31 ޑިސެމްބަރ 2017
ކުރިން ވައިސްރޯއި މޯލްޑިވްސްގެ ނަމުގައި ހިންގި ށ. ވަގަރު، މަޝްހޫރު ޖޭ ޑަބްލިއު މެރިއޮޓް ބްރޭންޑާ އެކު އަލުން އަންނަ އަހަރު ހުޅުވާ ގޮތަށް ހަމަޖައްސައިފި އެވެ.
ކުރިން ވައިސްރޯއި މޯލްޑިވްސްގެ ނަމުގައި ހިންގި ށ. ވަގަރު، މަޝްހޫރު ޖޭ ޑަބްލިއު މެރިއޮޓް ބްރޭންޑާ އެކު އަލުން އަންނަ އަހަރު ހުޅުވާ ގޮތަށް ހަމަޖައްސައިފި އެވެ.
ޓޫރިޒަމް ހަބަރުތައް ގެނެސްދޭ ވެބްސައިޓެއްގައި ބުނެފައި ވަނީ ދުނިޔޭގެ އެންމެ ބޮޑު ހޮޓެލް ޗެއިން، އެެމެރިކާގެ މެރިއޮޓް އިންޓަނޭޝަނަލްގެ އެންމެ އަގު ބޮޑު އެއް ބްރޭންޑް ކަމަށްވާ ޖޭ ޑަބްލިއު މެރިއޮޓްގެ ނަމުގައި ވަގަރު ހުޅުވާނީ އަންނަ އަހަރުގެ ނޮވެމްބަރު މަހު ކަމަށެވެ. އެ ރަށް އަލުން ހުޅުވާއިރު 68 ވޯޓާ ވިލާ ހިމެނޭނެ ކަމަށް ވެސް އެ ވެބްސައިޓްގައި ބުނެފައިވެ އެވެ.
މާލެއާ 192 ކިލޯމީޓަރު ދުރުގައި އޮންނަ އެ ރަށް މަރާމާތަށް ބަންދުކޮށްފައި އޮންނަތާ މިހާރު އެތައް އަހަރެއް ވެއްޖެ އެވެ.
މެރިއޮޓް އިންޓަނޭޝަނަލް އިން މީގެ ކުރިން ވަނީ އޭޑީކޭ ޓްރެވަލްސް އިން ތަރައްގީކުރަން ފެށި ށ. ގާކޮށިބީގައި މެރިއޮޓްގެ ބްރޭންޑެއް ކަމަށްވާ "ރެއިނަސަންސް"ގެ ރިސޯޓެއް ހުޅުވަން ނިންމައިފަ އެވެ. ނަމަވެސް އެ ރަށް މިހާރު ވަނީ ސިންގަޕޫރުގެ ކުންފުންޏަކުން ގަނެ، "ސިއްރު ފެންފުށި"ގެ ނަމުގައި އަންނަ އަހަރުގެ ފެބްރުއަރީ މަހު ހުޅުވަން ހަމަޖައްސައިފަ އެވެ.
މެރިއޮޓް އިންޓަނޭޝަނަލް އާއި އެމެރިކާގެ ސްޓާވުޑް ހޮޓެލްސް މިދިޔަ އަހަރު އެއްކޮށްލުމަށް ފަހު ވަނީ އަންނަ އަހަރު ލަގްޒަރީ ފެންވަރުގެ 40 އާ ހޮޓެލް ހުޅުވަން ނިންމައިފަ އެވެ.
ދުނިޔޭގެ 60 އަށް ވުރެ ގިނަ ގައުމުގައި އެ ކުންފުނީގެ 422 ހޮޓާ ހުޅުވާފައިވެ އެވެ. މެރިއޮޓާ އެއްކޮށްލުމުގެ ކުރިން ސްޓާވުޑުން ރާއްޖޭގައި ތިން ރިސޯޓެއް ހިންގަ އެވެ. އެއީ އއ. ފެސްދޫގައި ޑަބްލިއު މޯލްޑިވްސް އާއި ކ. ފުރަނަފުށީގައި ޝެރަޓަން މޯލްޑިވްސް އަދި ދ. ވޮއްމުލީގައި ސެންޓްރެޖިސް އެވެ.
ކޮމަންޑޫ ކައިރީގެ ތިން ރަށެއްގައި ރިސޯޓު ހަދަނީ!
މެރިއޮޓްގެ "ލު މެރީޑިއަން" ރިސޯޓު ރާއްޖޭގައި ހުޅުވައިފި
ވެސްޓިންގެ މުވައްޒަފުން ތުނބުޅި ބެހެއްޓޭ ގޮތް ހަދައިފި
ލެ މެރީޑިއަން ރިސޯޓް އަންނަ އޮގަސްޓްގައި ހުޅުވަނީ
ޖޭޑަބްލިއު މެރިއެޓް ރިސޯޓު ހުޅުވައިފި
މަތީ ފެންވަރުގެ ވެސްޓިން އޮކްޓޯބަރު 1 ގައި ހުޅުވަނީ
ޓޫރިޒަމަށް ބޮޑެތި ނަންތަކާއި އާ ރިސޯޓްތަކެއް
ގާކޮށިބީގައި ހެދި ރިސޯޓު ހުޅުވައިފި
ގާކޮށިބީގައި ހަދާ ރިސޯޓު ހުޅުވުން އޭޕްރިލް މަހު
ގާކޮށިބީގައި ހަދާ ރިސޯޓު ހުޅުވުން ފެބްރުއަރީ މަހު