03 ޖުލައި 2020
ބ.އަތޮޮޅުގައި ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުން އަންނަ ބޮޑުފިނޮޅުގައި ތިބި ރިޒް ކުންފުނީގެ ބިދޭސީ މުވައްޒަފުން ހަމަނުޖެހުން ހިންގީ ރަށުގެ ޑިވެލޮޕަރު ފައިސާ ނުދޭތީ ކަމަށް ބުނެ ރިޒް ކުންފުނީގެ ގާނޫނީ ވަކީލުން ނެރުނު ބަޔާނަށް ޑިވެލޮޕަރު ސީލް މޯލްޑިވްސްގެ ވަކީލުން ރައްދު ދީފި އެވެ.
ބ.އަތޮޮޅުގައި ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުން އަންނަ ބޮޑުފިނޮޅުގައި ތިބި ރިޒް ކުންފުނީގެ ބިދޭސީ މުވައްޒަފުން ހަމަނުޖެހުން ހިންގީ ރަށުގެ ޑިވެލޮޕަރު ފައިސާ ނުދޭތީ ކަމަށް ބުނެ ރިޒް ކުންފުނީގެ ގާނޫނީ ވަކީލުން ނެރުނު ބަޔާނަށް ޑިވެލޮޕަރު ސީލް މޯލްޑިވްސްގެ ވަކީލުން ރައްދު ދީފި އެވެ.
ސީލް މޯލްޑިވްސް ތަމްސީލްކުރާ އެޑްވޮކަސީ ޗެމްބާސް އިން ނެރުނު ބަޔާނުގައި ބުނީ ރިޒް ކުންފުނި ތަމްސީލްކުރާ ލޯކްރާފްޓުން ނެރުނު ބަޔާނުގައި، މުވައްޒަފުންނަށް މުސާރަ ނުދެވި އޮތީ ސީލް މޯލްޑިވްސް އިން ފައިސާ ނުދޭތީ ކަމަށް ބުންޏަސް އެ ބަޔާނުގައި ބުނާ ދެ އެއްބަސްވުމުގައި އޮތް އަދަދަށް ވުރެ އިތުރަށް ވެސް މިހާތަނަށް ފައިސާ ދެވިފައިވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ ރިޒާގެ ރިޒް ކުންފުނީގެ ވަކީލުން ދެ އެއްބަސްވުމަކަށް ހަވާލާދީ އެއާ އެއްގޮތަށް ފައިސާ ނުލިބޭ ކަމަށް ބުނެފައިވާއިރު ސީލް މޯލްޑިވްސްގެ ވަކީލުން ބުނީ ހަވާލާދީފައިވާ އެއްބަސްވުންތަކުން ރިޒް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައި އޮތީ ބޮޑުފިނޮޅުގެ މައްސަކަތުގެ ކުޑަ މިންވަރެއް ކަމަށާއި އެ މަސައްކަތްތައް ފުރިހަމަވުމުން ދައްކަން ޖެހެނީ 12 މިލިޔަން ރުފިޔާ ކަމަށެވެ. އެކަމަކު މިހާތަނަށް ރިޒް ކުންފުންޏަށް 21 މިލިޔަން ރުފިޔާ ދީފައިވާ ކަމަށް ބުންޏެވެ.
ހަވާލާދީފައިވާ އެއްބަސްވުންތަކުގައި ބަޔާންކޮށްފައިވާ މަސައްކަތްތައް އެއްކޮށް ފުރިހަމަކޮށް ނިމުމުން، ސީލް މޯލްޑިވްސް އިން ދައްކަންޖެހޭ އަދަދެއް ކަމަށް ވަކީލުންގެ ބަޔާނުގައި ބުނީ 12،332،765.ރ. އެވެ. އަދި ސީލްގެ ފަރާތުން ކޮންޓްރެކްޓަރަށް މިހާތަނަށް 21،773،338.21ރ. ދައްކާފައިވާ ކަމަށް ބުންޏެވެ. އެނގިފައިވާ ގޮތުގައި ފައިސާ އިތުރުވެފައި ވަނީ އިތުރު ބައެއް މަސައްކަތްތައް ވެސް ކޮށްފައިވާތީ އެވެ.
