Roadha Mihaaru
ރަލުގެ މާއްދާތައް ހިމެނޭ ތަކެތި ފިހާރަތަކުން ނަގައިފި

ރަލުގެ މާއްދާތައް ހިމެނޭ ކާބޯތަކެތި ފިހާރަތަކުން ނަގައިފި

22 ފެބުރުއަރީ 2018

ފިހާރައެއްގައި ވިއްކަން ހުރި، ބަނގުރަލުގެ މާއްދާތައް އެކުލެވޭ ކާބޯތަކެތި ކަސްޓަމްސް އިން މިއަދު ނަގައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ފިހާރައެއްގައި ވިއްކަން ހުރި، ބަނގުރަލުގެ މާއްދާތައް އެކުލެވޭ ކާބޯތަކެތި ކަސްޓަމްސް އިން މިއަދު ނަގައިފި އެވެ.

އެ އިދާރާއިން މިއަދު ބުނީ ބައެއް ފިހާރަތަކުގައި ގާނޫނާ ގަވާއިދާ ހިލާފަށް ލޭބަލްކޮށްފައިވާ ތަކެއްޗާއި ރަލުގެ މާއްދާތައް ހިމެނޭ ކަމަށް ބެލެވޭ ތަކެތި ނަގާފައިވާ ކަމަށެވެ.

އިއްޔެ އާއި ރޭ ހިންގި ހާއްސަ އޮޕަރޭޝަނުގައި ނަގާފައިވާ އެއްޗެހީގެ ތެރޭގައި ބީފް ކެސަރޯލް އާއި ޗިކަން ސްޕްރެޑް މަޔޯނައިޒް ހިމެނޭ ކަމަށް ކަސްޓަމްސް އިން ބުންޏެވެ. އެތަކެތި ނަގާފައި މިވަނީ، ސޯޝަލް މީޑިއާގައި އެ ފޮޓޯތައް އާއްމުކޮށް، އެކަމުގެ ޝަކުވާ ބޮޑުވެފައި ވަނިކޮށެވެ.