ހައި ކޯޓުގެ ދެކުނު ގޮފީގެ ފަނޑިޔާރުން މާލޭގައި މަސައްކަތް ކުރުމުގެ މުއްދަތު ހަމަވުމުން އެ ފަނޑިޔާރުން އެނބުރި އައްޑޫއަށް ވަޑައިގަތުމަށް އަންގައިފި އެވެ.
17 ޖެނުއަރީ 2018
ހައި ކޯޓުގެ ދެކުނު ގޮފީގެ ފަނޑިޔާރުން މާލޭގައި މަސައްކަތް ކުރުމުގެ މުއްދަތު ހަމަވުމުން އެ ފަނޑިޔާރުން އެނބުރި އައްޑޫއަށް ވަޑައިގަތުމަށް އަންގައިފި އެވެ.
އައްޑޫގައި ހުންނަ ދެކުނު ގޮފީގެ ފަނޑިޔާރުން މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން މާލޭގައި މަސައްކަތް ކުރައްވަމުން ގެންދެވީ މާލޭގެ ހައި ކޯޓުގައި ހުރި މައްސަލަތައް އަވަސް ކުރުމަށްޓަކައި އެ ފަނޑިޔާރުން މާލޭގެ ހައި ކޯޓުގައި މަސައްކަތް ކުރައްވާ ގޮތަށް ސުޕްރީމް ކޯޓުން ހަމަޖެއްސުމުންނެވެ.
ސުޕްރީމް ކޯޓުން ހަމަޖައްސާފައިވަނީ ސެޕްޓެމްބަރު މަހުން ފެށިގެން ތިން މަހަށް މަސައްކަތް ކުރައްވާ ގޮތަށެވެ. އެ މުއްދަތު މިދިޔަ ޑިސެމްބަރު މަހު ވަނީ ހަމަވެފަ އެވެ.
ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ އޮފިޝަލަކު ވިދާޅުވީ ފަނޑިޔާރުން އައްޑޫއަށް ވަޑައިގަތުމުގެ ހުރިހާ އިންތިޒާމްތަކެއް ޑީޖޭއޭއިން ހަމަޖައްސާފައިވާ ކަމަށެވެ. އެކަމަކު ދެކުނު ގޮފީގެ ޝަރީއަތްތައް އަލުން ފެށި ކަމެއް އަދި ސާފެއް ނުވެ އެވެ.
ދެކުނު ގޮފީގައި ތިއްބަވަނީ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އަދި ފަނޑިޔާރު ޝުޖާއު އުސްމާނެވެ. ދެކުނު ގޮފިން ބަލާނީ އައްޑު އާއި ފުވައްމުލަކާއި ގދ. އަދި ގއ. އަތޮޅުގެ މެޖިސްޓްރޭޓް ކޯޓުތަކުން ނިންމާ މައްސަލަތަކުގެ އިސްތިއުނާފް މައްސަލަތަކެވެ.
ރާއްޖޭގެ ދެ ސަރަހައްދެއްގައި ހައި ކޯޓުގެ ދެ ގޮފި ގާއިމް ކުރަންޖެހޭ ގޮތަށް ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން އައްޑޫގެ އިތުރުން ހދ. ކުޅުދުއްފުށީގައި ވެސް ވަނީ ހައި ކޯޓުގެ ގޮތްޕެއް ގާއިމްކޮށްފަ އެވެ. އެކަމަކު ހައި ކޯޓުގެ ބެންޗުން ބައެއް މަގާމުތައް ހުސްކޮށް އޮތުމުން އުތުރު ގޮތްޕަށް އަދިވެސް ފަނޑިޔާރުން ކަނޑައެއް ނާޅަ އެވެ.
ހައި ކޯޓުގެ ބެންޗުން ހުސްވެފައި ހުރި މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކުރިން ހުޅުވާލުމުން އެ މަގާމުތަކަށް ބައެއް ބޭޭފުޅުން ކުރިމަތިލެއްވި އެވެ. އެކަމަކު އަދިވެސް ފަނޑިޔާރުން އައްޔަނެއް ނުކުރެ އެވެ.
ވަފުދަކުން ގޮސް ދެކުނު ގޮފީގެ ޝަރީއަތްތައް ހިންގަނީ
ފަނޑިޔާރު ޝުޖާއު ހައްޔަރެއް ނުކުރަން: ފުލުހުން
ގޮފިތަކަށް ހުށަހެޅި މައްސަލަތައް ބޮޑުތަނުން އިތުރުވެއްޖެ
ޝަހީދުގެ ނަން ނެގުމުން ފަނޑިޔާރުކަމަށް ހުޅުވާލައިފި
ޖަމީލް، ހައިކޯޓުގެ ފަނޑިޔާރުގެ މަގާމަށް އައްުޔަންކޮށްފި
ޝަހީދު އައްޔަންކުރުން ހުއްޓުވާ މައްސަލަ ބަލައިގެންފި
ހައިކޯޓަށް ޝަހީދު އައްޔަންކުރުން ހުއްޓުވަން ކޯޓަށް
ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ޖަމީލާއި ޝަހީދު
ހައި ކޯޓުގެ ބެންޗުން ހުސްވި ދެ މަގާމަށް 17 ބޭފުޅުން
ނިޔާޒާއި ފަރުހާދުގެ މައްސަލަ ޖޭއެސްސީގެ ކޮމިޓީގައި