Roadha Mihaaru

މުޒާހަރާއިން ހައްޔަރުކުރި އަމީތާއި އަބުޅޯ ދޫކޮށްލައިފި

އިދިކޮޅު ޕާޓީތަކުން މިއަދު ހަވީރު ކުރި މުޒާހަރާގެ ތެރެއިން ހައްޔަރު ކުރި، ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު މިރޭ ދޫކޮށްލައިފި އެވެ.

މުޒާހަރާއިން ހައްޔަރުކުރި އަމީތާއި އަބުޅޯ ދޫކޮށްލައިފި
އާމިނަތު ޝިފްލީން
އާމިނަތު ޝިފްލީން

23 ފެބުރުއަރީ 2018

އިދިކޮޅު ޕާޓީތަކުން މިއަދު ހަވީރު ކުރި މުޒާހަރާގެ ތެރެއިން ހައްޔަރު ކުރި، ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު މިރޭ ދޫކޮށްލައިފި އެވެ.

ދެ މެމްބަރުންގެ އިތުރުން އެ މުޒާހަރާގެ ތެރެއިން ހައްޔަރު ކުރި އެހެން މީހުން ވެސް ވަނީ މިރޭ ދޫކޮށްލައިފަ އެވެ. އެކަމަކު ރޭގެ މުޒާހަރާގެ ތެރެއިން ހައްޔަރު ކުރި، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް އަދިވެސް ހުންނެވީ ދޫނިދޫ ޖަލުގަ އެވެ. އިދިކޮޅު ފަރާތްތަކުން ކޮންމެ ރެއަކު ބާއްވަމުން އަންނަ މި މުޒާހަރާތަކުގައި އެންމެ އިސްކޮށް ހުންނަވާ އެއް ބޭފުޅަކީ މަހުލޫފެވެ.

ސިޔާސީ ބައެއް ބޭފުޅުން ވެސް ހިމެނޭ ގޮތަށް، ނުވަ ގައިދީއަކުން މިނިވަން ކުރުމަށް މި މަހު 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް، އޭގެ ދަށުން އެތައް ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ.