ކަސްޓަމްސް އޮފިސަރުންތަކެއްގެ އެކައުންޓުން 400 މިލިއަން ރުފިޔާ ދައުރުކުރި މައްސަލައެއްގެ ތަހުގީގު ފުލުހުން ފަށައިފި އެވެ.
06 ޖެނުއަރީ 2025
ކަސްޓަމްސް އޮފިސަރުންތަކެއްގެ އެކައުންޓުން 400 މިލިއަން ރުފިޔާ ދައުރުކުރި މައްސަލައެއްގެ ތަހުގީގު ފުލުހުން ފަށައިފި އެވެ.
އެނގިފައިވާ ގޮތުގައި، އިމްޕޯޓު ޑިއުޓީ އަށް ދައުލަތަށް ފައިސާ ނެގުމުގެ ތެރޭގައި ރިޝްވަތުގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަންކަމާ ގުޅުން ހުރެގެން ކަސްޓަމްސްގެ ތިން އޮފިސަރެއްގެ މައްސަލަ ފުލުހުން މިހާރު އަންނަނީ ބަލަމުންނެވެ.
އެކަމަކު، ރިޝްވަތުގެ މި ތުހުމަތުގައި ކަސްޓަމްސްގެ ވިއްސަކަށް އޮފިސަރުންގެ ޝާމިލްވުން އޮތް ކަމަށް މައުލޫމާތު އެނގޭ އިސްބޭފުޅަކު "މިހާރު" އަށް ކަށަވަރު ކޮށްދެއްވި އެވެ.
"ނަމަވެސް މި ވަގުތު ތަހުގީގު ކުރިއަށް ގެންދަނީ ތިން މީހެއްގެ ކަމަށް ވަނީ އެނގިފައި،" އޭނާ ވިދާޅުވި އެވެ.
އެ މައްސަލަތަކާ ގުޅުން ހުރި ބައެއް ކަންކަން ރައްޔިތުންގެ މަޖިލިހުގެ 241 ކޮމިޓީ އަށް ވެސް ވަނީ ހުށަހަޅައިފަ އެވެ. އަދި ކޮމިޓީގެ ބައްދަލުވުންތައް ސިއްރު ކޮށްގެން، ސަރުކާރުގެ ކަމާ ގުޅުން ހުރި އިދާރާތަކުގެ ބައެއް އިސްވެރިންނާ ކޮމިޓީން ސުވާލު ކޮށްފައިވާ ކަމަށް އެނގިފައި ވެ އެވެ.
ޔުނިފޯމް އެޅި މުއައްސަސާތަކާ މެދު ވެސް އިތުބާރު ކޮށްގެން ބަލަން ތިބެވެން ނެތް ކަމަށާއި 241 ކޮމިޓީން ބަލަމުންދާ މައްސަލަތައް ނިމުމުން، މަސްތުވާތަކެތީގެ މައްސަލަ ފަދަ ކަންކަމުގައި ވެސް ހައްލުތަކެއް ހުށަހަޅުއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް މިދިޔަ ޑިސެމްބަރު މަހު ވިދާޅުވެފައި ވެ އެވެ.
"އަޅުގަނޑުމެންނަށް ފެނިފައި އެބަހުރި ކަސްޓަމްސްގެ އިހުމާލު ވެސް ވަރަށް ބޮޑަށް އޮތް މަންޒަރު. އިރާދަކުރެއްވިއްޔާ 241 ކޮމިޓީން މިހާރު ބަލަމުންދާ މައްސަލަތައް ނިމުނީމާ އެކަށީގެންވާ ހަރުކަށި އަދި ތަންފީޒު ކުރެވޭ ފަދަ ހައްލުތަކެއް ސަރުކާރަށް ހުށަހަޅާނަން. އަޅުގަނޑުމެންނަށް ނެތް ޔުނިފޯމް އެޅި މުއައްސަސާތަކާ މެދު ވެސް އިތުބާރު ކޮށްގެން ބަލަން ތިބެވޭކަށް،" ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުން ނާޒިމް މިދިޔަ މަހުގެ 9 ގައި ވިދާޅުވެފައި ވެ އެވެ.
ރާއްޖެއަށް އެކި ބާވަތުގެ އެއްޗެހި އެތެރެކުރުމުގައި ކަސްޓަމްސްގެ މުވައްޒަފުންގެ އަބަދު ވެސް ތުހުމަތުގެ އިނގިލި ދިއްކުރެ އެވެ.
ހިޔާނާތުގެ މައްސަލަ ބަލާތާ 5 މަސް، ފިޔަވަޅެއް ނާޅާ
46 ކިލޯގެ ޑްރަގްސް ގެއްލުނު މައްސަލަ މަޖިލީހަށް
އެންއައިސީއަށް ކުރިމަތިލި ބޭފުޅުންގެ ނަންތައް ކޮމިޓީއަށް
ހަ ކިލޯގެ މަސްތުވާތަކެއްޗާ އެކު ދެ މީހަކު ހައްޔަރު
މުހައްމާ ފުލުސް އޮފީހަށް ހާޒިރު ކުރުން ފަސްކޮށްފި
"ބަޣާވާތާ" ގުޅޭ ބައެއް މައްސަލަތައް ޕީޖީއަށް ފޮނުވަނީ
"އަލީ ހަމީދުގެ ދަބަހަކުން 3.4 މިލިއަން ފެނިފައިވޭ"
މެމްބަރު އިލްހާމް އަދި ވެސް ނުފެނޭ: ފުލުހުން
މެމްބަރު ސިނާން ފުލުހުންނާ އަމިއްލައަށް ހަވާލުވެއްޖެ
އަނެއްކާ ވެސް ފާރިސް ހައްޔަރު ކޮށްފި