުއެހުން ނިމިއްޖެ
46 ކިލޯގެ ޑްރަގްސް ގެއްލުނު މައްސަލަ މަޖިލީހަށް
ފުލުހުން ވޯޓު ގުނީކަމަށް ބުނެ ކުރީ ފުރައްސާރަ: ރިޔާޒް
ޔޯގާގެ ސެކިއުރިޓީގެ މައުލޫމާތު ދިނިން: މަހްލޫފު
މަހްލޫފްގެ ޝަރީއަތް ކެންސަލްކޮށްފި
މަހްލޫފްގެ ޝަރީއަތް މާދަމާ، އަދިވެސް ކެބިނެޓްގައި!
އުއްތަމަ ފަނޑިޔާރުގެ ގެކޮޅަށް ރައްކާތެރިކަމެއް ނެތް