Roadha Mihaaru
ގިނަ އަދަދެއްގެ އޫރުމަހާއި ބަނގުއާވި ނައްތާލައިފި

1،200 ކިލޯގެ އޫރުމަހާއި 9،000 ލީޓަރުގެ ބަނގުއާވި ނައްތާލައިފި

18 އޯގަސްޓް 2021

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރަލާއި ބަނގުއާވި އަދި އޫރު މަސް ނައްތާލައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރަލާއި ބަނގުއާވި އަދި އޫރު މަސް ނައްތާލައިފި އެވެ.

އޭގެ ތެރޭގައި 489 ލީޓަރުގެ ބަނގުރަލާއި 9،922 ލީޓަރުގެ ބަނގުއާވި އަދި 1،264 ކިލޯގެ އޫރު މަސް ހިމެނެ އެވެ.

ކަސްޓަމްސް އިން ކުރި އިއުލާނެއްގައި ބުނީ މިދިޔަ ހޮނިހިރު ދުވަހު މި ތަކެތި ނައްތާލައިފައި ވަނީ ތިލަފުށީގެ ކުނި ނައްތާލަ ސަރައްހަދުގައި ކަމަށެވެ.

ކަސްޓަމްސް އިން އޫރު މަހާއި ބަނގުރަލާއި ބަނގުއާވި ނައްތާލަނީ.-- ފޮޓޯ: ކަސްޓަމްސް

ކަސްޓަމްސް އިން އޫރު މަހާއި ބަނގުރަލާއި ބަނގުއާވި ނައްތާލަނީ.-- ފޮޓޯ: ކަސްޓަމްސް

އެ އިއުލާނުގައި ބުނީ، އެއީ ކަސްޓަމްސްގެ އާންމު ގަވާއިދުގެ 269 ވަނަ މާއްދާގެ ދަށުން، ބޮންޑެޑް ވެއާހައުސްގައި ހުންނަ މުދާ ހަލާކުވުމުން ނުވަތަ މުއްދަތު ހަމަވުމުން ނުވަތަ އެ ނޫން ވެސް ސަބަބަކާ ހުރެ ނައްތައިލުމުގައި ކަސްޓަމްސް އިން އަމަލުކުރާ އުސޫލުގެ ދަށުން ނައްތައިލި ތަކެތި ކަމަށެވެ.

ކަސްޓަމްސްގެ އިތުރުން ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ވެސް ވަނީ މިދިޔަ ޖޫން މަހު ނައްތާލައިފަ އެވެ. އެއީ 71 މައްސަލައެއްގައި ހިމެނޭ 2،000 ވުރެ ގިނަ ބަނގުރާ ފުޅި ކަމަށް ފުލުހުން ބުނެ އެވެ.