05 ސެޕްޓެމްބަރ 2018
ރިޔާސީ އިންތިޚާބުގެ ކެމްޕެއިނާ ދިމާކޮށް، އިދިކޮޅު އިއްތިހާދުން އަންނަ ހޮނިހިރު ދުވަހުގެ ރޭ މާލޭގައި ބާއްވާ ޖަލްސާއިން އަޖައިބު ކުރަނިވި ކަންތައްތަކެއް ފެންނާނެ ކަމަށް އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް މިއަދު ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިޚާބުގެ ކެމްޕެއިނާ ދިމާކޮށް، އިދިކޮޅު އިއްތިހާދުން އަންނަ ހޮނިހިރު ދުވަހުގެ ރޭ މާލޭގައި ބާއްވާ ޖަލްސާއިން އަޖައިބު ކުރަނިވި ކަންތައްތަކެއް ފެންނާނެ ކަމަށް އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް މިއަދު ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ފަރާތްތަކަށް ޖަލްސާއެއް ބޭއްވުމަށް މާލެއިން ބިމެއް ނުދޭތާ ތިން އަހަރެއްހާ ދުވަސް ފަހުން ބާއްވާ އެ ޖަލްސާއާ ގުޅޭ ގޮތުން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޝިފާޒް ވިދާޅުވީ، ސަރުކާރުގެ ހުއްދަ ވެސް ލިބުނީ އެތައް ފަހަރެއްގެ މަތިން ކުރި މަސައްކަތުން ކަމަށެވެ.
އަލިމަސް ކާނިވާ ސަރަހައްދުގައި ޖަލްސާއެއް ބާއްވަން ހައުސިން މިނިސްޓްރީން އެމްޑީޕީއަށް ހުއްދަ ދިނީ މިދިޔަ ހޯމަ ދުވަހު އެވެ.
"ޖަޒީރާ ރާއްޖެ ބޮޑު ޖަލްސާ" ނަމުގައި ބާއްވާ އެ ޖަލްސާއާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އެމްޑީޕީގެ ނައިބު ރައީސް ވިދާޅުވީ "މުޅި މާލެ ވެސް އޮތީ މިފަދަ ބައްދަލުވުމަކަށް ކެތް މަދުވެފައި" ކަމަށެވެ.
"މާލޭގައި ދިރިއުޅޭ އަތޮޅުތެރޭގެ ރައްޔިތުން ވެސް ތިބީ މިފަދަ ބައްދަލުވުމަކަށް ކެތް މަދުވެފައި. އިރާދަކުރެއްވިއްޔާ މި ބައްދަލުވުން ވެގެންދާނެ، މާލޭގައި މި ފަހުގެ ތާރީޚުގައި ބާއްވާނެ އަޖައިބު ކުރަނިވި، އަދި އިންތިހާއަށް ޝައުގުން ފުރިގެންވާ ބައްދަލުވުމަކަށް،" ޝިފާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، މި މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ނުކުންނަވާ ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް ޔާމީންގެ ވެރިކަމަށް ނިމުމެއް އަތުވެއްޖެ ކަމުގެ ފުރިހަމަ ޔަގީންކަން އެ ޖަލްސާ އިން ފެންނާނެ އެވެ.
