14 ޖުލައި 2016
ސަރުކާރާ ދެކޮޅަށް އުފައްދާފައިވާ އިދިކޮޅު އިއްތިހާދަކީ ޣައިރު ގާނޫނީ ޖަމާއަތެއް ކަމަށާއި ގައިރު ގާނޫނީ ކަންކަމަށް ހިތްވަރު ލިބޭ ބައްދަލުވުންތައް ނުބޭއްވޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ސަރުކާރާ ދެކޮޅަށް އުފައްދާފައިވާ އިދިކޮޅު އިއްތިހާދަކީ ޣައިރު ގާނޫނީ ޖަމާއަތެއް ކަމަށާއި ގައިރު ގާނޫނީ ކަންކަމަށް ހިތްވަރު ލިބޭ ބައްދަލުވުންތައް ނުބޭއްވޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ހައުސިން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ ޣައިރު ގާނޫނީ ބައްދަލުވުންތައް ބާއްވަން ރާއްޖޭގެ ބިމުގެ "އެންމެ އިންޗި" އެއް ވެސް ނުދޭނެ ކަމަށެވެ. އެކަމަކު ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ސުލްހަވެރިކަމާ އެކު ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަން ކަމަށް ސަރުކާރުން އެއްބާރުލުުން ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޣައިރު ގާނޫނީ ބަޔަކު ބައްދަލުވުންތައް ބާއްވާކަށް ރާއްޖޭގެ ބިމުގެ އެންމެ އިންޗިއެއް ވެސް ނުދޭނަން. --މުއިއްޒު
"ސަރުކާރުން އަބަދުވެސް ތާއީދު ކުރާނެ ގާނޫނު އަސާސީ އާއި ގާނޫނުތަކުން ހެދިފައި ހުރި ގަވާއިދުތަކާ އެއްގޮތަށް ހިޔާލުފާޅުކޮށް ސުލްހަވެރި ބައްދަލުވުންތައް ބޭއްވުމަށް،" މުއިއްޒު ވިދާޅުވި އެވެ.
ހައުސިން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުން. މި ބައްދަލުވުމުގައި ނޫސްވެރިންނަށް ސުވާލު ކުރުމުގެ ފުރުސަތެއް ނުދޭ. - މުހައްމަދު ޝަރުހާން/މިހާރު
ހައުސިން މިނިސްޓަރު ވަނީ ގަވާއިދުތަކާއި ގާނޫނުތަކާ ހިލާފަށް އެމްޑީޕީން ބައްދަލުވުން ބާއްވަން އުޅުމުން އެ ހުއްދަ ބާތިލް ކުރި ކަން ހާމަކުރައްވައިފަ އެވެ. އަދި އެ ހުއްދަ ބާތިލް ކުރީ ސަރުކާރު ބަދަލު ކުރަން އެހެން މަގްސަދެއްގައި، ސުލްހަވެރިކަން ގެއްލޭ ގޮތަށް ކަންކަން ކުރަން އިއުލާން ކުރީމަ ކަމަށް އޭނާ ވިދާޅުވި އެވެ.
ނޫސްވެރިންނަށް ސުވާލުކުރުމުގެ ފުރުސަތު ނުދީ ކުރިއަށް ދިޔަ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ އެމްޑީޕީއަށް ޖަލްސާ ބޭއްވުމުގެ ހުއްދަ ދިނީ ސަރުކާރުން ގެޒެޓްކޮށްފައިވާ ބިންތައް އެކިއެކި އުސޫލުން ދޭ ގޮތާ ގޮތަށް ސުލްހަވެރި ހަރަކާތެއްގެ ގޮތުގައި އެ ބިން ބޭނުން ކުރަން ކަމަށެވެ.
