އިދިކޮޅު ޕާޓީތަކުން، އެމްޑީޕީ ހަރުގެ ކުރިމަތީގައި މިހާރު ކުރަމުން އަންނަ މުޒާހަރާގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު (އަބުޅޯ) ހައްޔަރުކޮށްފި އެވެ.

މަންޒަރުދުށް މީހުން ބުނާގޮތުން މުޒާހަރާ ރޫޅާލުމުގެ ތެރެއިން އަމީތާއި އަބުޅޯ ހައްޔަރުކުރީ މަޖީދީމަގުންނެވެ. ދެ މެމްބަރުން ވެސް އެތަނުން ގެންދިޔައީ ފުލުހުންގެ ޖިޕުގަ އެވެ.
ހުކުމް ތަންފީޒު ކުރައްވަމުން އަންނަ ސިޔާސީ ބޭފުޅުން މިނިވަންކުރުމަށް، ފެބުރުއަރީ 1ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް ގޮވާލައި ރޭ ކުރި މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގެންނެވި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.
މަހުލޫފް މިހާރު ދޫނިދޫ ޖަލުގައި ހުންނެވި އިރު އޭނާގެ ހަބަރެއް ނުވެގެން، އާއިލާއިން ވަނީ ޝަކުވާކޮށްފަ އެވެ.
އަމީތު ފަސްވަނަ ފަހަރަށް ޕޮލިހަށް ހާޒިރުވާން އަންގައިފި
ދެއްކި ވާހަކަ "ފަހުމުނުވި" ކަމަށްބުނެ އަމީތު ޕޮލިހަށް
މާލޭގެ އަމަން ނަގާލުމުގެ ތުހުމަތު ތިން މެމްބަރަކަށް!
އިންޒާރު ދިނަސް މުޒާހަރާކުރާނަން: އިދިކޮޅު ޕާޓީތައް
މުޒާހަރާ އިން ހައްޔަރު ކުރި އަމީތު ދޫކޮށްލައިފި
އެއްވުންތަކާ ގުޅިގެން ހައްޔަރުކޮށްފައި ތިބީ 9 މީހަކު
މުޒާހަރާއަށް ހިތްވަރު ދިން ކަމަށް ބުނެ އިންތި ފޮލިހަށް
މުޒާހަރާ އިން 141 މީހަކު ހައްޔަރުކުރި: ފުލުހުން
އިބޫ ހައްޔަރުކޮށް ދޫނިދުއަށް
ޖުމްހޫރީ މައިދާނަށް ވަނަ ނުދޭން ކަރުނަ ގޭސް ޖަހައިފި