11 ޖުލައި 2018
އެންމެ މަތީ ފެންވަރުގެ 70 ވިލާއާއެކު ބ. މިރިޔަންދޫގައި ހަދާ ވެސްޓިން ރިސޯޓު އަންނަ އޮކްޓޯބަރު 1 ގައި ހުޅުވާ ގޮތަށް ހަމަޖައްސައިފި އެވެ.
އެންމެ މަތީ ފެންވަރުގެ 70 ވިލާއާއެކު ބ. މިރިޔަންދޫގައި ހަދާ ވެސްޓިން ރިސޯޓު އަންނަ އޮކްޓޯބަރު 1 ގައި ހުޅުވާ ގޮތަށް ހަމަޖައްސައިފި އެވެ.
ދުނިޔޭގެ އެންމެ ބޮޑު ހޮޓެލް ޗެއިން، އެމެރިކާގެ މެރިއޮޓް އިންޓަނޭޝަނަލްގެ މަޝްހޫރު ވެސްޓިން ބްރޭންޑްގެ ރިސޯޓު ޑިޒައިންކޮށްފައި ވަނީ އިޓަލީގެ ޑިޒައިން ސްޓޫޑިއޯއެއް ކަމަށްވާ ޕެލާ އެސޯސިއާޓީ ކިޔާ ކުންފުންޏަކުންނެވެ.
ދަރަވަންދޫން ފުރައިގެން ވިއްސަކަށް މިނެޓުން ދެވޭ ހިސާބުގައި އޮންނަ ރަށަކީ ސްރީލަންކާގެ އެންމެ ބޮޑު އިންވެސްޓްމަންޓް ބޭންކް، އޭޝިއާ ކެޕިޓަލް ޕަބްލިކް ލިމިޓެޑާއި ޖަޕާނުގެ މެއިލް އޯޑާ ކުންފުނި ބެލޫނާ ކޮމްޕެނީ ލިމިޓެޑު ހިއްސާވެގެން ތަރައްގީކުރާ ރިސޯޓެކެވެ.
ބ. މިރިއަންދޫގައި ހަދާ ވެސްޓިން މޯލްޑިވްސްގެ ވިލާއެއް: އެ ރިސޯޓަކީ ރާއްޖޭގައި ހުޅުވާ އެންމެ ހިތްގައިމު އެއް ރިސޯޓު. ފޮޓޯ: ވެސްޓިން މޯލްޑިވްސް
ގާތްގަނޑަކަށް 45 މިލިއަން ޑޮލަރު (693.9 މިލިއަން ރުފިޔާ) ހަރަދުކޮށްގެން ހަދާ ރިސޯޓުގެ ވިލާތަކަކީ ވަރަށް ހިތްގައިމު ޑިޒައިނަކަށް ގުދުރަތީ ވައި ލިބޭ ގޮތަށް، ހަދާފައިވާ ތަންތަނެވެ. އަދި އެ ވިލާތަކުގެ އިންޓީރިއާ ތައްޔާރުކޮށްފައިވަނީ ރާއްޖެ އާއި މި ސަރަހައްދުގެ ބައެއް ގައުމުތަކުން ހޯދި ލަކުޑި ބޭނުންކޮށްގެންނެވެ.
މެރިއޮޓާއި އެމެރިކާގެ ސްޓާވުޑް ކުންފުނި އެއްކޮށްލުމުގެ ކުރިން ވެސްޓިންއަކީ ސްޓާވުޑްގެ ބްރޭންޑެކެވެ. މެރިއޮޓުން ވަނީ ށ. ވަގަރުގައި އެ ކުންފުނީގެ އެންމެ އަގުބޮޑު އެއް ބްރޭންޑް ޖޭޑަބްލިއު މެރިއޮޓްގެ ރިސޯޓެއް އަންނަ އަހަރުގެ ޖެނުއަރީ މަހު ހުޅުވަން ނިންމައިފަ އެވެ.
ދުނިޔޭގެ 60 އަށް ވުރެ ގިނަ ގައުމުގައި މެރިއޮޓްގެ 422 ހޮޓާ ހުޅުވާފައި ވެ އެވެ. މެރިއޮޓާ އެއްކޮށްލުމުގެ ކުރިން ސްޓާވުޑުން ރާއްޖޭގައި ތިން ރިސޯޓެއް ހިންގަ އެވެ. އެއީ އއ. ފެސްދޫގައި ޑަބްލިއު މޯލްޑިވްސް އާއި ކ. ފުރަނަފުށީގައި ޝެރަޓަން މޯލްޑިވްސް އަދި ދ. ވޮއްމުލީގައި ސެންޓްރެޖިސް އެވެ.
ރީތި ބީޗު ރިސޯޓު ހިންގާ ބ. ފޮނިމަގޫދޫ ވިއްކާލަނީ
މެރިއޮޓްގެ "ލު މެރީޑިއަން" ރިސޯޓު ރާއްޖޭގައި ހުޅުވައިފި
"ހުރާފަރުގެ އެއްބަސްވުން ބާތިލްކުރީ ރަނގަޅަށް"
ވެސްޓިންގެ މުވައްޒަފުން ތުނބުޅި ބެހެއްޓޭ ގޮތް ހަދައިފި
ލެ މެރީޑިއަން ރިސޯޓް އަންނަ އޮގަސްޓްގައި ހުޅުވަނީ
ދުސިތު ތާނީގެ މުވައްޒަފުން ނަށަމުން ރިސޯޓް ހުޅުވައިފި
ރިޒް އަށް ވަނީ އިތުރަށް ވެސް ފައިސާ ދީފައި: ސީލް
ޖޭޑަބްލިއު މެރިއެޓް ރިސޯޓު ހުޅުވައިފި
ބ. އިންނަފުށި ތަރައްގީކުރުން މަޑުޖައްސާލަން އަންގައިފި
ފިނޮޅުގައި ހިތްގައިމު "ބީޗް ބަބުލް" އެއް!