ރޭގަނޑު 10:30ގެ ފަހުން މަގުތަކަށް އެއްވެގެން ހިންގާ ހަރަކާތްތައް ހުއްޓުވާނެ ކަމުގެ އިންޒާރު ފުލުހުން ދިން ނަމަވެސް، މަގުތަކަށް ނިކުންނާނެ ކަމަށާއި ގާނޫނު އަސާސީން ދީފައި އޮތް ހައްގެއް ފުލުހުންނަށް ނުހިފެއްޓޭނެ ކަމަށް އިދިކޮޅު ފަރާތްތަކުން މިއަދު ބުނެފި އެވެ.
25 ފެބުރުއަރީ 2018
ރޭގަނޑު 10:30ގެ ފަހުން މަގުތަކަށް އެއްވެގެން ހިންގާ ހަރަކާތްތައް ހުއްޓުވާނެ ކަމުގެ އިންޒާރު ފުލުހުން ދިން ނަމަވެސް، މަގުތަކަށް ނިކުންނާނެ ކަމަށާއި ގާނޫނު އަސާސީން ދީފައި އޮތް ހައްގެއް ފުލުހުންނަށް ނުހިފެއްޓޭނެ ކަމަށް އިދިކޮޅު ފަރާތްތަކުން މިއަދު ބުނެފި އެވެ.
ފުލުހުން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ، މިރެއިން ފެށިގެން 10:30 ގެ ފަހުން މަގުމަތީގަ އާއި ސިޔާސީ ޕާޓީތަކުގެ ޖަގަހަތަކުގައި މީހުން އެއްވެގެން ހިންގާ ހިންގާ ހަރަކާތްތައް ފުލުހުން ހުއްޓުވާނެ ކަަމަށެވެ.
އޭނާ ވިދާޅުވީ އެއް ސަރަހައްދަކަށް ގިނަ ބަޔަކު އެއްވެ، ތަފާތު ހަރަކާތްތައް ހިންގާތީ އާއްމު ދިރިއުޅުމަށް އުނދަގޫވާކަމުގެ ޝަކުވާ ފުލުހުންނަށް ކޮންމެ ރެއަކު ވެސް ލިބޭ ކަމަށެވެ.
ޖުމްހޫރީ ޕާޓީގެ އޮފީސް ހުންނަ މ. ކުނޫޒުގައި އިދިކޮޅު ފަރާތްތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކެންދޫ ދާއިރާގެ މެމްބަރު އަދި ގާނޫނީ ވަކީލު އަލީ ހުސެއިން ވިދާޅުވީ، އެއްވެ އުޅުމުގެ މިނިވަންކަމަކީ ގާނޫނު އަސާސީން ކޮންމެ ރައްޔިތަކަށް ވެސް ފަހިކޮށްދީފައިވާ ހައްގެއް ކަމަށާއި އެހެންވެ ފުލުހުންނަކަށް ވެސް އެ ހައްގު ނުހިފެއްޓޭނެ ކަމަށެވެ.
އަލީ ހުސެއިން ވިދާޅުވީ ދިވެހި ގައުމު ދިރިއޮތްހާ ހިނދަކު ރައްޔިތުންގެ ބާރު ނުހިފެއްޓޭނެ ކަމަށެވެ.
"ގާނޫނު އަސާސީގެ ހަތަރު ވަނަ މާއްދާ އެބައޮތް. ގާނޫނު އަސާސީގެ ހަތަރު ވަނަ މާއްދާ ނޫވެ. ގާނޫނު އަސާސީއެއް ނޫވެ. ދިވެހި ރާއްޖޭގެ ގާނޫނު އަސާސީ ދިރި އެބައޮތް. އެހެންވެ ރާއްޖޭގެ ގާނޫނު އަސާސީ ދިރިއޮތްހާ ހިނދަކު، ދިވެހި ގައުމު ދިރިއޮތްހާ ހިނދަކު ދިވެހި ރައްޔިތުންގެ ބާރެއް ނުހުއްޓުވޭނެ. ދިވެހި ރައްޔިތުންގެ ބާރު ފެށޭ ހިސާބަކީ ވެސް ރައްޔިތުންނަށް އެއްވެ އުޅުމުގެ ހައްގު ލިބުން. އަދި ދިވެހި ރައްޔިތުންގެ ބާރު ނިމޭ ހިސާބަކީ ވެސް ހަމަ އެއްވެ އުޅުމުގެ މިނިވަންކަން،" އަލީ ހުސެއިން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެއްވެ އުޅުމުގެ މިނިވަންކަމަކީ އެންމެ މުހިއްމު ހައްގުގެ ގޮތުގައި ބަލައިގަނެ އެ ހައްގުގެ ބޭނުން އެންމެ މަތީ ދަރަޖައަކަށް ބޭނުންކުރަން ޖެހޭ ކަމަށެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވީ އެފަދަ އިންޒާރުތައް ދިން ކަމުގައި ވިޔަސް ރޭގަނޑު 10:30ގެ ފަހުން މަގުތަކަށް އެއްވެ އިހުތިޖާޖުކުރާނެ ކަމަށެވެ.
