Roadha Mihaaru
މެރިއޮޓްގެ "ލު މެރީޑިއަން" ރިސޯޓު ރާއްޖޭގައި ހުޅުވައިފި

މެރިއޮޓްގެ "ލު މެރީޑިއަން" ރިސޯޓު ރާއްޖޭގައި ހުޅުވައިފި

06 ސެޕްޓެމްބަރ 2021

ދުނިޔޭގެ މަޝްހޫރު ހޮޓެލް ބްރޭންޑް މެރިއޮޓްގެ "ލު މެރީޑިއަން" ރިސޯޓު ރާއްޖޭގައި ހުޅުވައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ދުނިޔޭގެ މަޝްހޫރު ހޮޓެލް ބްރޭންޑް މެރިއޮޓްގެ "ލު މެރީޑިއަން" ރިސޯޓު ރާއްޖޭގައި ހުޅުވައިފި އެވެ.

ލު މެރީޑިއަން ރިސޯޓަކީ މެރިއޮޓްގެ ހޮޓެލްގެ 30 ބްރޭންޑްގެ ތެރެއިން އެއް ހޮޓެލް ބްރޭންޑެވެ. މި ރިސޯޓު ތަރައްގީ ކުރީ ޅ.ތިލަމާފުށީގަ އެވެ. ރިސޯޓުގައި 141 ވިލާ ހިމެނޭ އިރު މި ރިސޯޓު ހަދާފައިވަނީ ޔޫރަޕްގެ ޑިޒައިންތައް ހިމެނޭ ގޮތަށެވެ.

ނުވަ ހެކްޓަރުުގެ މި ރިސޯޓުގެ ވަށައިގެން ބޮޑު ފަޅެއް އޮވެ އެވެ. އަދި ކައިރި މޫދުގެ ސަރަހައްދުން މާންތާ ރޭ އާއި ވެލާ ފެންނަ ހާއްސަ ސްޕޮޓުތައް ހުންނާނެ ކަމަށް އެ ރިސޯޓުން ބުނެފައިވެ އެވެ. މި ރިސޯޓަށް ސީޕްލޭންގައި 35 މިނެޓުން ދެވޭނެ އެވެ.

މި ރިސޯޓަކީ މެރިއޮޓް އިންޓަނޭޝަނަލް އިން ރާއްޖޭގައި ހުޅުވި ދެވަނަ ރިސޯޓެވެ. ކުރިއަށް އޮތްތަނުގައި ވެސް މެރިއޮޓްގެ އިތުރު ބްރޭންޑްތައް ރާއްޖެއަށް ގެންނާނެ ކަމަށް އެކުންފުނިން ބުނެފައިވެ އެވެ.

އެންމެ މަތީ ފަންތީގެ ލު މެރީޑިއަން ރިސޯޓު ރާއްޖޭގައި ހުޅުވި އިރު މި ބްރޭންޑްގެ ގިނަ ހޮޓާތައް ޔޫރަޕްގައި ހިންގަ އެވެ. ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ލު މެރީޑިއަންގެ 100 އަށް ވުރެ ގިނަ ހޮޓާ އަންނަނީ ހިންގަމުންނެވެ.