ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ގާނޫނާ ޚިލާފަށް ބާއްވާ މުޒާހަރާތައް ލައިވް ކުރާނަމަ ފިޔަވަޅު އަޅާނެ ކަމަށް ބުނެ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން މިއަދު އިންޒާރު ދީފި އެވެ.
23 ޖުލައި 2017
ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ގާނޫނާ ޚިލާފަށް ބާއްވާ މުޒާހަރާތައް ލައިވް ކުރާނަމަ ފިޔަވަޅު އަޅާނެ ކަމަށް ބުނެ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން މިއަދު އިންޒާރު ދީފި އެވެ.
މިއަދު ބޭއްވި ބްރޯޑްކޮމްގެ ބައްދަލުވުމެއްގައި މިގޮތަށް ނިންމިއިރު، އިދިކޮޅު ފަރާތްތަކުން ވަނީ މާދަމާ ބޮޑު އެއްވުމެއް މާލޭގައި ބޭއްވުމަށް ނިންމައިފަ އެވެ.
ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ގާނޫނާ ޚިލާފަށް ބާއްވާ މުޒާހަރާތައް ލައިވް ކުރާނަމަ ފިޔަވަޅު އަޅަން ނިންމީ، އެފަދަ މުޒާހަރާތައް ލައިވް ކުރުމަކީ ގާނޫނުގައި މަނާކޮށްފައިވާ ކަމަކަށް ވާތީ އެވެ.
ބްރޯޑްކާސްޓިން ކޮމިޝަނުން އާންމުކުރި ސާކިއުލާއެއްގައި ބުނީ ފުލުހުންގެ ހުއްދަ ނެތި، ގާނޫނާ ޚިލާފަށް ބާއްވާ މުޒާހަރާތަކާއި އެއްވުންތައް ޕްރޮމޯޓް ކުރުމާއި ބްރޯޑްކާސްޓް ކުރުމުގެ ސަބަބުން އެއްވެސް ގާނޫނަކާ ޚިލާފުވާ ނަމަ، އޭގެ ފުރިހަމަ ޒިންމާ އެ ބްރޯޑްކާސްޓަރަކު ނަގަންޖެހޭނެ ކަން ހަނދާންކޮށްދޭ ކަމަށެވެ.
ސާކިއުލާގައި ބުނިގޮތުގައި، ރާއްޖޭގައި މިހާރު އޮތް ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި، ބައެެއް ބްރޯޑްކާސްޓިން މީޑިއާތަކުން ގައުމުގެ އަމަންއަމާންކަން ގެއްލޭ ގޮތަށް އަދި ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލުމަށް ހިތްވަރު ލިބޭ ގޮތަށް ކޮންޓެންޓް ގެނެސްދޭ ކަމުގެ ޝަކުވާ ދަނީ ލިބެމުންނެވެ.
"މީގެ ތެރޭގައި ކަމުގައި ހަގީގަތް އޮޅޭ ގޮތަށް ޚަބަރު ފެތުރުމާއި ދައުލަތުގެ ބާރުތަކާއި އެކި މުއައްސަސާތަކުގެ އަގު ވެއްޓޭ ގޮތަށް ތަފާތު ފަރާތްތަކުން ދައްކާ ވާހަކަތައް ގެނެސްދިނުމާއި އެ މުއައްސަސާތަކާ ދެމެދު ރައްޔިތުންގެ މެދުގައި ނަފްރަތު އުފެދޭނެ ފަދަ ކޮންޓެންޓް ގެނެސްދިނުން ހިމެނެ އެވެ،" ބްރޯޑްކާސްޓިން ކޮމިޝަނުން ބުންޏެވެ.
އެ ކޮމިޝަނުން ބުނީ އެއްވެ އުޅުމުގެ ގާނޫނާ ޚިލާފަށް ބާއްވާ މުޒާހަރާތަކާއި އެއްވުންތައް ވެސް ބައެއް ބްރޯޑްކާސްޓަރުން ގެނެސްދޭ ކަން ފާހަގަކުރެވޭ ކަމަށެވެ.
