Roadha Mihaaru
ތިން އަހަރު ތެރޭ ހުރިހާ ސްކޫލެއް ރިވިއުކޮށް ނިންމަނީ

ތިން އަހަރު ތެރޭ ހުރިހާ ސްކޫލެއް ރިވިއުކޮށް ނިންމަނީ

13 ޖުލައި 2016

ރާއްޖޭގައި ހިންގާ ހުރިހާ ސްކޫލެއް ރިވިއު ކުރުމުގެ މަސައްކަތް ކުރި އަށް އޮތް ތިން އަހަރުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖޭގައި ހިންގާ ހުރިހާ ސްކޫލެއް ރިވިއު ކުރުމުގެ މަސައްކަތް ކުރި އަށް އޮތް ތިން އަހަރުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ސްކޫލުތައް ރިވިއުކުރަން ރާއްޖޭގެ އެކި ކަންކޮޅުތަކުން ކަނޑައެޅި ކޯޑިނޭޓަރުން ތަމްރީނުކުރުމުގެ ދެ ވަނަ ބުރު ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަޒީރު ވިދާޅުވީ ސްކޫލުތައް ރިވިއުކުރުމުގެ ގައުމީ އޮނިގަނޑެއް އެކުލަވާލައި އެ އަށް އަމަލުކުރަން ފަށާފައިވާ ކަމަށެވެ.

"މިހާރު"އާ ވާހަކަދައްކަވަމުން ނަޒީރު ވިދާޅުވީ ސްކޫލުތައް ރިވިއު ކުރާނީ ތިން ދަރަޖައަކަށް ބަލައިގެންނެވެ. އެއީ އާއްމު ސްކޫލުތަކުގެ އިތުރަށް އަތޮޅު ސްކޫލާއި އަތޮޅު ތައުލީމީ މަރުކަޒުގެ ދަރަޖަ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ރިވިއުގައި ސްކޫލުތަކުގައި ކިޔަވައި ދެނީ ކަރިކިއުލަމްގައި ހުރި މަގުސަދުތައް ހާސިލްވާ ގޮތަށްތޯ އާއި ސްކޫލުތަކަށް ދޭ ބަޖެޓުން މާލިއްޔަތު ގާނޫނާ އެއްގޮތަށް ހަރަދު ކުރޭތޯ ބަލާނެ ކަމަށް ނަޒީރު ވިދާޅުވި އެވެ. އަދި ކިޔަވައިދޭން ބޭނުން ކުރާ ވަސީލަތްތަކާ މެދު ބެލެނިވެރިން ހިތްހަމަޖެހޭތޯ ވެސް ބަލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މީގެ މަގުސަދަކީ ޕްރޮފަޝަނަލްކޮށް ސްކޫލުތަކަށް ދިމާވާ މައްސަލަތަކަށް ހައްލު ހޯޯދައި ދިނުން،" ނަޒީރު ވިދާޅުވި އެވެ.

ރާއްޖޭގެ 22 ސްކޫލެއް މިހާތަނަށް ރިވިއުކޮށްފައި ވާއިރު، މި އަހަރު ތެރޭގައި އިތުރު 46 ސްކޫލެއް ރިވިއު ކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.