26 ޖެނުއަރީ 2018
ގުދުސް (ޖެނުއަރީ 26) - އިޒްރޭލާ މަޝްވަރާ ނުކުރަންޏާ އެހީ ކަނޑާލާނެ ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ފަލަސްތީނަށް ބިރު ނުދެއްކޭނެ ކަމަށް ރައީސް މަހްމޫދު އައްބާސް ވިދާޅުވެއްޖެ އެވެ.
ގުދުސް (ޖެނުއަރީ 26) - އިޒްރޭލާ މަޝްވަރާ ނުކުރަންޏާ އެހީ ކަނޑާލާނެ ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ފަލަސްތީނަށް ބިރު ނުދެއްކޭނެ ކަމަށް ރައީސް މަހްމޫދު އައްބާސް ވިދާޅުވެއްޖެ އެވެ.
"ޓްރަމްޕުގެ އެ ސިޔާސަތު ކާމިޔާބެއް ނުވާނެ،" ފަލަސްތީނުގެ ރައީސްގެ ތަރުޖަމާން ނަބީލް އަބޫ ރުދައިނާ ވިދާޅުވި އެވެ. "ގުދުސްގެ ކުރިމަގަކީ މެދުއިރުމަތީގެ ހަނގުރާމަ އާއި ހަމަޖެހުމާއި ގުޅިފައިވާ މައްސަަލައެއް. އެއީ ދުނިޔޭގައި ހުރި ހުރިހާ ފައިސާ އާއި މުދަލަކަށް ގަނެ ވިއްކޭނެ ތަނެއް ނޫން."
ސްވިޒަލެންޑުގައި ކުރިއަށްދާ ވޯލްޑް އިކޮނޮމިކް ސަމިޓުގެ ތެރޭން އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫއާ ބައްދަލު ކުރެއްވުމަށް ފަހު ޓްރަމްޕް ވަނީ ފަލަސްތީނަށް ދޭ ހުއްޓާލައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
"ފަލަސްތީނަށް މިލިއަން ޑޮލަރުގެ އެހީދީ އަދި އެތައް ކަމަކަށް އެމެރިކާ އިން އެހީވެދޭ. އެކަމަކު ސުލްހައާ ގުޅޭ ގޮތުން އިޒްރޭލާ މަޝްވަރާ ނުކުރާހާ ހިނދު އެ ފައިސާ ދެން ނުދެވޭނެ،" ޓްރަމްޕް ވިދާޅުވި އެވެ.
ފަލަސްތީނަށް ދެނީ ކޮން ފައިސާއެއް ކަމެއް ޓްރަމްޕް ވިދާޅެއް ނުވެ އެވެ. ދެހާސް އަށް ވަނަ އަހަރުން ފެށިގެން އެމެރިކާ އިން ދަނީ ފަލަސްތީނަށް އަހަރަކު 400 މިލިއަން ޑޮލަރު ދެމުންނެވެ. އެމެރިކާ އިން މިދިޔަ ހަފުތާގައި ވަނީ ފަލަސްތީނުގެ ރެފިއުޖީންނަށް ދޭ އެހީގެ ދެބައިކުޅަ އެއްބަޔަށް ވުރެ ބޮޑު ބައި ހިފަހައްޓައިފަ އެވެ. ފަސް މިލިއަނަށް ވުރެ ގިނަ ފަލަސްތީނުގެ ރެފިއުޖީން ވަނީ އދ. ގައި ރަޖިސްޓްރީ ކޮށްފަ އެވެ.
ޓްރަމްޕާ އެކު ސުލްހަޔަށް މަސައްކަތްކުރާނަން: އައްބާސް
ގުދުސް އަކީ ވިއްކާ ބިމެއް ނޫން: އައްބާސް
ސީސީ އާއި އައްބާސް މިއަދު ބައްދަލުކުރައްވަނީ
ސުލްހަ އަށް ހުރިހާ ކަމެއްވެސް ކޮށްދޭނަން: ޓްރަމްޕް
ފަލަސްތީނުގެ ރައީސްއާ ޓްރަމްޕް ބައްދަލު ކުރައްވަނީ
ފަލަސްތީނުގެ ރައީސް ވައިޓް ހައުސް އަށް
"އެމެރިކާ އެމްބަސީ ގުދުސަށް ބަދަލުކުރުމަކީ ގޯހެއް"
ފަލަސްތީނުގެ މިނިވަންކަމަށް ޓްރަމްޕް މަަސްކަތްކޮށްދެއްވާ
މަރުވިޔަސް ހެޔޮ، ޣައްޒާއަށް ދާނަން: އައްބާސް
އެމެރިކާގެ ގުޅުމަށް އަލުން ވިސްނާނަން: އައްބާސް