Roadha Mihaaru
މައުމޫންގެ ވަކީލު ޝަމީމް ޕޮލިހަށް ހާޒިރުވާން އަންގައިފި

މައުމޫންގެ ވަކީލު ޝަމީމް ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި

15 ފެބުރުއަރީ 2018

ގާނޫނާ ޚިލާފަށް ވެރިކަން ވައްޓާލުމަށް ރިޝްވަތު ދިނުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ ހުސެއިން ޝަމީމް މިރޭ ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި އެވެ.

ގާނޫނާ ޚިލާފަށް ވެރިކަން ވައްޓާލުމަށް ރިޝްވަތު ދިނުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ ހުސެއިން ޝަމީމް މިރޭ ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި އެވެ.

މިރޭ 8:00 އަށް ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަ ޖެނެރަލް ޝަމީމް ފުލުސް އޮފީހަށް ހާޒިރުވާން އެންގީ ފުލުހުން ތަހުގީގު ކުރަމުން އަންނަ މައްސަލައަކާ ގުޅިގެން ހޯދާފައިވާ ހެއްކާ ބެހޭ ގޮތުން، މިދިޔަ އަންގާރަ ދުވަހު ބޭއްވި ނިއުސް ކޮންފަރެންސްގައި ދޮގު މައުލޫމާތު ދީފައިވާ ކަމުގެ ތުހުމަތަށް ސުވާލުކޮށް ބަޔާން ނެގުމަށް ކަމަށް ފުލުހުން ފޮނުވި ޗިޓުގައި ވެ އެވެ.

މައުމޫނާއި އެމަނިކުފާނުގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން އަދި ދަނބިދަރިކަލުން މުހައްމަދު ނަދީމްގެ ގާނޫނީ ޓީމުން މިދިޔަ އަންގާރަ ދުވަހުގެ ރޭ ބޭއްވި ނިއުސް ކޮންފަރެންސްގައި ޝަމީމް ވަނީ އެ ތަހުގީގު ކުރިއަށް ގެންދާ ގޮތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

އޭނާ ވިދާޅުވީ، ބަޣާވާތަކުން ވެރިކަން ވައްޓާލަން އުޅުއްވި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ސިޔާސީ ބޭފުޅުންނާ ގުޅުން ހުރި ކަމަށް ބުނާ ކަޅު ފޮއްޓެއް ފުލުހުންނަށް ފެނުނީ، ގެއަކުން އެ ފޮށި ފެންނާނެ ކަމަށް ރައީސް އަބްދުﷲ ޔާމީނަށް "އިލްހާމްވެފައި" ވަނިކޮށް ކަމަށެވެ. އަދި އެކަމާ ގުޅިގެން ޝަމީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

މީގެ އިތުރުން، ގާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ބައެއް ބޭފުޅުންގެ ފަރާތްޕުޅުން ތަހުގީގަށް އެއްބާރުލުން ނުދޭ ކަމަށް ފުލުހުން ބުނެފައިވާ މައްސަލާގައި ޝަމީމް ވިދާޅުވީ މައުމޫން ހައްޔަރުކުރިތާ 180 ގަޑިއިރު ވެެގެން ދިޔައިރު، އެއްވެސް ސުވާލެއް ނުކުރާ ކަމަށެެެވެ. އެހެންވެ ތަހުގީގަށް އެއްބާރުލުންނުދޭ ކަމަށް ނުބުނެވޭނެ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.