މިރެއިން ފެށިގެން 10:30ގެ ފަހުން އެއްވެ އުޅުން ފުލުހުން މަނާކުރިއިރު، އެކަން އިއުލާނުކުރުމުގެ ދެތިން ގަޑިއިރު ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ނައިބު ލީޑަރު ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްުދުﷲ ވަނީ، ރޭގަނޑު 10:30ގެ ފަހުން އެ ޕާޓީގެ އެއްވެސް ހަރަކާތެއް ނުހިންގާނެ ކަމަށް ވިދާޅުވެފަ އެވެ. އެކަމާ ގުޅިގެން ވެސް އިދިކޮޅު ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
"ވަރަށް ސާފުކޮށް މި ބުނަނީ، 10:30ގެ ފަހުން ވެސް މަގުތަކަށް ނިކުންނާނަން. މި ހައްގު ފުލުހުންނަކަށް ނުހިފެއްޓޭނެ. އެ ހައްގު އަޅުގަނޑުމެން އެކްސަސައިޒް ކުރާނަން. ދިވެހި ރައްޔިތުންނަށް މި ގޮވާލަނީ މި އިހުތިޖާޖުގައި ވީހާ ގިނަ ރައްޔިތުން ބައިވެރިވެދެއްވުމަށް،" އަމީތު ވިދާޅުވި އެވެ.
އަމީތު ވިދާޅުވީ ފުލުހުންނަށް ވުރެ ކުރިން އަބްދުއްރަހީމް އެގޮތަށް އިއުލާނުކުރުމުން، ފުލުހުންނަށް ކޮމާންޑު ކުރުމުގެ އެންމެ އަޑީގައި ހުންނެވީ އަބްދުއްރަހީމް ކަމަށް ސިފަކުރެވޭ ކަމަށެވެ. އަދި އޭނާގެ ކޮމާންޑަށް ފުލުހުން އަމަލުކުރަން ޖެހުނު ސަބަބު ހާމަކޮށްދޭން ޖެހޭ ކަމަށް ވެސް އަމީތު ވިދާޅުވި އެވެ.
ރައްޔިތުންގެ ކިބައިން ހައްގުތައް ނިގުޅައިގަތުމަކީ ފުލުހުންނަށް ދީފައި އޮތް އިހުތިޔާރެއް ނޫން ކަމަށާއި އެ ހައްގުގެ ބޭނުން ހިފައި އެންމެ މަގުމައްޗަށް ނިކުތުމަށް އަމީތު ވަނީ ގޮވާލައްވައިފަ އެވެ.
"ވަރަށް ސާފުކޮށް މި ބުނަނީ، 10:30ގެ ފަހުން ވެސް މަގުތަކަށް ނިކުންނާނަން. މި ހައްގު ފުލުހުންނަކަށް ނުހިފެއްޓޭނެ. އެ ހައްގު އަޅުގަނޑުމެން އެކްސަސައިޒް ކުރާނަން. ދިވެހި ރައްޔިތުންނަށް މި ގޮވާލަނީ މި އިހުތިޖާޖުގައި ވީހާ ގިނަ ރައްޔިތުން ބައިވެރިވެދެއްވުމަށް،" އަމީތު ވިދާޅުވި އެވެ.
މި މަހުގެ ފަސް ވަނަ ދުވަހުގެ ރެ އިން ފެށިގެން ކުއްލި ނުރައްކަލުގެ ހާލަތުު ރައީސް އަބްދުﷲ ޔާމީން އިއުލާން ކޮށްފައި ވިޔަސް އިދިކޮޅު ފަރާތްތަކުން ކޮންމެ ރެއަކު އެމްޑީޕީ ހަރުގެ އަދި ކުނޫޒު ސަރަހައްދަށް އެއްވެ އެވެ. އެކަމަކު ވަކި ހިސާބަކުން ކޮންމެ ރެއަކު ވެސް ފުލުހުން އިދިކޮޅު ފަރާތްތަކުގެ އެއްވުން ރޫޅާލަ އެވެ. ނަމަވެސް، ވެރިކަން ކުރާ ޕާޓީ، ޕީޕީއެމް ކޯލިޝަންގެ ޖަލްސާ އަށް ފުލުހުން ހުރަސް ނާޅާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދަނީ ޝަކުވާ ކުރަމުންނެވެ.
އަމީތު ފަސްވަނަ ފަހަރަށް ޕޮލިހަށް ހާޒިރުވާން އަންގައިފި
ދެއްކި ވާހަކަ "ފަހުމުނުވި" ކަމަށްބުނެ އަމީތު ޕޮލިހަށް
މާލޭގެ އަމަން ނަގާލުމަށް އެމްޑީޕީން ބޭނުންވޭ: ނިހާނު
ރިޔާޒަށް ކުރާ ތުހުމަތެއް އަދިވެސް ނުބުނޭ:އަލީ ހުސެއިން
މާލޭގެ އަމަން ނަގާލުމުގެ ތުހުމަތު ތިން މެމްބަރަކަށް!
އަމީތާއި އަބުޅޯ ހައްޔަރުކޮށްފި
ގާނޫނަށް ބުރޫ އަރާ ކަމެއް ނުކުރަން އިންޒާރު ދީފި
މުޒާހަރާކުރާ މީހުން ޓްރެފިކްހުއްޓުވާ މައްސަލަ ބޮޑުވެއްޖެ
ނޫސްވެރިންނަށް އަނިޔާ ދިނުމަކީ ނިޔަތެއް ނޫން: ފުލުހުން
މުޒާހަރާތެރެއަށް ވަދެގަތް މީހާގެ ސައިކަލް ޓޯ ކޮށްފި