15 ޖެނުއަރީ 2017
އިޒްރޭލުގައި ހުންނަ އެމެރިކާ އެމްބަސީ އިރުމަތީ ގުދުސަށް ބަދަލުކޮށްފި ނަމަ، މެދުއިރުމަތީގެ ސުލްހައިގެ މަސައްކަތްތައް ހުއްޓި ނެތިގެން ދާނެ ކަމަށް ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް އިންޒާރު ކުރައްވައިފި އެވެ.
އިޒްރޭލުގައި ހުންނަ އެމެރިކާ އެމްބަސީ އިރުމަތީ ގުދުސަށް ބަދަލުކޮށްފި ނަމަ، މެދުއިރުމަތީގެ ސުލްހައިގެ މަސައްކަތްތައް ހުއްޓި ނެތިގެން ދާނެ ކަމަށް ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް އިންޒާރު ކުރައްވައިފި އެވެ.
ވެޓިކަންގައި ފަލަސްތީނުގެ އެމްބަސީ އިފްތިތާހް ކުރައްވައި އައްބާސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ އެމެރިކާގެ އިންތިހާބީ ރައީސް ޑޮނަލްޑް ޓްރަމްޕު ވައުދުވެވަޑައިގެންފައިވާ ގޮތަށް، އެމެރިކާ އެމްބަސީ އިރުމަތީ ގުދުސަށް ބަދަލުކޮށްފި ނަމަ، އިޒްރޭލާއި ފަލަސްތީނާ ދެމެދު ސުލްހަ ގާއިމުކުރުމަށް ކުރަމުންދާ ހުރިހާ މަސައްކަތެއް ހުއްޓިގެން ދާނެ ކަމަށެވެ. އިޒްރޭލުގެ އެމްބަސީ މިހާރު ހުންނަނީ އިޒްރޭލުގެ ވެރިރަށް ތެލް އަބީބްގަ އެވެ.
އައްބާސް ވިދާޅުވި ގޮތުގައި އެމެރިކާ އެމްބަސީ އިރުމަތީ ގުދުސަށް ބަދަލު ކުރުމުގެ ނުރައްކާތެރިކަން ޓްރަމްޕުގެ ސަމާލުކަމަށް ގެންނެވުމަށްޓަކައި އޭނާ މިހާރު ވާނީ ސިޓީފުޅަކުން ވެސް އެ ވާހަކަ ޓްރަމްޕަށް ދަންނަވައިފަ އެވެ.
"އެއީ ހަގީގަތުގައި ވެސް ކުރައްވާނެ ކަމެއް ކަމަށް ވަންޏާ، އެކަމަކުން މެދުއިރުމަތީގެ ސުލްހައަށް އެއްވެސް މަންފާއެއް ނުކުރާނެ. އެ ކަން އެ ގޮތަށް ނުކުރައްވާނެ ކަމަށް އަޅުގަނޑުމެން އުންމީދު ކުރަން،" ވެޓިކަންގައި ނޫސްވެރިންނާ ބައްދަލުކުރައްވައި މަހްމޫދު އައްބާސް ވިދާޅުވި އެވެ.
ފަލަސްތީނުގެ އޮފިޝަލުން ވިދާޅުވި ގޮތުގައި ޓްރަމްޕުގެ އެ މަޝްރޫއު ތަންފީޒު ކުރަން ގަސްދުކޮށްފި ނަމަ، ފަލަސްތީނާއި އިޒްރޭލުގެ ދެ ދައުލަތް ގާއިމުކުރުމުގެ ފުރުސަތު ގެއްލިގެން ދާނެ އެވެ. ފަލަސްތީނާއި އިޒްރޭލުގެ ދާއިމީ ދެކޮޅުވެރިކަމަށް ހައްލެއް ގެނައުމަށް ކުރެވޭ މަސައްކަތްތަކުގެ އެންމެ ފަހު އުންމީދެއްގެ ގޮތުގައި ބެލެވެނީ އިޒްރޭލާއި ފަލަސްތީނުގެ މިނިވަން ދެ ދައުލަތް އެ ބިމުގައި ގާއިމް ކުރުމެވެ.
