Roadha Mihaaru
މިފްކޯގެ ބޯޓަކުން އެތެރެކުރި ބަނގުރާ އަތުލައިގެެންފި

މިފްކޯގެ ބޯޓަކުން އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ބަނގުރާ އަތުލައިގެންފި

24 ޖޫން 2022

ބެންކޮކުން ފުރައިގެން ގއ. ކޫއްޑު އަށް ދިޔަ މިފްކޯގެ ބޯޓަކުން އެތެރެކުރި ގިނަ އަދަދެއްގެ ބަނގުރަލާއި އެހެެނިހެން މަނާތަކެތި ކަސްޓަމްސް އިން އަތުލައިގެންފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ބެންކޮކުން ފުރައިގެން ގއ. ކޫއްޑު އަށް ދިޔަ މިފްކޯގެ ބޯޓަކުން އެތެރެކުރި ގިނަ އަދަދެއްގެ ބަނގުރަލާއި އެހެެނިހެން މަނާތަކެތި ކަސްޓަމްސް އިން އަތުލައިގެންފި އެވެ.

އެ އިދާރަ އިން ބުނީ ކޫއްޑު އަށް މިދިޔަ ބުދަ ދުވަހު ދިޔަ އެމްވީ ޖަޒީރާ ރީފާ ބޯޓުގައި ގާނޫނާއި ގަވާއިދާ ހިލާފު އެއްޗެހި ހުރި ކަމަށް ކަސްޓަމްސްގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުންނާއި އެމްއެންޑީއެފާ ގުޅިގެން އެ ބޯޓު ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

ސަރުކާރުގެ މަސް ކުންފުނީގެ އެ ބޯޓުގެ ތެރޭގައި ގިނަ އަދަދެއްގެ ބަނގުރަލާއި އެހެނިހެން މަނާތަކެތި ހުރި ކަމަށް ކަސްޓަމްސް އިން ބުންޏެވެ. އެކަމަކު ބޯޓުން ފެނުނީ ކިހާ އަދަދެއްގެ ބަނގުރަލެއް ކަމެއް އަދި ބޯޓުން ދެން ފެނުނު މަނާތަކެތީގެ ތަފްސީލެއް ކަސްޓަމްސް އިން އަދި ނުދެ އެވެ.

ކަސްޓަމްސް އިން ބުނި ގޮތުގައި އެ މައްސަލަ އިތުރަށް ތަހުގީގުކުރުމަށް ބޯޓުން ފެނުނު ބަނގުރާތައް ވަނީ ފުލުހުންނާ ހަވާލުކޮށްފަ އެވެ.