އެހެންވެ ބޮޑުފިޅޮނުގައި ތިބި މުވައްޒަފުންނަށް މުސާރަ ނުދެވެންވީ ސަބަބެއް ނެތް ކަމަށާއި އެ މުވައްޒަފުންނާ މެދު އިހުމާލުވީ ރިޒް ކުންފުނިން ކަމަށް ވެސް ސީލްގެ ވަކީލުން ބުންޏެވެ. ރަށުގައި ހިންގި ހަމަނުޖެހުންތައް ފުލުހުން ތަހުގީގުކުރަމުން އަންނަ އިރު، ރިޒްގެ ބިދޭސީ މުވައްޒަފުންގެ ތެރޭގައި ސައްހަ ލިޔެކިއުން ނެތް މީހުންނާއި އިންޝޫރެންސް ނެތް މީހުންނާއި ވިސާ ނެތް މީހުން ތިބުމުން ތަހުގީގަށް ދަތިވެފައިވާކަން ފުލުހުންގެ ފަރާތުން ފާހަގަކޮށްފައިވާ ކަމަށް ވެސް ވަކީލުން ބުންޏެވެ.
ރިޒްގެ މުވައްޒަފުންނަށް މުސާރަ ދިނުމަކީ ސީލް އިން ކުރަންޖެހޭ ކަމެއްގެ ގޮތުގައި ރިޒް ކުންފުނީގެ ވަކީލުން ފާހަގަކޮށް ބަޔާން ނެރުނު ކަމުގައި ވިޔަސް ސީލްގެ ވަކީލުން ބުނީ ހަވާލާދީފައިވާ އެއްބަސްވުމުގައި" ކޮންޓްރެކްޓުގެ މުވައްޒަފުންގެ މަހު މުސާރައިގެ އިތުރުން މުވައްޒަފުން އިންޝުއަކޮށް މުވައްޒަފުންގެ ބޭސް ފަރުވާ އާއި ވިސާ ނެގުން ފަދަ އެންމެހާ ކަންކަމެއް ބަލަހައްޓައި އެކަމުގެ ޚަރަދުކުރާނީ ކޮންޓްރެކްޓަރު" ކަމަށް ބަޔާންކޮށްފައި އޮންނަ ކަމަށެވެ.
ކޮންޓްރެކްޓަރުގެ މުވައްޒަފުންނަށް މުސާރަ ދިނުމަކީ ކޮންޓްރެކްޓަރުގެ ޒިންމާއެއް ކަމަށާއި ކޮންޓްރެކްޓްގެ ދަށުން 7,000ރ. ގެ ރޭޓުން ޑިވެލޮޕަރުގެ ފަރާތުން ކޮންޓްރެކްޓަރަށް ފައިސާ ދައްކަންޖެހޭނެކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައި އޮންނަކަން ރައްދުގައި ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
ލޯކްރާފްޓްގެ ބަޔާނުގައި ތަނުގައި މަސައްކަތްކުރަމުންދަނީ ކޮންޓްރެކްޓަރުގެ 200 މުވައްޒަފުން ކަމަށް ބަޔާންކޮށްފައި ވިޔަސް 300 މުވައްޒަފުން ތަނުގައި މަސައްކަތްކުރާ ކަމަށް ބަޔާންކޮށް ކޮށްފައިވާ އިންވޮއިސްތަކެއް ވެސް އެބަހުރި ކަމަށާއި އެއަށް ފައިސާ ވެސް ދީފައި ވާނެ ކަމަށް ސީލްގެ ވަކީލުންގެ ބަޔާނުގައިވެ އެވެ. އެހެންވެ މިއީ ކިހިނެއް ހިނގާފައިވާކަމެއްތޯ ބެލުމުގެ ގޮތުން ޑިވެލޮޕަރުގެ ފަރާތުން މިހާރު އިންޓާނަލް އިންވެސްޓިގޭޝަނެއް ފަށާފައިވާ ކަމަށް ވަނީ ބުނެފަ އެވެ.