ޖަލްސާ ބާއްވަން ހުއްދަ ދިން ސިޓީގައި، ހުއްދަ ދިން ފަރާތް ނޫން އެހެން ބައެއްގެ ހަރަކާތަކަށް ތަން ބޭނުންކުރާ ނަމަ ހުއްދަ ބާތިލްކުރާނެ ކަމަށް ބުނެފައި ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެމްޑީޕީގެ ރަސްމީ ޓުވިޓާގައި އާއި އެމްޑީޕީ އޮފީހުގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާ ގުޅިފައިވާ އިއްތިހާދުން ސަރުކާރާ އިދިކޮޅަށް، ސަރުކާރު ބަދަލު ކުރަން ޣައިރު ގާނޫނީ ބޭނުންތަކަކަށް ޖަލްސާއެއް ބައްވަން ތަން ލިބިއްޖެ ކަމަށް ބުނެ، ހިތްވަރުދީ ގޮވާލީ." މިނިސްޓަރު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި ކުށެއް ނެތް މައުސޫމް ރައްޔިތުންތަކެއް އެއްކޮށް، މާލޭގެ އަމާންކަން ނަގާލުމަށް ކުރާ ކަންކަމަށް ސަރުކާރުން ފުރުސަތެއް ނުދޭނެ އެވެ. އަދި އިދިކޮޅު ފަރާތްތަކަށް ގައުމު މުހިންމު ނުވިޔަސް، ސަރުކާރުން ގައުމުގެ މަސްލަހަތު ނަގަހައްޓާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ގައުމު ދެކެ ލޯބިނުވާ، އިސްލާމް ދީނަށް ހުރުމަތްތެރިކޮށް ނުހިތާ ބަޔަކަށް މި ސަރުކާރުން ފުރުސަތެއް ނުދޭނަން،" މިނިސްޓަރު ވިދާޅުވި އެވެ.
ސަރުކާރާ ދެކޮޅަށް، އިދިކޮޅު ޕާޓީތައް ގުޅިގެން އުފައްދާފައިވާ އިއްތިހާދުގެ ޖަލްސާ ބާއްވަން މާލެ އިން ތަނެއް ހޯދަން އެދުނީ އެމްޑީޕީގެ ފަރާތުންނެވެ. މީގެ މަހެއްހާ ދުވަސް ކުރިން އެކަމަށް އެދިގެން މަސައްކަތް ކުރި ނަމަވެސް އިއްޔެ އެ ހުއްދަ ލިބުނީ ސިޓީގެ ޖަވާބު ނުދެނީސް ހައުސިން މިނިސްޓްރީން ނުނިކުންނަަވާނެ ވިދާޅުވެ އެތަނުގައި އިދިކޮޅު ބައެއް ބޭފުޅުން ތިން ގަޑިއިރު ވަންދެން ތިއްބެވި ފަހުންނެވެ.
އިއްތިހާދުގެ ޖަލްސާ އަށް ކާނިވާ ދޫކޮށްފި
މިނިސްޓްރީން ނުކުންނާނީ ޖަވާބެއް ލިބުނީމާ: އިއްތިހާދު
މުއިއްޒު؛ ސިފައިން/ފުލުހުންގެ ފްލެޓާ ގުޅުމެއް ނެތް
މުއިއްޒުގެ މައްޗަށް ތަހުގީގެއް ހިންގަން ޖެހޭ: ނަޝީދު
ގޯތި ވިއްކަން އުޅެނީ ފުރައްސާރައަކަށްވާ ގޮތަށް: މާރިޔާ
އެމްޑީޕީއަށް ދޫކުރީ ކާނިވާ ސަރަހައްދު
"ބޮޑު ޖަލްސާ އަކީ އަޖައިބު ބައްދަލުވުމަކަށް ވާނެ"
ތިން އަހަރަށް ފަހު އިދިކޮޅު ޖަލްސާއަކަށް ކާނިވާ ބިން!
ފްލެޓްގެ މައްސަލައިގައި މުއިއްޒަށް ދައުވާ ކުރާނަން
"ސިޔާސީ ހަރަކާތްތަކަށް ބިން ދޫކުރަނީ އިންސާފުން"