"ރޭގަ ފެނިގެން ދިޔައީ ޓީޗަރުން ބިރުފަހަނައަޅައި ނުކުމެ، މި އަނިޔާވެރިވެރި ކަމުން ސަލާމަތް ވާން މަސައްކަތް ފެއްޓެވި ތަން. އޭގެ ކުރީ ދުވަހު ވެސް ފެނިގެންދިޔައީ ހަމަ އެފަދަ މަންޒަރެއް،" އިސްކަންދަރު ސްކޫލްގެ ބައެއް ޓީޗަރުންނާއި އެހެނިހެން ބައެއް މުވައްޒަފުން، އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާ އެކު ރޭ ބޭއްވި ބައްދަލުވުމަށް އިޝާރާތް ކުރައްވަމުން ޝިފާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އިދިކޮޅު ޕާޓީތަކުން ބޮޑު ޖަލްސާއެއް މާލޭގައި ބާއްވަން ތައްޔާރުވަމުން އަންނައިރު، އެމްޕީއެލް އާއި ކަސްޓަމްސް ފަދަ ތަންތަނުގެ މުވައްޒަފުން ބިރު ފަހަނައަޅައި ނުކުންނަން ތައްޔާރު ވަމުންދާ އަޑު އިވޭ ކަމަށެވެ. އޭގެ އިތުރުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާއި ސަރުކާރުގެ އެހެން ކުންފުނިތަކުގެ މުވައްޒަފުން ވެސް ނުނިކުންނަންވީ އެއްވެސް ސަބަބެއް ނެތް ކަމަށް ޝިފާޒް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ކެންޑިޑޭޓް ވަނީ ހާމަކުރައްވާފައި އިރާދަކުރެއްވިއްޔާ އެ މަނިކުފާނުގެ ސަރުކާރެއްގައި މިހާރު މިއޮތް އަނިޔާވެރި ވެރިކަމުން، އަނިޔާވެރިކަމާ އެކު ވަޒީފާއިން ވަކިކުރާ ފަރާތްތަކަށް އަދި ބިރު ދައްކައި ސަސްޕެންޑް ކުރާ ފަރާތްތަކާއި އަދި ނިގުޅައިގެންފައިވާ ވިޔަފާރިތަކަށް އިންސާފު ލިބިގެންދާނެ ވެރިކަމަށް ހަދައިދޭނެ ކަމަށް ވައުދުވެވަޑައިގެންފައި،" އޭނާ ވިދާޅުވި އެވެ.
ޝިފާޒް ވިދާޅުވީ އެއްވެސް ކުންފުންޏެއްގެ އެއްވެސް މުވައްޒަފަކު ބިރުން ފަހަތަށް ޖެހެންވީ ސަބަބެއް ނެތް ކަމަށެވެ.
އިދިކޮޅު ކޯލިޝަނުން ހޮނިހިރު ދުވަހުގެ ރޭ މާލޭގައި ބޮޑު ޖަލްސާއެއް ބާއްވާއިރު، ވެރިކަން ކުރާ ޕާޓީ، ޕީޕީއެމުން ވެސް އަންނަނީ ހުކުރު ދުވަހުގެ ރޭ އެފަދަ ބޮޑު ޖަލްސާއަކަށް ތައްޔާރުވަމުން ކަމަށް އެ ޕާޓީން ވެސް ވަނީ ބުނެފަ އެވެ.
އެމްޑީޕީއަށް ދޫކުރީ ކާނިވާ ސަރަހައްދު
ތިން އަހަރަށް ފަހު އިދިކޮޅު ޖަލްސާއަކަށް ކާނިވާ ބިން!
ބިން ވިއްކަނީ ސަރުކާރުގައި ފައިސާ ނެތިގެން: އިންތި
ޕީޕީއެމަށް މާލޭގައި ކޮންމެ ކަމެއް "ރާސްޓަސް"!
ކެމްޕޭން ޖަލްސާ ބާއްވަން އެމްޑީޕީއަށް ކާނިވާ ނުލިބުނު
މިނިސްޓްރީން ނުކުންނާނީ ޖަވާބެއް ލިބުނީމާ: އިއްތިހާދު
"ހައުސިން ވެސް އިހުމާލުވޭ، ވަޒީރު ދުރުކުރަންޖެހޭ"
މޭޔަރު މުއިއްޒަށް އެއްބާރުލުން ލިބޭނެ: އެމްޑީޕީ
ރައްޔިތުން ނިންމާނީ ރަނގަޅަށް: ޑރ. މުއިއްޒު
އެމްޑީޕީއަށް ފައިދާ އޮތީ އަޅުގަނޑު ހޮވައިގެން:މުއިއްޒު