ލޯކްރާފްޓްގެ ބަޔާނުގައި، ތަނުގައި ތިބި މުވައްޒަފުން ޓްރެފިކް ކުރުވަން އުޅޭ ކަމަށް ބެލެވިދާނެކަމަށް ބުނެ ސީލް އަށް ތުހުމަތުކޮށްފައި ވިޔަސް އެއީ ލޯކްރާފްޓްގެ މުވައްކިލް ރިޒްގެ މުވައްޒަފުން ކަމަށާއި މުސާރަ ދޭންޖެހެނީ ވެސް ކޮންޓްރެކްޓަރު ރިޒް ކަމަށް ސީލްގެ ވަކީލުން ބުންޏެވެ. އަދި މުޒާހަރާކޮށް މާރާމާރީ ހިންގައި ހެވީ މެޝިނަރީތަކަށް ގެއްލުން ދިނުމާ ގުޅިގެން، އެކަން ޑިވެލޮޕަރުގެ ފަރާތުން ފުލުހުންނަށް ހުށަހެޅުމުން ވަޑައިގެން ބޭފުޅުން ކޮންޓްރެކްޓަރުގެ މުވައްޒަފުންގެ އަތުގައި، ޑޮކިއުމަންޓްތައް ނެތުމުގެ ސަބަބުން، އެ މީހުންނާ މެދު ފިޔަވަޅު އެޅުމުގައި ދަތިތައް ހުރިކަން ފާހަގަކޮށްފައިވާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.
"...އަދި މިކަން އިތުރަށް ބެލި ބެލުމުން، ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން މުވައްޒަފުންގެ އިންޝުއަރެންސް ކަންކަންވެސް ކޮންޓްރެކްޓަރުގެ ފަރާތުން ފުރިހަމަ ކޮށްފައި ނުވާކަމަށާއި، ވޯކް ވިސާ ވެސް އޭގެ ތެރެއިން ގިނަ މުވައްޒަފުންގެ އަތުގައި ނެތްކަން ޑިވެލޮޕަރަށް ވަނީ ފާހަގަކުރެވިފައެވެ." ސީލްގެ ވަކީލުންގެ ބަޔާނުގައިވެ އެވެ.
ވަކީލުންގެ ބަޔާނުގައި ބުނީ ޑިވެލޮޕަރުގެ ފަރާތުން ކޮންޓްރެކްޓަރަށް އެއްވެސް ފައިސާއެއް މިހާރު ދައްކަންޖެހޭތޯ ބަލާއިރު، ދެ ފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުންތަކުގެ ދަށުން ކޮންޓްރެކްޓަރުގެ ފަރާތުން ކޮށްފައިވާ މަސައްކަތްތަކަށް ވުރެ އިތުރަށް ފައިސާ ދެވިފައިވާކަމަށް ޑިވޮލޮޕަރު ގަބޫލުކުރާ ކަމަށެވެ. އަދި ސައިޓްގައި މަސައްކަތް ނުކުރާ ދުވަސްތަކަށް ކޮއްތު ފައިސާ ވެސް ދެވިފައިވާ ކަން ލިޔެކިއުންތަކުން ފެންނަން އެބަހުރި ކަމަށް ވެސް ބުންޏެވެ.
