14 ފެބުރުއަރީ 2018
ވެރިކަން ވައްޓާލަން އުޅުމާއި ރިޝްވަތުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާ، ރައީސްގެ މަނއދޫބެްްގެ ގޮތުން ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު މިއަދު ބައްދަލު ކުރައްވައިފި އެވެ.
ވެރިކަން ވައްޓާލަން އުޅުމާއި ރިޝްވަތުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާ، ރައީސްގެ މަނއދޫބެްްގެ ގޮތުން ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު މިއަދު ބައްދަލު ކުރައްވައިފި އެވެ.
މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދޫނިދޫ ޖަލުގައި ތިއްބެވި އެ ބޭފުޅުންނާ ބައްދަލު ކުރެއްވީ ރައީސް އަބްދުﷲ ޔާމީންގެ މަންދޫބެއްގެ ހައިސިއްޔަތުން ކަމަށެވެ. އަދި އެ ތިން ބޭފުޅުން ވެސް ތިއްބެވި ތަނާއި ހާލުކޮޅު ބައްލަވާލައްވާފައިވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އެކަމަކު އިތުރު ތަފުސީލެއް ނުދެއްވަ އެވެ.
"Raeesul Jumhooriyyaa ge khaassa mandhoob" egge haisiyyathun alhugandu Raees Maumoon, Usthaz Abdulla Saeed, Usthaz Ali Hameed aa bahdhalu koh e 3 beyfulhunge haalukolhu balaifin. 3 beyfulhunge sihhee haalukolhaa, hunnavaa thanaa behey mauloomaath fadha kankan olhun filuvin.
— Dr.Mohamed Muizzu (@MMuizzu) February 14, 2018
މި މަހުގެ ފަސް ވަނަ ދުވަހުގެ ރޭ ކުއްލި ހާލަތު އިއުލާނުކޮށް، ހައްޔަރު ކުރި މި ތިން ބޭފުޅުންގެ ހާލު ސަރުކާރުން ފުރަތަމަ ފަހަރަށް މި ބެލީ، އެ ބޭފުޅުންގެ ސިއްހީ ހާލަތާއި ތިއްބެވި ގޮޅީގެ ހާލަތާ މެދު އާއިލާތަކުންނާއި ވަކީލުން ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ.
އެގޮތުން ފަނޑިޔާރު އަލީ ހަމީދު ޖަލަށް ލެއްވިތާ މާގިނަ ދުވަހެއް ނުވަނީސް ހާލު ދެރަވެގެން އައިޖީއެމްއެޗުގައި ވަނީ އެޑްމިޓްކޮށްފަ އެވެ. އަދި ހޮސްޕިޓަލުން ދޫކޮށްލެއްވުމާއެކު ދޫނިދޫއަށް ބަދަލު ކުރެއްވި ނަމަވެސް ހާލު އެންމެ ރަނގަޅު ނޫން ކަމަށް އާއިލާއިން ބުނެ އެވެ.
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަކީ ޑައިބެޓިކް ބޭފުޅެއް ކަމަށާއި އެކަމަކު ފޮނުވި ބޭސް އެ މަނިކުފާނަށް ލިބިވަޑައިނުގަންނަވާ ކަމަށް ބުނެ އުއްތަމަ ފަނޑިޔާރުގެ އާއިލާއިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި އެ މަނިކުފާނުގެ ބަލި ހާލަތަށް ނުބަލައި، ވަރަށް ގިނައިން ހަކުރު އަޅައިގެން ސައި ގެންގޮސްފައިވާއިރު މިދިޔަ ހޯމަ ދުވަހު އެ މަނިކުފާނު ފަރިއްކުޅުވުމަށް ގެންދިޔައީ ގަރުދިޔަ އާއި ބަތާ އެއްކޮށްފައި ބާލިދީއެއްގައި ކަމަށް އާއިލާއިން ބުންޏެވެ.
އެ މަނިކުފާނުގެ ވަކީލުން ސިފަ ކުރައްވާ ގޮތުގައި އުއްތަމަ ފަނޑިޔާރު ހުންނެވީ އިންސާނަކު ބަހައްޓަން އެކަށީގެންވާ ފަދަ ތަނެއްގައެއް ނޫނެވެ. އާއިލާއިން ބުނިގޮތުގައި އެތަން ސިފަ ވަނީ ޖަނަވާރު ގެންގުޅޭ ޒުލެއްގެ ކޮއްޓެއްހެންނެވެ.
ރާއްޖޭގައި ގާނޫނީ ގޮތުން އުފެދިފައި އޮތް ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ރައީސް މައުމޫނާއި ދެ ފަނޑިޔާރުންނާއެކު މިހާތަނަށް 13 މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދާއި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި ވިލާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި ވިލާގެ ޗެއާމަން ގާސިމް އިބްރާހީމްގެ ދަރިކަލުން އިބްރާހިމް ސިޔާދު ގާސިމް ހިމެނިވަޑައިގަންނަވަ އެވެ.
މިނިސްޓަރު އާދަމް ޝަރީފް، މައުމޫނާ ބައްދަލުކުރައްވައިފި
"މައުމޫން ވިދާޅުވީ ހުރިހާ ކަމެއް ރަނގަޅު ކަމަށް"
ރާއްޖެއަށް ބޭނުމީ ދިވެހިންގެ އަމިއްލަ ހައްލެއް: ޗައިނާ
އިތުބާރު ކުރަންޖެހޭ ޖުޑިޝަރީގެ ހާލަތު!
ބަންދުގައި ތިބި މީހުން ގެއަށް ނުފޮނުވަނީ ހެކިނުދޭތީ
"އިންސާނިއްޔަތަށްޓަކައި ނަމަވެސް ގެއަށް ބަދަލުކޮށްދީ"
ޓެރަރިސްޓުން؟ ހަގީގަތުގައި ވެސް ޓެރަރިސްޓުންތަ؟
ކުއްލި ހާލަތަށް ފަހު ވެސް ލީޑަރުން މިނިވަނެއް ނުވާނެ
މައުމޫނާއި ފަނޑިޔާރުންނާ މެދު ޕީޖީން ގޮތެއް ނުނިންމާ
މައުމޫނާއި ފަނޑިޔާރުންގެ މައްޗަށް ދައުވާކުރަންފޮނުވައިފި