26 ޖެނުއަރީ 2018
ރާއްޖެ އާއި ހޮން ކޮންގާ އެކު ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) ހެދުމުން ރާއްޖޭގެ ޓޫރިޒަމަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖެ އާއި ހޮން ކޮންގާ އެކު ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) ހެދުމުން ރާއްޖޭގެ ޓޫރިޒަމަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ހޮން ކޮންގާ އެކު ހަދާ އެފްޓީއޭގެ ފަހުގެ މަޝްވަރާ ބައްދަލުވުމަށް ހޮން ކޮންގުގައި މިވަގުތު ހުންނެވި ސައީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެތަނާ އެކު ފެށޭ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ބޮޑެތި ކުރިއެރުންތަކެއް އަންނާނެ ކަމަށެވެ. އަދި މި އެއްބަސްވުމުގެ ސަބަބުން މާލީ ބާޒާރަށް ވެސް ކުރިއެރުންތަކެއް ލިބޭނެ ކަމަށް ސައީދު ވިދާޅުވި އެވެ.
ރާއްޖެ އާއި ހޮން ކޮންގާއެކު އެފްޓީއޭ ގާއިމުކުރުމުގެ ފަހުގެ މަޝްވަރާތައް ކުރިއަށްދަނީ. - ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ
އޭނާ ވިދާޅުވީ ރާއްޖެ އާއި ހޮން ކޮންގާ އެކު ކުރިއަށް ދިޔަ މިނިވަން ވިޔަފާރީގެ ވާހަކަތައް ކާމިޔާބުކަމާ އެކު ނިންމާލާފައިވާ ކަމަށެވެ.
HongKong aai eku feshey minivan viyafaareege ebbasvumuge sababun rajjey ge iqthisaadhah haassakoh maalee baazaarashai fathuruverikamuge sinaathah bodethi kurierunthakeh annaane pic.twitter.com/D1Rx2fz6YB
— Mohamed Saeed (@em_saeed) January 26, 2018
ސައީދު ކުރެއްވި ޓުވީޓު.
އެފްޓީއޭގެ ފަހުގެ މަޝްވަރާތައް ހޮން ކޮންގަށް ސައީދު ވަޑައިގަތީ މިދިޔަ ބުދަ ދުވަހު އެވެ.
ރާއްޖެ އާއި ހޮން ކޮންގާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމްކުރުމުގެ މަޝްވަރާތައް ފަށާފައި ވަނީ ސެޕްޓެމްބަރު 28، 2016 ގަ އެވެ.
މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ރާއްޖެއިން ވަނީ ޗައިނާއާ އެކު ޑިސެމްބަރު 7 ގައި ސޮއިކޮށްފަ އެވެ. އެއީ ރާއްޖެއިން މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރި ފުރަތަމަ ފަހަރެވެ
މީގެ ކުރިން ރާއްޖޭން ބައިވެރިވެފައި ވަނީ ދެކުނު އޭޝިއާ ސަަރަހައްދުގެ މިނިވަން ވިޔަފާރީގެ އެއްބަސްވުން (ސަފްޓާ)ގަ އެވެ. އެއީ ސާކުގެ ހުރިހާ ގައުމެއް ބައިވެރިވާ، ސަރަހައްދީ އެެއްބަސްވުމެކެވެ.
ރާއްޖެ-ޗައިނާއިން މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކުރުމުން އިދިކޮޅު މީހުންގެ ފާޑުކިޔުން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް އަމާޒުވި ނަމަވެސް ސަރުކާރުން ބުނެފައި ވަނީ އެއީ ރާއްޖެއަށް ބޮޑެތި ފައިދާތަކެއް ކުރާނެ އެއްބަސްވުމެއް ކަމަށެވެ.
އެފްޓީއޭގެ ފަހުގެ މަޝްވަރާތަކަށް ސައީދު ހޮން ކޮންގަށް
އިގްތިސާދީ ޕެކޭޖުގެ ތަފްސީލަށް ސައީދު އެދިވަޑައިގެންފި
ކުރިއަށް އޮތީ އިގްތިސާދުގައި ހަކަތަ އުފެދޭނެ އަހަރެއް
"ބަންކަރިންއަށް 20 މިލިއަން ޑޮލަރު އިންވެސްޓްކުރި"
"ރާއްޖޭގައި 400 އޮންލައިން ވިޔަފާރިވެރިން އެބަތިބި"
ޑިވެލޮޕްމަންޓް ބޭންކު އުފެއްދުމުގެ ލައިސަންސަށް އެދިއްޖެ
އެސްއީޒެޑްގެ ފުރަތަަމަ ޕްރޮޖެކްޓަށް އިނީޝަލް ޕާމިޓް ދީފި
ސޮވެރިންފަންޑަށް 30 މިލިއަން ޑޮލަރު ޖަމާކޮށްފި:ސައީދު
ދޮގު ވާހަކަ ފަތުރަނީ ރިފޯމް އެޖެންޑާއަށް ހުރަސްއަޅަން
ވެރިކަމާ ހަވާލުވިއިރު ވިޔަފާރިތަކަށް ނުދީ ހަތް ބިލިއަން