25 ޖެނުއަރީ 2018
މަތީ ފެންވަރުގެ ރިސޯޓެއްގެ ގޮތުގައި، 125 ކޮޓަރިއާއެކު ބ. ވައްކަރު ޓޫރިސްޓުންނަށް ހުޅުވާލައިފި އެވެ.
މަތީ ފެންވަރުގެ ރިސޯޓެއްގެ ގޮތުގައި، 125 ކޮޓަރިއާއެކު ބ. ވައްކަރު ޓޫރިސްޓުންނަށް ހުޅުވާލައިފި އެވެ.
ޔުނެސްކޯގެ ބަޔޮސްފިއާ ރިޒާވްގައި ބޮޑު ފަޅަކާއެކު އޮންނަ ހިތްގައިމު ރަށުގައި ހެދި ރިސޯޓުގައި އެއްގަމު ކޮޓަރި އަދި މޫދު ކޮޓަރީގެ އިތުރުން ހަތަރު ރެސްޓޯރަންޓާއި ދެ ބާ ހިމެނެ އެވެ. އޭގެ އިތުރުން އާއްމުކޮށް ބޭނުންކުރެވޭ ބޮޑު ޕޫލަކާއި ކުޑަކުދިންގެ ޕޫލެއް އަދި ބައެއް ކޮޓަރިތަކުގައި ވެސް ޕްރައިވެޓް ޕޫލް ހިމަނާފައިވެ އެވެ. އަދި އެ ރަށުގައި ސްޕާގެ ޚިދުމަތާއި ޑައިވިން އާއި ވޯޓާ ސްޕޯޓްސްގެ ވެސް ހަރަކާތްތައް ވެސް އޮވެ އެވެ.
މަތީ ފެންވަރުގެ ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރި ބ. ވައްކަރު: އެ ރިސޯޓުގައި ތަފާތު އެކި ފެންވަރުގެ 125 ކޮޓަރި ހުރޭ. ފޮޓޯ: ވައްކަރު
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ސީ ޕްލޭންގައި 25 މިނިޓުން ދެވޭ ހިސާބުގައި އޮންނަ ރިސޯޓަކީ އާއިލާ އާއި އަދި ރަހުމަތްތެރިންނާއެކު އުފާވެރި ވަގުތަކެއް ހޭދަކުރެވޭ ގޮތަށް އިންތިޒާމްތައް ހަމަޖެހިފައިވާ ރިސޯޓެކެވެ. އެ ރިސޯޓު ހުޅުވުމާ ދިމާކޮށް ޚާއްސަ އަގުތަކެއް ވެސް ތައާރަފް ކޮށްފަ އެވެ. އެގޮތުން ހަތަރު ރޭ ވަންދެން މި ރިސޯޓުގައި މަޑުކުރަން ބޭނުންވާ މީހުންނަށް 30 ޕަސެންޓްގެ ޑިސްކައުންޓްގެ އިތުރުން ހެނދުނުގެ ނާސްތާ ލިބެ އެވެ.
ބ. ވައްކަރުގައި ހެދި ރިސޯޓުގެ ރެސްޓޯރަންޓެއް: އެ ރިސޯޓުގައި ތަފާތު އެކި ވައްތަރުގެ ކެއުންތައް ލިބޭ ހަތަރު ރެސްޓޯރަންޓް ހުރޭ. ފޮޓޯ: ވައްކަރު
އެ ރިސޯޓުގައި މިދުވަސްވަރު ހަތަރު ރެއަށް ކޮޓަރިއެއް ވިއްކާ އަގު އުޅެނީ 1،000 ޑޮލަރުން ފެށިގެން މަތިންނެވެ.
ޓޫރިޒަމް ވަރަށް ބޮޑަށް ފުޅާވެފައިވާ ބ. އަތޮޅުގައި މިހާރު ވެސް 13 ރިސޯޓު ހިންގަ އެވެ. އެ އަތޮޅުގައި މިހާރު ވެސް ގިނަ އަދަދެއްގެ ރިސޯޓު އަންނަނީ ތަރައްގީ ކުރަމުންނެވެ.
ރީތި ބީޗު ރިސޯޓު ހިންގާ ބ. ފޮނިމަގޫދޫ ވިއްކާލަނީ
"ހުރާފަރުގެ އެއްބަސްވުން ބާތިލްކުރީ ރަނގަޅަށް"
ދުސިތު ތާނީގެ މުވައްޒަފުން ނަށަމުން ރިސޯޓް ހުޅުވައިފި
ރިޒް އަށް ވަނީ އިތުރަށް ވެސް ފައިސާ ދީފައި: ސީލް
ބ. އިންނަފުށި ތަރައްގީކުރުން މަޑުޖައްސާލަން އަންގައިފި
ފިނޮޅުގައި ހިތްގައިމު "ބީޗް ބަބުލް" އެއް!
މަތީ ފެންވަރުގެ ވެސްޓިން އޮކްޓޯބަރު 1 ގައި ހުޅުވަނީ
ހަ ރިސޯޓެއް ގުޅިގެން ބ. އަތޮޅު ޕްރޮމޯޓް ކުރަނީ
މައިނާ ހޮޓެލްސްއިން ފަރެހުގައި ރިސޯޓެއް ހަދަނީ
ސެންޓާރާއިން މުތާފުށި ހިންގަން ފަށަނީ