ފަލަސްތީނަކީ މިނިވަން ދައުލަތެއް ކަމަށް ވެޓިކަން އިން ވަނީ މީގެ ދޮޅު އަހަރެއްހާ ދުވަސް ކުރިން ގަބޫލު ކޮށްފަ އެވެ. މެދުއިރުމަތީގެ ސުލްހައިގެ މަސައްކަތުގައި އެންމެ ނާޒުކް މައްސަލައަކަށް ވެފައިވަނީ، އިރުމަތީ ގުދުސްގެ ކުރިމަގާ މެދު އިޒްރޭލާއި ފަލަސްތީނު ދެކޭ ގޮތެވެ.
ފަލަސްތީނުން ދެކޭ ގޮތުގައި އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ މިނިވަން ދައުލަތުގެ ވެރިރަށެވެ. އިޒްރޭލުން ދެކޭ ގޮތުގައި އިރުމަތީ ގުދުސް ވެސް ހިމެނޭ ގޮތުން މުޅި ގުދުސްއަކީ ވެސް އިޒްރޭލުގެ ކުރިމަގުގެ ވެރިރަށެވެ. އިޒްރޭލުން ހުޅަނގު ގުދުސް ފޭރިގަތީ 1948-1949ގެ އަރަބި-އިޒްރޭލު ހަނގުރާމައިގަ އެވެ. އެ ހަނގުރާމަ ނިމުނު އިރު އިރުމަތީ ގުދުސް އޮތީ ފަލަސްތީނުގެ ބިމެއްގެ ގޮތުގަ އެވެ.
ނަމަވެސް 1967 ވަނަ އަހަރު އިޒްރޭލާއި އަރަބި ގައުމުތަކާ ދެމެދު ކުރި ހަ ދުވަހުގެ ހަނގުރާމައިގައި އިޒްރޭލުން އިރުމަތީ ގުދުސް ހިފައި އިޒްރޭލުގެ ބައެއްގެ ގޮތުގައި ކަނޑައެޅި އެވެ. ނަމަވެސް އިރުމަތީ ގުދުސަކީ އިޒްރޭލުގެ ބިމެއްގެ ގޮތުގައި ބައިނަލްއަގުވާމީ ޖަމާއަތްތަކުން މިހާތަނަށް ވެސް ބަލައިގެންފައެއް ނުވެ އެވެ.
ފަލަސްތީނުން އިޒްރޭލަށް އެއް އަހަރުގެ މުހުލަތެއް
ސީސީ އާއި އައްބާސް މިއަދު ބައްދަލުކުރައްވަނީ
ތިން ވެރިން އިޒްރޭލު ކުށްވެރި ކުރައްވައިފި
ފަލަސްތީނު މީހުން އަގްސާ އަށް ޖަމާވުމަށް ގޮވާލައިފި
މަހްމޫދު އައްބާސްގެ އިޒްރޭލު ދަތުރުފުޅު ބޮޑު ބަހުސަކަށް
ރޭލް ދުއްވަން ގުދުސްގެ އަޑިން ބިންގަރާސް މަގެއް ހަދަނީ
އިޒްރޭލާއި އެމެރިކާގެ ސުލްހައަކީ ފަލަސްތީނު ނައްތައިލުން
ގުދުސާ ބެހޭ ގޮތުން މަޝްވަރާ ކުރުން ވެސް މަނާ ކުރަނީ
ގުދުސްގައި ކްރިސްމަސް ފާހަގަކުރުން ފަނޑު ގޮތަކަށް
ގުދުސަކީ ފަލަސްތީނުގެ ވެރިރަށް ކަމަށް ބަލައިގަނޭ:ތުރުކީ