22 ޖެނުއަރީ 2018
މިދިޔަ އަހަރު ކޯޓުތަކަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ އާއިލީ މައްސަލަތައް ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
މިދިޔަ އަހަރު ކޯޓުތަކަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ އާއިލީ މައްސަލަތައް ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން(ޑީޖޭއޭ) އިން އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ވެސް ކޯޓުތަކަށް ހުށަހެޅުނު މައްސަލަތަކުގެ އަދަދު އުޅެނީ 20،000 އިން މަތީގަ އެވެ. މިދިޔަ އަހަރު 20،600 އަށް ވުރެ ގިނަ މައްސަލަ ކޯޓުތަކަށް ހުށަހެޅިއިރު އެއީ 2016 ވަނަ އަހަރާ އަޅާ ބަލާއިރު ތިން ޕަސެންޓް އިތުރު އަދަދެކެވެ.
އާންމުކޮށް އެންމެ ގިނައިން ކޯޓުތަކަށް ހުށަހަޅަނީ މަދަނީ މައްސަލަތައް ކަމަށްވިޔަސް، އެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު އެންމެ ގިނައިން ހުށަހެޅީ އާއިލީ މައްސަލަތަކެވެ. އެގޮތުން ހުށަހެޅުނު މައްސަލަތަކުގެ 46 ޕަސެންޓަކީ އާއިލީ މައްސަލަތައް ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ. އެކަމަކު ހުށަހެޅި މައްސަލަތަކުގެ ތަފްސީލެއް އަދި ހާމައެއް ނުކުރެ އެވެ.
ދެވަނަ އަށް އެންމެ ގިނައީ މަދަނީ މައްސަލަތަކެވެ. އެއީ ހުށަހެޅި މައްސަލަތަކުގެ 28 ޕަސެންޓެވެ. ޖިިނާއީ މައްސަލަތަކުގެ ގޮތުގައި ހުށަހެޅީ 26 ޕަސެންޓް ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ.
މިދިޔަ އަހަރު ހުށަހެޅި މައްސަލަތަކުގެ 2016 ވަނަ އަހަރަށް ވުރެ އިތުރުވިޔަސް، މިދިޔަ އަހަރު ނިންމި މައްސަލަތަކުގެ އަދަދު ވަނީ މަދުވެފަ އެވެ. މިދިޔަ އަހަރު ކޯޓުތަކުން ނިންމީ 18،300 މައްސަލަ ކަމަށް ވާއިރު، އެއީ 2016 ވަނަ އަހަރު ކޯޓުތަކުން ވަނީ 20،000 އަށް ވުރެ ގިނަ މައްސަލަ ނިންމައި، ރެކޯޑެއް ހަދައިފަ އެވެ.
ކޯޓުތަކަށް ދައްކަންޖެހޭ ފައިސާ އޮންލައިންކޮށް ދެއްކޭނެ
ބަންދު ދުވަސްތަކުގައި އީމެއިލްއިން ކޯޓުގެ ޚިދުމަތް ދެނީ
ހުޅުމާލޭގައި ބޮޑު ކޯޓް ކޮމްޕްލެކްސްއެއް ގާއިމްކުރަނީ
ކޯޓުތަކަށް 31،000 މައްސަލަ، 21،000 ނިިންމި
ކޯޓަށް ދައްކާ ފައިސާ ހުރިހާ ކޯޓަކުން ބަލައިގަންނަނީ
ކޯޓުތައް އެއްވިއުގައަކުން ގުޅުވާލުމުގެ ދެވަނަ މަޝްރޫއެއް
މައްސަލަ ހުށަހެޅުމާއި ނިންމުން ރިކޯޑް އަދަދެއްގައި
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ހުޅުވާލައިފި
ކޯޓުތަކުގެ އިމާރާތުގެ ކުރެހުން ނިމުނަސް ފައިސާއެއް ނެތް
އަހަރު ނިމުނުއިރު 4،700 މައްސަލަ ކޯޓުގައި ނުނިމި