ލޯކްރާފްޓް ނޫސް ބަޔާނުގައި، ކޮންޓްރެކްޓަރުގެ ފަރާތުން ރިސޯޓުގެ ބޮޑު ބައެއް ނިމިފައިވާކަމަށް ބަޔާންކޮށްފައި އޮތަސް، ކޮންޓްރެކްޓަރާ ހަވާލުކޮށްފައިވަނީ މުޅި ރިސޯޓް އެއްކޮށް ތަރައްގީކުރަން ނޫންކަމަށާއި ކަނޑައެޅިފައިވާ ވަކި މަސައްކަތްތަކެއް ކަމަށް ބަޔާނުގައިވެ އެވެ. އަދި ރިސޯޓް ޑިވެލޮޕްކުރުމުގެ ޖުމުލަ މަސައްކަތުގެ ނިސްބަތަށް ބަލާއިރު، ލޯކްރާފްޓްގެ ފަރާތުން ބަޔާންކުރާ ފަދައިން، ރިސޯޓެއްގެ ބޮޑު ބައެއް 12 މިލިއަން ރުފިޔާ އަށް ނިންމާލެވޭ ނަމަ ރިސޯޓެއް ޑިވެލޮޕް ކުރުމުގެ އަގު 1 މިލިއަން ޑޮލަރަށް ވެސް ނާރާނެކަން ވަނީ ފާހަގަކޮށްފަ އެވެ
"ކުއަންޓިޓޭޓިވް ސާވޭޔަގެ ފަރާތުން މައުލޫމާތު ދީފައިވާ ގޮތުގައި، ހަވާލާދީފައިވާ ދެ އެއްބަސްވުމުގެ ދަށުން ކުރަންޖެހޭ މަސައްކަތްތައް ރިސޯޓު ޑިވެލޮޕްކުރުމުގެ ޖުމުލަ ނިސްބަތުން ހަތް ޕަސެންޓަށް ވެސް ނާރާނެއެވެ." ސީލްގެ ވަކީލުންގެ ބަޔާނުގައިގެ އެވެ.
މީގެ އިތުރުން ކޮންޓްރެކްޓަރުގެ މުވައްޒަފުން ދިވެހިންތަކެއް ރަހީނުކޮށް، ރަށުގައި ހުރި ތަންތަނަށާއި، ހެވީ މެޝިނަރީތަކަށާއި ވޯޓަ ޕައިޕްލައިން ތަކަށާއި އެހެނިހެން ތަކެއްޗަށް ބޮޑެތި ގެއްލުންތައް ދީފައިވާ ކަމަށާއި އެތައް މިލިއަން ރުފިޔާގެ ގެއްލުން ކޮންޓްރެކްޓަރުގެ ފަރާތުން ޑިވެލޮޕަރަށް ލިބިފައިވާކަން ވަނީ ފާހަގަކޮށްފަ އެވެ. ސީލްގެ ވަކީލުން ބުނީ މި ގެއްލުމުގެ ބަދަލު ވަޒަންކޮށް މީޑިއާއާ ހިއްސާކުރާނެ ކަމަށެވެ.
ބޮޑުފިނޮޅުގައި މަސައްކަތްކުރާ ދިވެހިން ބަލައި ދިޔަ ލޯންޗާ ދިމާލަށް ބިދޭސީ މުވައްޒަފުން އެއްޗެހި އުކައި ހަމަނުޖެހުން ހިންގަނީ
ލޯކްރާފްޓުން ބުނާ އެއްބަސްވުންތަކަށް ބަލާއިރު، އޭގެ ދަށުން ކުރަންޖެހޭ މަސައްކަތްތައް ވެސް ފުރިހަމަ ކުރެވިފައި ނުވާކަމަށާއި މިވަގުތަށް ހޯދިފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، ކުރަންހުރި މަސައްކަތުގެ 30 ޕަސެންޓް ވެސް ފުރިހަމަ ކުރެވިފައި ނުވާ ކަމަށް ވަނީ ބުނެފަ އެވެ.
