04 ޖޫން 2018
އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ "އާދަޔާ ޚިލާފު" ކޮންގްރެސް ބޭއްވުމަށް ދަރުބާރުގެ ދޫކޮށްދިނުމަށް އެދި، އިލެކްޝަންސް ކޮމިޝަން (އީސީ) ގައި އެ ޕާޓީން މިއަދު އެދިއްޖެ އެވެ.
އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ "އާދަޔާ ޚިލާފު" ކޮންގްރެސް ބޭއްވުމަށް ދަރުބާރުގެ ދޫކޮށްދިނުމަށް އެދި، އިލެކްޝަންސް ކޮމިޝަން (އީސީ) ގައި އެ ޕާޓީން މިއަދު އެދިއްޖެ އެވެ.
އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ސޮއި ކުރައްވައި އިލެކްޝަންސް ކޮމިޝަނަށް ފޮނުއްވި ސިޓީއެއްގައި ބުނެފައިވަނީ އެ ޕާޓީގެ ކޮންގްރެސް މި މަހުގެ 29 އަދި 30 ގައި ބޭއްވުމަށް ގައުމީ މަޖިލީހުގެ 163 ވަނަ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.
އެމްޑީޕީގެ އަސާސީ ގަވައިދުގައިވާ ގޮތުން ކޮންގްރެސްގައި 1200 އަށް ވުރެ ގިނަ މެމްބަރުންނަށް ބައިވެރިވުމުގެ ހައްގު ލިބިގެންވާ ކަމަށް ވެސް އަނަސްގެ ސިޓީގައި ބުނެފައިވެ އެވެ. އެހެންވެ، ކޮންގްރެސް ބޭއްވޭނެ ޖާގަ އޮތް ހަމައެކަނި ތަނަކީ ދަރުބާރުގެ ކަމަށް ވެސް ސިޓީގައިވެ އެވެ.
ކޮންގްރެސް ބޭއްވުމަށް ދަރުބާރުގެ ދޫކޮށް ދިނުމަށް އެދި، މީގެކުރިން އެމްޑީޕީން ވަނީ ހައުސިން މިނިސްޓްރީ އަށް ވެސް ހުށަހަޅައިފަ އެވެ.
އެމްޑީޕީން ބުނި ގޮތުގައި ކޮންގްރެސްގައި މައިގަނޑު ގޮތެއްގައި އޮންނާނީ، މެމްބަރުންގެ މެދުގައި މަޝްވަރާ ކޮށް، ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް ޕާޓީގެ ސިޔާސަތުތައް ކަނޑައެޅުމެވެ.
އެމްޑީޕީގެ އިތުރުން، ޖުމްހޫރީ ޕާޓީން ވެސް ވަނީ މި މަހުގެ ފަހުކޮޅު ކޮންގްރެސް ބޭއްވުމަށް ނިންމައިފަ އެވެ. ޖޭޕީން ކޮންގްރެސް ބޭއްވުމަށް ދަރުބާރުގެ ހޯދަން ހުށަހެޅުމުން، އެ ހުއްދަ ދެވެން ނެތް ކަމަށް ހައުސިން މިނިސްޓްރީން އަންގާފައިވާ ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ. އިދިކޮޅު ފަރާތްތަކުން ބާއްވާ އެކި ހަރަކާތްތަކަށް ސަރުކާރުގެ ތަންތަން ނުދޭ މައްސަލަ މީގެ ކުރިން ވެސް ދިމާވި އެވެ.
އެމްޑީޕީގެ އާދަޔާ ޚިލާފު ކޮންގްރެސް މި މަހު އޮންނަ އިރު، އެ ޕާޓީގެ ރިއާސީ ޕްރައިމަރީ ބާއްވައި ރިއާސީ ކެންޑިޑޭޓް އިންތިހާބު ކޮށްފަ އެވެ. އެމްޑީޕީން ބުނި ގޮތުގައި އެއްވެސް ވާދަވެރިކަމެއް ނެތި ޕްރައިމަރީ ކާމިޔާބު ކުރައްވައި 43،000 މެމްބަރުންގެ ވޯޓުން ޓިކެޓް ހޯއްދެވީ، ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.
އެމްޑީޕީގެ ކޮންގްރެސް އުކުޅަހުގައި ބާއްވަން ނިންމައިފި
އެމްޑީޕީގެ ކޮންގްރެސް އަށް ދަރުބާރުގެ ދުލެއް ނުކުރި
އޮފިޝަލުންނަށް ތުހުމަތާ އެކު ފޯކައިދޫގައި ހަމަނުޖެހުން
ޕާޓީތައް ސަސްޕެންޑުކުރުން: އިސްލާހުވުމުގެ ފުރުސަތެއް؟
އެމްޑީޕީގެ މެމްބަރުންގެ އަދަދު ބައިލައްކައަށް އަރައިފި
އިބޫގެ ތަހުގީގެއް ފެށުމުން ޖަރުމަނުން ކަންބޮޑުވެއްޖެ
ރަޖިސްޓްރޭޝަން ލަސްވުމުގައި ޒިންމާވާނެ ބަޔަކު ނެތް
"ކެމްޕެއިނަށް ފުރުސަތު ލިބޭނެ ކަމަށް އުއްމީދު ކުރަން"
"ވޯޓު ފޮށި ބަހައްޓަން ރިސޯޓުތަކުން ދެކޮޅެއް ނޫން"
ކެންޑިޑޭޓުންނަށް ޚަރަދު ކުރެވޭ މިންވަރު ބޮޑު ކުރަނީ