06 ޖޫން 2018
އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީ މި މަހު ފަހުކޮޅު ބާއްވާ "އާދަޔާ ޚިލާފު" ކޮންގްރެސް އަށް ދަރުބާރުގެ ދޫނުކުރާ ގޮތަށް ހައުސިން މިނިސްޓްރީން ނިންމައިފި އެވެ.
އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީ މި މަހު ފަހުކޮޅު ބާއްވާ "އާދަޔާ ޚިލާފު" ކޮންގްރެސް އަށް ދަރުބާރުގެ ދޫނުކުރާ ގޮތަށް ހައުސިން މިނިސްޓްރީން ނިންމައިފި އެވެ.
އެމްޑީޕީން ބުނީ އެ ޕާޓީގެ ކޮންގްރެސް މި މަހުގެ 30،29 ގައި ބޭއްވުމަށް ގައުމީ މަޖިލީހުން ނިންމާފައިވާ ކަމަށެވެ. ޕާޓީގެ އަސާސީ ގަވައިދުގައިވާ ގޮތުން ކޮންގްރެސްގައި 1،200 މެމްބަރުން ބައިވެރިވުމުގެ ހައްގު ލިބިގެންވާ ކަމަށް އެ ޕާޓީން ބުންޏެވެ.
އެހެންވެ، އެހާ ގިނަ ބަޔަކު ބައިވެރިވާ ކޮންގްރެސްއެއް ބޭއްވޭނެ ޖާގަ އޮތް ހަމައެކަނި ތަނަކީ ދަރުބާރުގެ ކަމަށް ވާތީ، މި މަހުގެ 28 އިން 30 ގެ ނިޔަލަށް ދަރުބާރުގެ ދޫކޮށްދިނުމަށް އެމްޑީޕީން ވަނީ ހައުސިން މިނިސްޓްރީގައި އެދިފަ އެވެ.
އެ މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ، ކޮންގްރެސް ބޭއްވުމަށް ދަރުބާރުގެ ދޫކޮށްދިނުމަށް އެދި އެމްޑީޕީން ހުށަހެޅިޔަސް، އެކަން ކޮށްދެވެން ނެތީ އެ ތާރީޚަށް އެތަން ބުކް ކޮށްފައި ވާތީ ކަމަށެވެ. އެކަމާ ގުޅިގެން، އިތުރު ތަފްސީލެއް އޮފިޝަލް ނުދެއްވަ އެވެ.
"އެ ތާރީޚުގައި ދަރުބާރުގެ އޮތީ ފުލްކޮށް. އެހެންވެ، ދޫކުރެވެން ނެތީ އެމްޑީޕީ އަށް،" އޮފިޝަލް ވިދާޅުވި އެވެ.
އެމްޑީޕީން ކުރިން ބުނެފައިވާ ގޮތުގައި، ކޮންގްރެސްގައި މައިގަނޑު ގޮތެއްގައި އޮންނާނީ، މެމްބަރުންގެ މެދުގައި މަޝްވަރާ ކޮށް، ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް ޕާޓީގެ ސިޔާސަތުތައް ކަނޑައެޅުމެވެ.
އެމްޑީޕީގެ އިތުރުން، ޖުމްހޫރީ ޕާޓީން ވެސް ވަނީ މި މަހުގެ ފަހުކޮޅު ކޮންގްރެސް ބޭއްވުމަށް ނިންމައިފަ އެވެ. ޖޭޕީން ކޮންގްރެސް ބޭއްވުމަށް ދަރުބާރުގެ ހޯދަން ހުށަހެޅުމުން، އެ ހުއްދަ ދެވެން ނެތް ކަމަށް ހައުސިން މިނިސްޓްރީން އަންގާފައިވާ ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ. އެހެންވެ، ޖުމްހޫރީ ޕާޓީގެ ކޮންގްރެސް ބާއްވަން ނިންމާފައި އޮތީ ޕެރެޑައިސް އައިލެންޑް ރިސޯޓުގަ އެވެ. އިދިކޮޅު ފަރާތްތަކުން ބާއްވާ އެކި ހަރަކާތްތަކަށް ސަރުކާރުގެ ތަންތަން ނުދޭ މައްސަލަ މީގެ ކުރިން ވެސް ދިމާވި އެވެ.
އެމްޑީޕީގެ އާދަޔާ ޚިލާފު ކޮންގްރެސް މި މަހު އޮންނަ އިރު، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް، އެ ޕާޓީން ބޭއްވި ޕްރައިމަރީން ވަނީ ކަނޑައަޅައިފަ އެވެ.
އެމްޑީޕީގެ ކޮންގްރެސް އުކުޅަހުގައި ބާއްވަން ނިންމައިފި
އެމްޑީޕީގެ ކޮންގްރެސް އަށް ދަރުބާރުގެ ދޭން އެދިއްޖެ
އޮފިޝަލުންނަށް ތުހުމަތާ އެކު ފޯކައިދޫގައި ހަމަނުޖެހުން
ޕާޓީތައް ސަސްޕެންޑުކުރުން: އިސްލާހުވުމުގެ ފުރުސަތެއް؟
އެމްޑީޕީގެ މެމްބަރުންގެ އަދަދު ބައިލައްކައަށް އަރައިފި
އިބޫގެ ތަހުގީގެއް ފެށުމުން ޖަރުމަނުން ކަންބޮޑުވެއްޖެ
އިދިކޮޅު ކޯލިޝަންގެ ޖަލްސާ ބާއްވަން ދަރުބާރުގެ ދެނީ
ރަޖިސްޓްރޭޝަން ލަސްވުމުގައި ޒިންމާވާނެ ބަޔަކު ނެތް
"ކެމްޕެއިނަށް ފުރުސަތު ލިބޭނެ ކަމަށް އުއްމީދު ކުރަން"
"ވޯޓު ފޮށި ބަހައްޓަން ރިސޯޓުތަކުން ދެކޮޅެއް ނޫން"