17 ޖެނުއަރީ 2018
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ހުރިހާ ރިސޯޓުތަކެއް މޯލްޑިވްސް ކަސްޓަމްސް އިން ބަލައި ފާސްކުރަމުން އެބަދެ އެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ހުރިހާ ރިސޯޓުތަކެއް މޯލްޑިވްސް ކަސްޓަމްސް އިން ބަލައި ފާސްކުރަމުން އެބަދެ އެވެ.
ކޯޓު އަމުރަކާއެކު ކަސްޓަމްސް އިން ފާސްކުރަނީ ގާސިމްގެ ރިސޯޓްތައް ކަމަށްވާ ޕެރަޑައިސް އާއި ސަން އައިލެންޑާއި ރޯޔަލް އައިލެންޑާއި ހޮލިޑޭ އައިލެންޑުގެ އިތުރުން ފަން އައިލެންޑް ރިސޯޓެވެ. ކަސްޓަމްސްގެ އޮފިޝަލުންނާ އެކު ފުލުހުން ވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ.
ސަން އައިލެންޑް ރިސޯޓް ފާސްކުރަން ނެރުނު އަމުރުގައި އެ ރިސޯޓް ފާސްކުރަން ބޭނުންވާ ސަބަބެއް ކަމަށް ބުނެފައި ވަނީ، ކަސްޓަމްސްގެ ބޮންޑެޑްވެއާ ހައުސް އިން ރޯޔަލް އައިލެންޑް އެންޑް ސްޕާ މެނޭޖްމަންޓުގެ ނަމުގައި ދޫކުރި ބަނގުރާ، ސަން އައިލެންޑަށް ގެންގޮސްފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެ މައްސަލައާ ގުޅުން ހުރި ހެކި ހޯދުމަށެވެ.
އެ ރިސޯޓުގައި ހުރި އެ މައްސަލައާ ގުޅުން ހުރި ހުރިހާ ލިޔެކިޔުންތަކަކާއި ބަނގުރަލާއި އޫރު މަހުގެ ފިޒިކަލް ސްޓޮކާއި ސްޓޮކް ބަލަހައްޓާ ކޮމްޕިއުޓަރު ސިސްޓަމްތަކާއި ސްޓޯރޭޖް ޑިވައިސްތަކުގެ އިތުރުން މައްސަލައާ ގުޅުން ހުރި ހުރިހާ ސާމާނެއް ފާސްކުރަން ވަނީ ހުއްދަ ދީފަ އެވެ. ގާޒީ އަލީ އާދަމް އިއްޔެ ރޭ ނެރުއްވާފައި މި އަމުރުގައި ފާސްކުރުމަށް ހުއްދަ ދީފައި ވަނީ 18 ގަޑިއިރެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމުގެ ކުށުގައި ޖަލަށް ލާން ހުކުމް ކޮށްފައި ވަނިކޮށް ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ވަޑައިގެން ގޮތަށް މިހާރު ޖަރުމަނުގައި އުޅުއްވާ ގާސިމްގެ ކުންފުނިތަކުން ގިނަ އަދަދެއްގެ ފައިސާ ހޯދަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ދައުވާކޮށްފައިވެ އެވެ. އެގޮތުން 2.5 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން އެންމެ ފުރަތަމަ ކުރި ދައުވާތައް ކުރިއަށް ދަނިކޮށް މިހާރު ވަނީ ގާސިމްގެ ތިން ކުންފުންޏެއް އަތުން އިތުރު 75 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން މީރާ އިން ދައުވާކޮށްފި އެވެ.
ކަސްޓަމް އޮފިސަރުންގެ ނަންތައް ހާމަކުރި މައްސަލަ ބަލަނީ
ފުލުހުންގެ ނަންތައް އާއްމުކުރި މައްސަލަ ތަހުގީގުކުރަނީ
ވިލާގެ މުދާ ގެންދިޔަ މައްސަލަ ކޯޓަށް ހުށަހަޅައިފި
ގާސިމްގެ ރިސޯޓުތަކަށް އަރައިގެން ހިންގަނީ ޖަރީމާއެއް
"ވިލާގެ ރިސޯޓުތަކުން ޓެކްސް ނުދައްކާތާ 10 މަސް"
އޮޕަރޭޝަން ހިންގަނީ ސުލްހަވެރިކަމާއެކު: ކަސްޓަމްސް
ފަންއައިލެންޑުން ގިނަ އަދަދެއްގެ ރާ ގެންގޮސްފި
ވިލާގެ 4 ރިސޯޓަކަށް ރަލާއި އޫރުމަހުގެ ހުއްދަ ބާތިލް
ރާ އެތެރެކުރެވެނީ ރޯޔަލްއަށް އެކަނި؛ ހުސްވެދާނެ: ވިލާ
ގާސިމްގެ ރިސޯޓުތަކަށް ރަލާއި އޫރުމަސް ދޫކުރަން ފަށައިފި