އިދިކޮޅު ފަރާތްތަކުން މާދަމާ ބާއްވާ މުޒާހަރާގައި ބައިވެރިވުމަށް، އެކި ރަށްރަށުން މީހުން މާލެ އައުމަށް އިދިކޮޅު ފަރާތްތަކުން ވަނީ ގޮވާލާފަ އެވެ. އެކަމަކު މާލޭގައި މާލޭގައި މުޒާހަރާކުރަން އެއްވެސް ފަރާތަކަށް ފުރުސަތު ނުދޭނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މިކަމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެއްވެ އުޅުމުގެ ހައްގަކީ ސަރުކާރުގެ ވަކި ވުޒާރާއަކުން ދޭ ހުއްދައަކަށް ބިނާވާކަމެއް ނޫން ކަމަށެވެ. އަދި އެއީ ގާނޫނު އަސާސީން ކަށަވަރު ކޮށްދޭ އަސާސީ ހައްގެއް ކަމަށް ވިދާޅުވީ ހުރިހާ އެންމެން ވެސް (މުޒާހަރާއަށް) ނިކުތުމަށް އެ މަނިކުފާނު ގޮވާލެއްވި އެވެ.
އިދިކޮޅު ފަރާތްތަކުން މި މުޒާހަރާ ބާއްވަނީ ތިން ބާރު އެއްވެފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ކަމަށް ބުނެ އެވެ.
ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަދި އިދިކޮޅު އިއްތިހާދުގެ ތަރުޖަމާނު އަހުމަދު މަހްލޫފް ރޭ ވިދާޅުވީ މުޒާހަރާ ކުރިއަށް ގެންދާނީ ގާނޫނުގައި އޮންނަ ގޮތަށް ކަމަށާއި އެއީ ޣައިރު ގާނޫނީ އަމަލެއް ހިންގުމުގެ ބޭނުމުގައި ކުރާ މުޒާހަރާއެއް ނޫން ކަމަށެވެ.
"24 ގައި ކުރާ ކަންކަމަކީ ސުލްހަވެރިކަމާ އެކު ގާނޫނީ އިމުގެ ތެރެއިން ކުރާ ކަމަކަށް ވެއްޖެނަމަ، އެކަމަށް ހުރަސް ނާޅާނެ ކަމުގެ ޔަގީންކަން ފުލުހުންގެ އިސްވެރިން ވަނީ ދެއްވާފައި،" މަހްލޫފް ރޭ ވިދާޅުވި އެވެ.
އެކަމަކު ފުލުހުން ބުނެފައިވަނީ އިދިކޮޅު ފަރާތްތަކުން ސިޔާސީ އެއްވެސް އެއްވުމެއް ބާއްވަން ހުއްދަ ދީފައި ނުވާނެ ކަމަށެވެ.
މުޒާހަރާކުރާ ނަމަ ފިޔަވަޅު އަޅާނަން: އީސީ
މުޒާހަރާއިން ހައްޔަރުކުރި އަމީތާއި އަބުޅޯ ދޫކޮށްލައިފި
މީޑިއާތަކާ މެދު ތަފާތުކުރާ ކަމަށް ބުނެ މުޒާހަރާކޮށްފި
އެއްވެ އުޅުމަށް ހުރަސްއެޅި ގާނޫނު މިހާރު "އޯކޭ"؟
މަހުލޫފްގެ ބަންދަށް ފަސް ދުވަސް
ރޭގެ މުޒާހަރާ އިން ހައްޔަރު ކުރި އެންމެން ދޫކޮށްލައިފި
އަދުހަމްގެ ހަޅުތާލާ ގުޅިގެން އެމްޑީޕީން އެޗްއާރުސީއެމަށް
އެލީގެ އުފަންދުވަހު މަހްލޫފް މި އަހަރު ވެސް ޖަލުގައި!
"މަހުލޫފް ބުނީ 28 ދުވަހު ބަންދުގައި ބަހައްޓާނެއޭ"
ކުނޫޒުތެރެއަށް ޕެޕާ ސްޕްރޭ ޖެހި މައްސަލަ އެންއައިސީއަށް