Roadha Mihaaru
މިނިސްޓްރީން ނުކުންނާނީ ޖަވާބެއް ލިބުނީމާ: އިއްތިހާދު

މިނިސްޓްރީން ނުކުންނާނީ ކާނިވާ ދޫކުރުމާ މެދު ގޮތެއް ނިންމީމާ: އިއްތިހާދު

13 ޖުލައި 2016

އިދިކޮޅު އިއްތިހާދުގެ ޖަލްސާ ކާނިވާ ސަރަހައްދުގައި ބޭއްވުމަށް އެދި ހައުސިން މިނިސްޓްރީ އަށް ފޮނުވި ސިޓީގެ ޖަވާބު ހޯދުމަށް އެ މިނިސްޓްރީ އަށް ގޮސް ތިއްބެއްވި ބޭފުޅުން އެ ތަނުން ނުކުންނާނީ ނޫނީ އެ ކަމާ މެދު މިނިސްޓްރީން ވަކި ގޮތެއް ނިންމެވުމުން ކަމަށް ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އިދިކޮޅު އިއްތިހާދުގެ ޖަލްސާ ކާނިވާ ސަރަހައްދުގައި ބޭއްވުމަށް އެދި ހައުސިން މިނިސްޓްރީ އަށް ފޮނުވި ސިޓީގެ ޖަވާބު ހޯދުމަށް އެ މިނިސްޓްރީ އަށް ގޮސް ތިއްބެއްވި ބޭފުޅުން އެ ތަނުން ނުކުންނާނީ ނޫނީ އެ ކަމާ މެދު މިނިސްޓްރީން ވަކި ގޮތެއް ނިންމެވުމުން ކަމަށް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު މިއަދު ވިދާޅުވި ގޮތުގައި އިދިކޮޅު ފިކުރުގެ ބޭފުޅުން ހައުސިން މިނިސްޓްރީގައި ތިއްބަވާތާ މިހާރު ދެ ގަޑިއިރު ވެއްޖެ އެވެ. ނަމަވެސް ސިޓީގެ ޖަވާބު އަދިވެސް ލިބިފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހައުސިން މިނިސްޓްރީ އަށް ފޮނުވި ސިޓީގެ ޖަވާބު ލިބެންދެން މަޑުކޮށްގެން މިތިބީ. އެކެއް ޖެހީއްސުރެ މިނިސްޓްރީގައި މި ތިބީ،" އަނަސް ވިދާޅުވި އެވެ.

ހައުސިން މިނިސްޓްރީގައި ތިއްބެވި ބޭފުޅުންގެ ތެރޭގައި އަނަސްގެ އިތުރުން އިއްތިހާދުގެ ތަރުޖަމާނު އަހުމަދު މަހްލޫފް، މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝިފާ މުހައްމަދު، އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒް، މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް، އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ހިމެނިވަޑައިގަންނަވަ އެވެ.

އިދިކޮޅު އިއްތިހާދުގެ ބައެއް ބޭފުޅުން ހައުސިން މިނިސްޓްރީގައި. ޖަވާބެއް ލިބެން ދެން އެތަނުގައި ތިއްބަވާނެ ކަމަށް އެބޭފުޅުން ވިދާޅުވި. - ފޮޓޯ: މަހްލޫފް

އިދިކޮޅު އިއްތިހާދުގެ ބައެއް ބޭފުޅުން ހައުސިން މިނިސްޓްރީގައި. ޖަވާބެއް ލިބެން ދެން އެތަނުގައި ތިއްބަވާނެ ކަމަށް އެބޭފުޅުން ވިދާޅުވި. - ފޮޓޯ: މަހްލޫފް

އިއްތިހާދުގެ ޖަލްސާ ބާއްވަން ކާނިވާ ސަރަހައްދު ހޯދަން މިނިސްޓްރީ އަށް ފޮނުވި ސިޓީގެ ޖަވާބު ނުލިބޭތީ ސިޓީގެ ޖަވާބު ހޯދަން ނިޔާޒްގެ އިތުރުން ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. މުސްތަފާ ލުތުފީ ވެސް އިއްޔެ މިނިސްޓްރީ އަށް ވަޑައިގެންނެވި އެވެ. އެކަމަކު މިހާތަނަށް އައިއިރު ސިޓީގެ ޖަވާބެއް ނުލިބެ އެވެ.

އިއްތިހާދުގެ ޖަލްސާ މާދަމާ ރޭ ބާއްވަން ކާނިވާ ސަރަހައްދު ދޫކޮށްދިނުމަށް އެދި އެމްޑީޕީން ސިޓީ ފޮނުވިތާ މަހަކަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. އެކަމަކު ކާނިވާ ސްޓޭޖް ސަރަހައްދު ކުއްޔަށް ހިފާފައިވާ ފަރާތަށް އެހެން ބަޔަކަށް ހުއްދަ ދޫކުރެވޭނީ، ހައުސިން މިނިސްޓްރީގެ ރަސްމީ ހުއްދައެއް ލިބިގެން ކަމަށްވެ އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ އިއްތިހާދުގެ ޖަލްސާ ބޭއްވުމަށް މަގު ފަހިކޮށްދިނުމަށް އިލެކްޝަންސް ކޮމިޝަނުން ކުރަން ޖެހޭ ކަންކަން ހަލުވިކަމާ އެކު ކުރާނެ ކަމަށެވެ. އަދި ސިޔާސީ ޕާޓީތަކަށް ހުރި ހުރަސްތައް ނައްތާލަން އަބަދުވެސް މަސައްކަތް ކުރާ ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.

ޖަލްސާތައް ބޭއްވުމުގެ ހުއްދަ ނުދެނީ، އިދިކޮޅު ސިޔާސީ ފަރާތްތަކަށް ހުރަސް އަޅަން ކަމަށާއި ހުއްދަ ނުދޭކަން އިލެކްޝަންސް ކޮމިޝަނާއި ފުލުހުންނަށް ވެސް އެނގޭނެ ކަމަށް އެމްޑީޕީން ވަނީ ބުނެފަ އެވެ.