ސީލް އާ ހަވާލާދީ އެ ކުންފުނީގެ ވަކީލުން ބުނީ ކޮންޓްރެކްޓަރަށް ދޭންޖެހޭ އިތުރު ފައިސާއެއް މިހާރު ނެތް ކަމަށެވެ. ނަމަވެސް މި ދެބަސްވުން ހައްލުކުރުމަށް އިއްޔެއާ ހަމަ އަށް ވެސް ވާހަކަ ދެކެވެނު ކަމަށާއި ކޮންޓްރެކްޓަރު އެކި ހުށަހެޅުންތައް ހުށަހަޅަމުން ގޮސް، ރަށުން މުވައްޒަފުން ބާލާނީ އިތުރަށް އެއް މިލިއަން ރުފިޔާ ދިނުމުން ކަމަށް ބުނެފައިވާ ކަމަށް ބަޔާނުގައިވެ އެވެ.
ސީލްގެ ވަކީލުން ބުނި ގޮތުގައި މައްސަލަ ހައްލުކުރުމުގެ ބަދަލުގައި، ކޮންޓްރެކްޓަރުގެ ފަރާތުން ރަށުގައި ތިބި އެންމެހައި ދިވެހި މުވައްޒަފުން ރަށުން ގެންދިއުމަށްޓަކައި ލޯންޗަށް އެރުވުމުން، އެކަމާ ކޮންޓްރެކްޓަރުގެ މުވައްޒަފުން ރުޅިއައިސް، ތިމަންނަ މެންނާ ހަވާލުވާނެ ބަޔަކު ނެތި، ފުރައިގެން ނުދެވޭނެކަމަށް ބުނެ، ލަޓިބުރިތަކާއި ދަގަނޑު ހޮޅިތައް ކޮންޓްރެކްޓަރުގެ ދިވެހި މުވައްޒަފުން ތިބި ލޯންޗާ ދިމާލަށް އުކާފައިވެ އެވެ.
ބޮޑުފިނޮޅުގައި ހިނގި ހަމަނެޖެހުންތައް ރޭ ފަތިހު ކޮންޓްރޯލްކޯށް އެ ރަށުގައި ހިފަހައްޓާފައި ތިބި ދިވެހިން ސަލާމަތްކުރުމަށް ހިންގި އޮޕަރޭޝަންގައި ފުލުހުންގެ އެތައް ބަޔަކަށް އަނިޔާވެފައިވެ އެވެ. ހަމަނުޖެހުން ހިންގި ކަމަށް ބެލެވޭ 19 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.
ބޮޑުފިނޮޅުގެ މައްސަލަ ރިޒުން ކަނޑާލީ ސީލްގެ ބޮލަށް!
ބިދޭސީންނާ ހަވާލުވެވޭނީ ކޮންބައެއްކަން އެނގިގެން: ރިޒް
ބިދޭސީންނަށް މުސާރަނުދީ ސޮއިކުރުވާ ކަމަށް ބުނެ ޕޮލިހަށް
ކޯޓު އަމުރަށް އަމަލު ނުކުރާނެ ކަމަށް ރިޒުން ބުނެފި
ބިދޭސީންނާ ހަވާލުނުވާން ރިޒުން އެހެން ވާހަކަތަކެއް!
ރިޒުން ހަވާލުވާން ބޭނުންވަނީ 14 ބިދޭސީންނާ!
މެމްބަރު ރިޒާ އަށް ހިއުމަން ޓްރެފިކިންގެ ތުހުމަތު!
ބިދޭސީންނަށް ހަ މަހުގެ މުސާރަ ނުދޭ، ދައުވާ ކުރަނީ
ބިދޭސީން ފުލުހުންނަށް ހަމަލާދޭ ބިރުވެރި މަންޒަރެއް
ބޮޑުފިނޮޅު ހަމަނުޖެހުން: 19 ބިދޭސީއަކު ހައްޔަރުކޮށްފި